ދިވެހިރާއްޖެ
މި ކޯޕަރޭޝަންގެ ދަށުން ހުޅުމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ސައިޓް އޮފީހުގެ މަސައްކަތް ފެށުމަށްޓަކައި ކުރަންހުރި ރިނޮވޭޝަން މަސައްކަތްތައްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
1. ޕަރޓިޝަން ޖެހުން 2. ރޭނުމާއި ސިމެންތިޖެހުން 3. ތަޅުމާއި ސީލިންގ ހެދުން
4. ކުލަލުން 5. ކަރަންޓް ވަޔަރުކުރުމާއި ނެޓްވަރކް އެޅުން 6. ފެންވަޔަރުކުރުން
ވީމާ، މިމަސައްކަތްތައްކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 30 ޖަނަވަރީ 2022 ވަނަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ ލިންކަށް ވަޑައިގެން ބިޑަށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. އަދި ތިރީގައި މި ދަންނަވާ ތާރީޚުގައި މިކޯޕަރޭޝަނުން ހިއްސާކުރާ ލިންކަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
| 
 ތަފްސީލް  | 
 ތަން  | 
 ސުންގަޑި  | 
| 
 ބިޑް ރެޖިސްޓްރޭޝަން  | 
 https://forms.office.com/r/eK2dee0CRp ލިންކް މެދުވެރިކޮށް ރެޖިސްޓަރީ ނުކުރެވޭނަމަ، ރެޖިސްޓަރީ ކުރުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމުގެ 1 ގަޑިއިރު ކުރިން މިކޯޕަރޭޝަނަށް އެންގެވުން އެދެމެވެ.  | 
 30 ޖަނަވަރީ 2022 / 10:00 ގެ ކުރިން  | 
| 
 މައުލޫމާތު ސެޝަން  | 
 މައުލޫމާތު ސެޝަން ކުރިއަށް ގެންދެވޭނީ އޮންލައިންކޮށެވެ. އަދި ރެޖިސްޓަރ ކުރާ ފަރާތްތަކާއި ސެޝަން ލިންކް، ހިއްސާކުރެވޭނެއެވެ.  | 
 30 ޖަނަވަރީ 2022 / 13:00  | 
| 
 ބީލަން ހުށަހެޅުން  | 
 ފަހި ދިރިއުޅުން ކޯޕަރޭޝަން، 6 ވަނަ ފަންގިފިލާ، ޕޯސްޓް އޮފީސް ބިލްޑިންގ  | 
 06 ފެބުރުވަރީ 2022 / 13:00  | 
އަންދާސީ ހިސާބު ހުށަހެޅުއްވުމާ ގުޅޭ:
- މި ބިޑުގައި ބައިވެރިވެވަޑައިގެންނެވޭނީ ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ރަޖިސްޓަރީކޮށްފައިވާ ކޮންމެ ފަރާތަކަށް މައުލޫމާތު ސެޝަނަށް ވަޑައިނުގެންނެވި ނަމަވެސް ބީލަން ހުށަހެޅޭނެއެވެ.
 - ކޮވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން މައުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުއްވުމަށް ވަޑައިގެންނެވޭނީ ކޮންމެ ކުންފުންޏެއްގެ ފަރާތުން ބިޑުގައި ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތަށެވެ.
 - ކޮންމެ ފަރާތެއްވެސް ވަޑައިގަންނަވާއިރު އެބޭފުޅެއްގެ އަމިއްލަ ގަލަމާއި ނޯޓުކަރުދާސް ގެނައުމަށް އެދެމެވެ.
 - މި ބިޑުގެ މައުލޫމާތު ކަރުދާސް ރަޖިސްޓަރީ ކުރައްވާ އީމެއިލަށް ފޮނުވޭނެއެވެ.
 - ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ.
 - މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
 - ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކު މި ކުންފުނީގެ ހެޑް އޮފީސް (6 ވަނަ ފަންގިފިލާ، ޕޯސްޓް އޮފީސް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު، ކ.މާލެ) ގައެވެ.
 
މި އިއުލާނާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ރަސްމީ ދުވަސްދުވަހު 08:00 – 16:00 ދެމެދު މި ކޯޕަރޭޝަނަށް 3313244 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.