ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/1/2022/21
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 16:58
ސުންގަޑި: 03 ފެބުރުވަރީ 2022 06:00
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
2022 ފެބްރުވަރީ 3 ވަނަ ދުވަހު އިންޖީނުލީ އެއްގަމު އުޅަނދު ނުދުއްވާގޮތަށް ހަމަޖެއްސުމާ ގުޅޭ.

ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީބަޔާން އިއްވުމަށް ހަމަޖެހިފައިވާތީ، 2022 ފެބްރުވަރީ 3 ވާ ބުރާސްފަތި ދުވަހު ހެދުނު 6:00 އިން ފެށިގެން މި ރަސްމިއްޔާތު ނިމެންދެން، މަޖީދިއްޔާ ސްކޫލުގެ އިރުދެކުނު ސޯސަން މަގާ ގުޅުނު ހިސާބުން ފެށިގެން ދަރުމަވަންތަ ސްކޫލުގެ ހުޅަނގު ދެކުނު ކަނާ ހަމައަށް މެދުޒިޔާރަތް މަގު ވަގުތީގޮތުން ބަންދުވާނެކަން ޢާއްމުކޮށް އަންގާ އިއުލާންކުރަމެވެ.

 

22 ޖުމާދުލްއާޚިރާ 1443

25 ޖަނަވަރީ 2022