ދިވެހިރާއްޖެ
ނަންބަރު: A/IUL/344/2022/6
ޢިއުލާން
އއ.ފެރިދޫ ޕްރީސްކޫލަށް ވޭޖް އުޞޫލުން ޓީޗަރުން ހޯދުމާއި ގުޅޭ: |
މަޤާމްގެ ނަން: ޕްރީސްކޫލް ޓީޗަރ
ބޭނުންވާ އަދަދު: 2
މުސާރަ: ކިޔަވައިދިނުމަށް ނުކުންނަ ކޮންމެ ދުވަހަކަށް -/65ރ (ފަސްދޮޅަސް ފަސް ރުފިޔާ)
މުއްދަތު: 1 އަހަރު
މަޤާމުގެ ޝަރުތު |
މަޤާމުގެ މަސްއޫލިއްޔަތުތައް |
- ޕްރީސްކޫލް ޓީޗިން ދާއިރާއިން، ސެޓްފިކެޓް ލެވެލް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ - މަޤާމުން މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން. ނުވަތަ - ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 10 ނިންމާ އިމްތިހާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުން |
- ޕްރީސްކޫލްގެ ކުދިންނަށް ކިޔަވާދިނުމާއި ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން. - ދަރިވަރުން ޙާސިލްކުރާ މިންވަރާއި ކުރިއެރުމުގެ ރިކޯޑްތައް ބެލެހެއްޓުން. - ދަރިވަރުންގެ ކުރިއެރުމާއި ބެހޭގޮތުން ބެލެނިވެރިންނާއި، ކައުންސިލްގެ ވެރިންނަށް މައުލޫމާތު ހިއްސާކުރުން. -ޕްރީސްކޫލާ ގުޅޭގޮތުން ކައުންސިލުން ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކުން އަންގާ މަސައްކަތްކުރުން. |
ހުށަހަޅަންޖެހޭ ލިޔުންތައް:
- ވަޒީފާއަށް އެދޭ ފޯމް.
- އެކްރްޑިޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ދާއިރާއާއި ގުޅޭ ލިޔުމެއް ލިބިފައިވާނަމަ، އެލިޔުމެއްގެ ކޮޕީ.
ސުންގަޑި:
- މި މަޤާމަށް އެދޭ ފަރާތްތަކުން މިކައުންސިލުން ދޫކުރާ ވަޒީފާއަށް އެދޭ ފޯރމް ފުރިހަމަކުރުމަށްފަހު 3 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ގެ ކުރިން މިއިދާރާއަށް ފޯރމް ހުށައެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް : ފޯން 6660545 އަށް ގުޅުއްވުން އެދެމެވެ.
- ވަޒީފާއަށް އެދޭ ފޯމު އއ.ފެރިދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.
ނޯޓް: މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކޮށް އިންޓަރވިއު ކުރުމަށްފަހުގައެވެ. އިންޓަރވިއު ކުރުން އޮންނާނީ 7 ފެބްރުއަރީ 2022 އާއި 13 ފެބްރުއަރީ 2022 އާއި ދެމެދު އއ.ފެރިދޫ ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއުއަށް ހާޒިރުވެލައްވާއިރު ތައުލީމީ ސެޓްފިކެޓްތަކުގެ އަސްލު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ.
27 ޖެނުއަރީ 2022