ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)249-A/249/2022/5
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 31 މާރިޗު 2022 00:00
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނުގެ ޙިދުމަތައް އެދި ފޯމް ހުށައެޅުމައި ބެހޭ

އިޢުލާން

ފެނުގެ ޙިދުމަތައް އެދި ފޯމް ހުށައެޅުމައި ބެހޭ

                 ހއ. ކެލާ ގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް މިހާރުވަނީ ފެށިފައެވެ. މިގޮތުން ފެނުގެ ޙިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހިދުމަތައްއެދި ފޯމް ހުށައަޅާ ގޭބިސީތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ގޭބިސީތަކަށެވެ. ޙިދުމަތަށް އެދި ފޯމް ހުށައެޅުމުގެ ފުރުޞަތު 26 ޖަނަވަރީ 2022 ފެށިގެން 31 މާރޗް 2022 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމުގައި އެންމެހާ ރައްޔިތުންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ. އަދި ހިދުމަތައް އެދޭ ފޯމް ކައުންސިލް އިދާރާގެ ކައުންޓަރުންނާއި ފޭސްބުކް ޕޭޖުން ލިބެންހުންނާނެއެވެ.

                 އަދި ދަންނަވަމެވެ. ހިދުމަތައް އެދި ފޯމްހުށައަޅާއިރު ފޯމްގެ ހުރިހާ ބައިތައްފުރިހަމަކުރެއްވުމަށް ދަންނަވަމެވެ. އަދި ހިދުމަތް ގުޅައިދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދުނަންބަރު 10 /2020/R ކައުންސިލް އިދާރާގެ ނޯޓިސްބޯޑް، ފޭސްބުކުޕޭޖް އިން ފެންނަން ހުންނާނެއެވެ.

                 މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. އަދި މި ފުރުޞަތުގައި ރައްޔިތުންގެ ފަރާތުންދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޝުކުރު ދަންނަވަމެވެ.

26 ޖަނަވަރީ 2022