ޢާންމު މަޢުލޫމާތު
ނަންބަރު: ނަންބަރު:MNU-CA-FM/2022/03
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 10:14
ސުންގަޑި: 10 ފެބުރުވަރީ 2022 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެލްމިނިއަމް ކުޑަދޮރުތަކުގެ ހުޅުބަދަލް ކުރުމަށް ބޭނުންވެއްޖެއެވެ.

މި އިޢުލާންވަނީ 28 ޖަނަވަރީ 2022 15:53 ގައި ބާތިލް ކުރެވިފައެވެ.


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ސެންޓްރަލް އެޑްމިނިސްޓްރޭޝަން އިމާރާތުގެ ވަށައިގެން ހުރިކުޑަދޮރުތަކުގެ ހުޅު ތައް ބަދަލަކުރުމަށް ބެނުންވެއްޖެއެވެ.


 

    ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ސެންޓްރަލް އެޑްމިނިސްޓްރޭޝަން އިމާރާތުގެ ވަށައިގެން ހުރިކުޑަދޮރުތަކުގެ ހުޅު ބަދަލަކުރުމަށް ބެނުންވެއްޖެއެވެ.ވީމާ މިކަމަށް  ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުން

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ  07 ފެބުރުއަރީ  2022 ވާ  އަންގާރަ ދުވަހުގެ ހެނދުނު 10:00   ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ  މަރުކަޒީ އިދާރާގައި  ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ. 

 

ބީލަން ބަލައިގަތުން

                  ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ  10 ފެބުރުއަރީ  2022  ވާ އަންގާރަ ދުވަހު 10.00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ މަރުކަޒީ އިދާރާ  ރައްދެބައިހިނގުން، މާލެ ގައެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

                ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ ޞައްޙަ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް ކަމުގައިވާންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

              މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ގުޅުޅުއްވާނީ.

  • 3345168

             އީ-މެއިލް ކުރައްވާނީ ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ، އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

ނޯޓް:
           ބީލަމާއެކު ހުށަހަޅާ އަގުބަޔާންކުރާ ޝީޓު ނުވަތަ ކޯޓޭޝަންގައި ބީލަންހުށަހަޅާ ފަރާތުގެ ސޮޔާއި ކުންފުންޏެއްނަމަ، ކުންފުނީގެ ތައްގަނޑުޖަހާފައި ހުންނަވާނެއެވެ.  މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ.

 

25 ޖަނަވަރީ 2022