ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)420-AS/420/2022/7
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 08:53
ސުންގަޑި: 10 ފެބުރުވަރީ 2022 12:00
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް ޕޫލަށް މީހުން ހޯދުން.

ވޭޖް ޕޫލަށް މީހުން ހޯދުން.

                 ރަތަފަންދޫ މިސްކިތްތަކުގެ އިމާމުން، މުދިމުން އަދި މަސައްކަތުމީހުން އަހަރީ ޗުއްޓީއާއި އާއިލީ ޒިންމާޗުއްޓީ އަދި ސަލާމް ނަންގަވާ ޙާލަތްތަކުގައި ވަގުތީގޮތުން އެމަޤާމުތަކުގައި މަސައްކަތްކުރުމަށް އެކުލަވާލެވޭ ވޭޖްޕޫލްގައި ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލަމެވެ.

         ވީމާ، ވޭޖުޕޫލްގައި ރަޖިސްޓަރީވުމަށް ޝައުގުވެރިވާ ފަރާތްތަކުން 10 ފެބްރުވަރީ 2022 ވާބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން ރަޖިސްޓަރީވުމަށް ބޭނުންވާ މަޤާމް ބަޔާންކޮށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އަދި ސިޓީއާއެކު އައިޑީކާޑުގެ ކޮޕީއާއި ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

ވޭޖް / ޕޫލް މަޤާމުތަކާއި އުޖޫރަ ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލް

#

މަޤާމް

ރޭންކު

މަސައްކަތްކުރާ ގަޑިއަކަށް

1

އިމާމު ސަނަދު އޮންނަމީހަކަށް (ނަމާދުކުރާ ވަގުތަކަށް)

GS3

61.00 ރުފިޔާ

2

މުދިމް ސަނަދު ނެއްމީހަކަށް  (ނަމާދުކުރާ ވަގުތަކަށް)

GS1

53.00 ރުފިޔާ

3

މަސައްކަތު             (ނަމާދު ވަގުތަކަށް)

SS1

45.00 ރުފިޔާ

         އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ރަސްމީ ބަންދުނޫން ދުވަސްދުވަހުގެ ހެނދުނު 8:30 އިން 14:00 އަށް މިއިދާރާގެ 6840016 ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ.

                     މިހެންވެ މިކަންޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

            26  ޖަނަވަރީ     2022

26 ޖަނަވަރީ 2022