ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/1/2022/23
ޕަބްލިޝްކުރި ތާރީޚް: 27 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 10:35
ސުންގަޑި: 27 ފެބުރުވަރީ 2022 00:00
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން ވިލިނގިއްޔާއި ގުޅީފަޅުގެ ދެކުނު ފަރާތާއި ދެމެދު ދަތުރުކުރާ ފަރާތްތަކަށް

މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން ވިލިނގިއްޔާއި ގުޅީފަޅުގެ ދެކުނު ފަރާތާއި ދެމެދު ދަތުރުކުރާ ފަރާތްތަކަށް؛

މާލެ- ތިލަފުށި ލިންކް މަޝްރޫޢުގެ ދަށުން 26 ޖަނަވަރީ 2022 އިން ފެށިގެން މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން ވިލިނގިއްޔާއި ގުޅީފަޅުގެ ދެކުނު ފަރާތުގެ މޫދާއި އަދި ތިލަފުށީގެ އިރު ދެކުނު ކޮޅާއި ދެމެދުގެ ސަރަޙައްދެއްގައި ޕްލެޓްފޯރމްތަކެއް ބަހައްޓައިގެން މަސައްކަތްތަކެއް ކުރަމުންދާނެތީ، މި ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރު މި ޕްލެޓް ފޯމުތަކަށް ކައިރި ނުކުރުމަށާއި އަދި މި ޕްލެޓް ފޯމްތަކަށް ސަމާލުކަންދީގެން މި ޕްލެޓްފޯމްތަކަށް އުނދަގޫ ނުވާނެގޮތަކަށް ރައްކާތެރިކަމާއެކު ދަތުރުތައްކުރުމަށް އުޅަނދުފަހަރުގެ ކެޕްޓަނުންނަށާއި އުޅަނދު ފަހަރުގެ ވެރިންނަށް އަދި އުޅަނދުފަހަރު އޮޕަރޭޓް ކުރާ ފަރާތްތަކަށް އިލްތިމާސް ކުރީމެވެ.

27 ޖަނަވަރީ 2022