ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)280-PRO/INDIV/2022/7
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:33
ސުންގަޑި: 26 މާރިޗު 2022 14:00
މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ޅައިމަގު ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުއާއި ބެހޭ

    މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ށ.ޅައިމަގުގައި ޤާއިމްކުރާ ފެނާއި ނަރުދަމާ މަޝްރޫޢުގެ ދަށުން ހިލޭ ހައުސް ކަނެކްޝަން ގުޅުމަށް ބޭނުންވާ ތަންތަން ކަނޑައެޅުމަށްޓަކައި 26 ޖަނަވަރީ 2022 ވާ ބުދަ ދުވަހުން ފެށިގެން 28 މާރޗް 2022 ވާ ހޯމަ ދުވަހުގެ ނިޔަލަށް ހައުސް ކަނެކްޝަން ގުޅުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ފޯމް ފުރިހަމަކުރުމަށްފަހު މިއިދާރާއަށް ތިރީގައި މިދަންނަވާ ލިޔުންތަކާއި އެކު ހުށައެޅުއްވުންއެދެމެވެ. ފޯމް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 14:00 އާއި ދެމެދު މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

  • ފޯމާއި އެކު ހުށައަޅަންޖެހޭ ތަކެތި:

-   ވެރިފަރާތުގެ އައިޑީކާޑު ކޮޕީ (ވެރިފަރާތް ނިޔާވެފައިވާނަމަ ވެރިންގެ ތެރޭގައި ހިމެނޭ ފަރާތެއްގެ އައިޑީ ކާޑުގެ ކޮޕީ)

-   އިމާރާތުގެ ރަޖިސްޓްރީގެ ސާފު ކޮޕީއެއް (ހުރިހާ ޞަފްޙާއެއް ހިމެނޭގޮތަށް)

  • ކަނެކްޝަން ހިލޭ ގުޅައިދިނުމަށް ކަނޑައެޅިފައިވާ ތަންތަން:

-   ރަޖިސްޓްރީ ކޮށްފައިވާ މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ނުވަތަ ވަކިން ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ އެޕާޓްމަންޓަކަށް 01 (އެކެއް) ކަނެކްޝަން.

-   ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށާއި ސިނާޢީ މަސައްކަތްކުރާ ކޮންމެ ތަނަކަށް 01 (އެކެއް) ކަނެކްޝަން.

-   ސަރުކާރުގެ އޮފީސްތަކާއި، ސްކޫލްތަކާއި، މިސްކިތްތަކާއި، ސިއްޙީ ޚިދުމަތްދޭ ތަންތަނާއި، އިޖްތިމާޢީ ބޭނުންތަކަށް ބޭނުންކުރާ ކޮންމެ ތަނަކަށް 01 (އެކެއް) ކަނެކްޝަން.

-   މީހުން ދިރިއުޅުނަސް ނުވަތަ ނޫޅުނަސް ގޯތީގައި އިމާރާތްކޮށް، ހިޔާކޮށްފައިވާ ކޮންމެ އިމާރާތަކަށް 01 (އެކެއް) ކަނެކްޝަން.

 

      މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

26 ޖަނަވަރީ 2022