ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-MAP/30/2022/22
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 31 ޖަނަވަރީ 2022 00:00
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ޖެންޑާ، ނިއުޓްރިޝަން އެންޑް ސޯޝަލް އިންކުލޫޝަން ކޮންސަލްޓަންޓްގެ ޙިދުމަތް ފޯރުކޮށްދޭން ޝައުޤުވެރިކަން ހުރި ފަރާތްތައް ހޯދުމާއި ގުޅޭ

ޖެންޑާ، ނިއުޓްރިޝަން އެންޑް ސޯޝަލް އިންކުލޫޝަން ކޮންސަލްޓަންޓްގެ ޙިދުމަތް ފޯރުކޮށްދޭން ޝައުޤުވެރިކަން ހުރި ފަރާތްތައް ހޯދުމާއި ގުޅޭ

 

 ދިވެހިސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑް)  ލޯން އަދި ހިލޭ އެހީގެ ދަށުން ހިންގާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)އަށް ޖެންޑާ، ނިއުޓްރިޝަން އެންޑް ސޯޝަލް އިންކުލޫޝަން ކޮންސަލްޓަންޓެއް ހޯދުމަށް ބޭނުންވެއެވެ.

 ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ޝައުޤުވެރިކަން ހުށަހެޅުއްވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.  މިގޮތުން ޝައުޤުވެރިވެލައްވާ ފަރާތުގެ މަސައްކަތާ ގުޅޭގޮތުން ލިބިލައްވާފައިވާ ތަޖުރިބާ އާއި ތައުލީމީ ފެންވަރު އަދި މިނޫނަސް މި މަސައްކަތް ކޮށްދިނުމުގެ ޤާބިލުކަން އެ ފަރާތެއްގައި ހުރިކަން ސާބިތުކޮށްދެވޭނެ ކަމަށް ބެލެވޭނެ އެންމެހާ މަޢުލޫމާތު ހިމެނޭ ސީވީއެއް ހުށަހެޅުއްވުން އެދެމެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ އީމެއިލްއަށް 31 ޖަނަވަރީ 2022 ވާ ހޯމަދުވަހުގެ 14:00ގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 ފެބުރުވަރީ 2022 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ސީވީ ހުށަހެޅުއްވުން އެދެމެވެ.

 

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް

ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

5 ވަނަ ފަންގިފިލާ، މ.ހަޒާރުމާގ، ފަރީދީމަގު

މާލެ، ދިވެހިރާއްޖެ

ފޯން: 3033410

އީމެއިލް: [email protected]

26 ޖަނަވަރީ 2022