ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)450-CA/450/2022/3
ޕަބްލިޝްކުރި ތާރީޚް: 27 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 08:27
ސުންގަޑި: 10 ފެބުރުވަރީ 2022 15:00
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ކުދި މަސައްކަތްކުރުމާއި، ތަކެތި ވިއްކުމާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ދަފްތަރުކުރުން

އިޢުލާން

މި އޮތޯރިޓީއަށް -/35,000 ރުފިޔާއިން ދަށުގެ އަގެއްގައި ތަކެތި ސަޕްލައިކޮށްދިނުމާއި، ޚިދުމަތާއި މަސައްކަތްކޮށްދެވޭނެ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް 05 ޖަނަވަރީ 2022 ގައި ކުރެވުނު ނަންބަރު 450/2022/2/IUL)450-CA) އިޢުލާނާއި ގުޅިގެން، އެކަށީގެންވާ މިންވަރަށް ފޯމު ހުށަހެޅިފައި ނުވާތީ، މި އިޢުލާނުގެ މުއްދަތު އިތުރުކޮށް އަލުން ޝާޢިއު ކުރީމެވެ.

ވީމާ، މިފަދަ މަސައްކަތް ކުރައްވާ ފަރާތްތަކުން މި އޮތޯރިޓީގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް މި އިޢުލާނާ އެއްކަރުދާސްކުރެވިފައިވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، 10 ފެބުރުވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މި އޮތޯރިޓީގެ އީ-މެއިލް އެޑްރެސް [email protected] އަށް ފޮނުއްވައިދެއްވުން އެދެމެވެ. އަދި އިސްވެދެންނެވުނު އިޢުލާނާއި ގުޅިގެން މިހާތަނަށް ފޯމު ހުށަހަޅާފައިވާ ފަރާތްތައް އަލުން ފޯމު ހުށަހަޅަން ނުޖެހޭނެ ވާހަކަ ދެންނެވީމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

27 ޖަނަވަރީ 2022