ނީލަން
ނަންބަރު: (IUL)283-PS/283/2014/65
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 18:00
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެ އިންޖީނު ސިޓީލައި ނީލަމުގައި ވިއްކާލުން

ތިރީގައިވާ ނަންބަރުގެ އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލަން ގަސްދުކުރަމެވެ.

  • 200 ކިލޯވޮޓް "ޑޮއިޓްޒް" ޖަނަރޭޓަރ (ނީލަން ފެށޭ އަގު 550,000.00ރ) ފަހަރަކު އިތުރު ކުރެވޭނީ 20,000 ރުފިޔާ
  • 169 ކިލޯވޮޓް "ޑޮއިޓްޒް" ޖަނަރޭޓަރ (ނީލަން ފެށޭ އަގު 250,000.00ރ) ފަހަރަކު އިތުރު ކުރެވޭނީ 5,000 ރުފިޔާ

ކޮންމެ ދުވަހަކުވެސް ހުށަހެޅޭ އެންމެ މަތީއަގު އެދުވަހެއްގެ 14:00ގެ ފަހުން މިއިދާރާގެނޯޓިސްބޯޑުން ފެންނަންހުންނާނެއެވެ. ރަސްމީބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 7 ދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ އެއަގު ހުށަހެޅިފަރާތަކަށް ނީލަންނިމޭނެއެވެ. ނަމަވެސް ކުރިމަތިލުމަށް ހުޅުވާލެވޭ މުއްދަތުގައި އެއްވެސް ފަރާތަކުން އަގުހުށަހަޅުއްވާފައި ނުވާނަމަ ހުޅުވާލެވޭ ތާރީޚުންފެށިގެން ބަންދުނޫން 14 ދުވަހު މިއިޢުލާނަށް އަގުހުށަހެޅުމުގެ ފުރްޞަތު ދެވޭނެއެވެ. ލިޔުން ހުށަހަޅާއިރު ކޮން ޖަނަރޭޓަރެއް ގަތުމަށް ހުށަހަޅާ ލިޔުމެއް ކަން އެނގެން އޮންނަންވާނެއެވެ.

ވީމާ، މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުން 2014 އޮގަސްޓު 14 ވާ ބުރާސްފަތިދުވަހުގެ 9:00 ންފެށިގެން އަގުހުށަހެޅުއްވުން އެދެމެވެ. އަގުހުށަހަޅުއްވާނީ އެކަމަށް މިއިދާރާއަށް ހުށަހަޅާ ލިޔުމަކުންނެވެ. އަގުހުށަހަޅާލިޔުން ރަސްމީދުވަސްދުވަހުގެ މެންދުރުފަހު 13:00ގެކުރިން މިއިދާރާގެ ކައުންޓަރަށް ނުވަތަ ފެކްސް އަދި އީމެއިލްގެ ޒަރީއާއިންވެސް ހުށަހެޅިދާނެއެވެ. ފެކްސްނަންބަރަކީ6540053 އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރުމަޢުލޫމާތު ހޯއްދެވުމަށާއި އަދި އިންޖީނު ބެއްލެވުމަށް ގުޅުއްވާނީ މިއިދާރާގެ 6540052 މިނަންބަރު ފޯނަށެވެ. ނުވަތަ 7512475 މޯބައިލް ނަންބަރަށް ގުޅުއްވުން އެދެމެވެ.

14 ޝައްވާލް 1435

10 އޮގަސްޓް 2014