ބީލަން
ނަންބަރު: (IUL)355-ESMS/355/2022/3
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:43
ސުންގަޑި: 09 ފެބުރުވަރީ 2022 13:00
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. ފެންފުށީ ލޭންޑްޔޫސް ޕްލޭން ރިވައިސްކޮށްދޭނެ ފަރާތެއް ހޯދުމަށް

            މިކައުންސިލުންދޭ މައުލޫމާތާ އެއްގޮތަށް އދ. ފެންފުށީ ލޭންޑް ޔޫސް ޕްލޭން ރިވައިސްކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކައުންސިލްގެ އިދާރާގެ ނަންބަރު (IUL)355-ESMS/355/2021/58 (28 އޮކްޓޯބަރ 2021) އިއުލާނާގުޅިގެން ހުށަހަޅުއްވާފައިވާ ބިޑްތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިއުލާން ބާތިލްކޮށްފީމެވެ.

            މިކައުންސިލުންދޭ މައުލޫމާތާ އެއްގޮތަށް އދ. ފެންފުށީ ލޭންޑް ޔޫސް ޕްލޭން ރިވައިސްކޮށްދިނުމުގެ މަސައްކަތްކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަންހުށަހެޅުމުގެ ދައުވަތު އަރުވަމެވެ.

            މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 09 ފެބްރުއަރީ 2022 ވާ ބުދަދުވަހު 13:00 ގައި ކައުންސިލްގެ އިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުންއެދެމެވެ.

            މި މަސައްކަތްކުރުމަށް އެދި ބީލަންހުށަހެޅޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިން އެންޑް އިންފްރާ ސްޓްރަކްޗަރގައި ޕްލޭނަރެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މިމަސައްކަތާގުޅޭ މައުލޫމާތު ކަރުދާސް މި އިއުލާނާއި އެޓޭޗްކުރެވިފައިވާނެއެވެ.

            އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

          ވީމާ މިކަން އާންކުކޮށް އިއުލާންކުރީމެވެ.

26 ޖަނަވަރީ 2022