ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2022/14
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 21:27
ސުންގަޑި: 20 އޭޕްރިލް 2022 14:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ބާރަށުގައި ފެނުގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫއާއި ބެހޭ

                     ހއ. ބާރަށުގައި ފެނުގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ފެންމީޓަރު ގޭގެއަށް ގުޅައިދިނުމަށް އެދި ގޭގެ ވެރިފަރާތުން އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުމަށް ދެންނެވީމެވެ. އެޕްލިކޭޝަންފޯމު ހުށަހެޅުމުގައާއި ބަލައިގަތުމުގައާއި އަދި ކަނެކްޝަން ލިސްޓް ފައިނަލް ކުރުމުގައި ޢަމަލްކުރަންޖެހެނީ މިކަމަށްޓަކާ މިހާރު ޢަމަލު ކުރެވެމުންދާ ޤަވާޢިދު ނަމްބަރު 2020/R-10 "މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ފެނުގެ ޚިދުމަތް ނުވަތަ ނަރުދަމާގެ ޚިދުމަތްތައް ގުޅައިދިނުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާޢިދު" ގެ 13 ވަނަ މާއްދާއާއި އެއްގޮތަށެވެ. އަދި ފީއަކާ ނުލައި ފެން މީޓަރާއި ނަރުދަމާގެ ޖަންކްޝަން (ކެޗްޕިޓް) ގުޅައިދިނުމުގައި ބެލެވޭނީ މިޤަވާޢިދުގެ 6 ވަނަ ނަމްބަރާއި، 7 ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ ގިންތި ތަކުގެ މައްޗަށެވެ. ފޯމު ބަލައިގަތުމާއި، ލިސްޓް ފައިނަލްކުރުމުގައި، އަދި ކަނެކްޝަންގެ ޢަދަދު ނިންމުމުގައިވެސް ޢަމަލު ކުރާނީ މިޤަވާޢިދުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިންނެވެ.

                 ވީމާ، މިޤަވާޢިދާއި އެއްގޮތަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު 26 ޖަނަވަރީ 2022 ވާ ބުދަ ދުވަހުން ފެށިގެން  20 އޭޕްރީލް 2022 ވާ ބުދަ ދުވަހުގެ 14.00 ގެ ނިޔަލަށް ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. އަދި އެޕްލިކޭޝަން ފޯމް މިއިދާރާއިންނާއި، މިއިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެ ވާހަކަވެސް ދެންނެވީމެވެ.

 

                   މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.  

 

                   23 ޖުމާދަލްއާޚިރާ 1443

                   26  ޖަނަވަރީ  2022

 

 

 

 

26 ޖަނަވަރީ 2022