ދިވެހިރާއްޖެ
އިޢުލާން |
ހ.އޯކިޑް ބިލްޑިންގގެ ހަތަރެއް އަދި ފަސް ވަނަ ފްލޯގައި ހިންގާ މި އޮތޯރިޓީގެ ޑިޕާޓްމަންޓުތަކުގެ އޭސީތައް 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް އެއްބަސްވުމެއްގެ ދަށުން މަރާމާތުކޮށް ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް 09 ޖަނަވަރީ 2022 ގައި ކުރި ނަންބަރު (IUL)220-AS/1/2022/4 ފުރަތަމަ އިޢުލާނާ ގުޅިގެން ލިބިފައިވާ ހުށަހެޅުން އަގުބޮޑުކަމަށް ފެންނާތީ، ދެންނެވުނު އިޢުލާނު ބާތިލުކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
ވީމާ މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުތަކުގައި މި އޮތޯރިޓީގެ ދެވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
02 ފެބުރުވަރީ 2022 |
ބުދަ |
15:00 |
އަންދާސީހިސާބު ހުށަހެޅުން |
08 ފެބުރުވަރީ 2022 |
އަންގާރަ |
11:00 |
މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށް އެކަންޏެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ޓެލެފޯން ނަންބަރު : 3339513 ، 3020478 އަށް ގުޅުއްވުން އެދެމެވެ.