ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-MAP/30/2022/24
ޕަބްލިޝްކުރި ތާރީޚް: 27 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:26
ސުންގަޑި: 08 ފެބުރުވަރީ 2022 12:00
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމަށް އިންޓާނަލް އޮޑިޓްގެ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމަށް އިންޓާނަލް އޮޑިޓްގެ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 

 ދިވެހިސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑް)  ލޯން އަދި ހިލޭ އެހީގެ ދަށުން ހިންގާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)ގެ މަސައްކަތަށް އިންޓަރނަލް އޮޑިޓަރެއް ހޯދުމަށް ބޭނުންވެއެވެ.

 ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.  މިގޮތުން ހުށަހަޅުއްވާ "އެކްސްޕްރެޝަން ޕްރޮޕޯސަލް ގައި ޝައުޤުވެރިވެލައްވާ ފަރާތުގެ ޕްރޮފައިލާއި، މަސައްކަތާ ގުޅޭގޮތުން ލިބިލައްވާފައިވާ ތަޖުރިބާ އަދި މިނޫނަސް މި މަސައްކަތް ކޮށްދިނުމުގެ ޤާބިލުކަން އެ ފަރާތެއްގައި ހުރިކަން ސާބިތުކޮށްދެވޭނެ ކަމަށް ބެލެވޭނެ އެންމެހާ މަޢުލޫމާތު ހިމެނުއްވުން އެދެމެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ އީމެއިލްއަށް 01 ފެބުރުވަރީ 2022 ވަނަދުވަހުގެ 10:00ގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 ފެބުރުވަރީ 2022 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. އިވެލުއޭޓް ކުރުމުގައި ބޭނުން ކުރާނެ ކްރައިޓީރިއާ އާއި، ޕްރޮޕޯސަލް ހުށަހަޅުއްވާނެ ގޮތުގެ އިތުރު ތަފުސީލު އަދި މަސައްކަތުގެ ޓާރމްސް އޮފް ރެފަރެންސް، މި ދަޢުވަތާއި އެކީގައިވާ ރިކުއެސްޓް ފޯ ޕްރޮޕޯސަލްގައި ވާނެއެވެ.

 

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް

ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

5 ވަނަ ފަންގިފިލާ، މ.ހަޒާރުމާގ، ފަރީދީމަގު

މާލެ، ދިވެހިރާއްޖެ

ފޯން: 3033410

އީމެއިލް: [email protected]

27 ޖަނަވަރީ 2022