ދިވެހިރާއްޖެ
2014 ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި ކަނޑައެޅިފައިވާ ޅެން ހެދުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ދޮރު މިހާރު ވަނީ ހުޅުވިފައެވެ. މި މުބާރާތް ބެހިފައިވަނީ ތިރީގައި މިވާ ހަތަރު ބަޔަށެވެ. އެއީ:
(1) އިސްކޫލުތަކުގެ ބައި
(2) މަތީ ތަޢުލީމުގެ ބައި (ޔުނިވަރސިޓީ/ކޮލެޖް)
(3) އޮފީސް/ ކުލަބު/ ޖަމުޢިއްޔާ/ ޖަމާޢަތްތަކުގެ ބައި
(4) އަމިއްލަ ފަރާތްތަކުގެ ބައި
އިސްކޫލުތަކުން މި މުބާރާތުގައި ބައިވެރިވެވޭނީ 3 އުމުރުފުރާގައެވެ. އެއީ:
(1) 13 އަހަރުން ދަށް
(2) 13 އަހަރާއި 16 އަހަރާ ދެމެދު
(3) 16 އަހަރާއި 21 އަހަރާ ދެމެދު
އަމިއްލަފަރާތްތަކުގެ ބައިގައި ބައިވެރިވެވޭނީ 2 އުމުރުފުރާގައެވެ. އެއީ:
(1) 18 އަހަރުން ދަށް
(2) 18 އަހަރުން މަތި
(ހ) އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ޅެންހެދުމުގެ މުބާރާތް އޮންނާނީ ވަގުތުން ޅެން ހަދާ ގޮތަށެވެ.. ޅެން ނުވަތަ ބަނދި ނުވަތަ ރައިވަރު ހަދާނީ މި އެކެޑަމީން ދޭ ދާއިރާތަކުގެ ތެރެއިން ދާއިރާއަކަށް އެބައިވެރިއަކު ކަނޑައަޅާ އަމިއްލަ މައުޟޫއެއްގެ މައްޗަށެވެ. ބައިވެރީންނަށް ދާއިރާ ލިބޭނީ މުބާރާތް އޮންނަ ވަގުތު މުބާރާތް އޮންނަ މާލަމުންނެވެ.
(ށ) މި މުބާރާތުގައި 13 އަހަރުން ދަށުގެ ކުދީން ހަދާނީ ބަންޖެވެ. 13 އަހަރާއި 16 އަހަރާ ދެމެދުގެ ދަރިވަރުންނާއި އަމިއްލަފަރާތްތަކުގެ ބައިގެ 18 އަހަރުންދަށުގެ ބައިގެ ބައިވެރިން ހަދާނީ ޅެމެވެ. 16 އަހަރާއި 21 އަހަރާ ދެމެދުގެ ދަރިވަރުންނާއި ކޮލެޖުތައް ނުވަތަ ފެކަލްޓީތައް ނުވަތަ އޮފީސް ނުވަތަ ކުލަބުތައް ނުވަތަ ޖަމުޢިއްޔާތައް ތަމްޞީލުކުރާ ފަރާތްތަކުންނާއި އަމިއްލަފަރާތްތަކުގެ ބައިގެ 18 އަހަރުންމަތީގެ ބައިގައި ބައިވެރިވާ ފަރާތްތަކުން ހަދާނީ ޅެން ނުވަތަ ރައިވަރެވެ.
(ނ) މި މުބާރާތް އޮންނާނީ 2014 ސެޕްޓެންބަރު 27 ވާ ހޮނިހިރު ދުވަހެވެ.
(ރ) މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު އެ ފޯމު 2014 ސެޕްޓެންބަރު 17 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން މި އެކެޑަމީއަށް ހުށަހެޅުން އެދެމެވެ. އަދި ބައިވެރިވާ ފަރާތުގެ އައި.ޑީ.ކާޑުގެ ނަކަލެއް މި ފޯމާއެކު ހުށަހަޅަންވާނެއެވެ.
- މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި، ގަވާއިދު މި އެކެޑަމީގެ ކައުންޓަރުން މިހާރު ލިބެން ހުންނާނެއެވެ.
15 ޝައްވާލް 1435