ކުއްޔަށް ދިނުން
ނަންބަރު: (IUL)243-S01/PRIV/2014/10
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 16:07
ސުންގަޑި:
15 ސެޕްޓެންބަރު 2014 14:00
ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފުވައްމުލަކުގައި ބޮޓްލް ވޯޓަރ އުފައްދައި ފުވައްމުލަކު ރައްޔިތުންނަށް އަގުހެޔޮކޮށް ވިއްކަން ޝައުޤުވެރިވާ ފަރާތްތަކަށް ދެވޭ ދަޢުވަތު:
ފުވައްމުލަކުގައި ބޮޓްލް ވޯޓަރ އުފައްދައި ފުވައްމުލަކު ރައްޔިތުންނަށް އަގުހެޔޮކޮށް ވިއްކަން ޝައުޤުވެރިވާ ފަރާތްތަކަށް ފުވައްމުލަކު ބަނދަރު ސަރަހައްދުން 25 އަހަރަށް ބިން ކުއްޔަށް ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްގެ މައްޗަށް ރިޢާޔަތްކޮށް ބަނދަރުން ދޫކުރާ ބިމުގެ ކުލި ކުޑަކޮށް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، ފުވައްމުލަކުގައި ބޮޓްލް ވޯޓަރ އުފައްދައި ފުވައްމުލަކު ރައްޔިތުންނަށް އަގުހެޔޮކޮށް ވިއްކަން ޝައުޤުވެރިވާ ފަރާތްތަކުން 15 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 14:00 އަށް ފުވައްމުލަކު އަތޮޅުކައުންސިލްގެ އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ގުޅުއްވާނީ 6865001 ނަންބަރު ފޯނަށެވެ.
15 ޝައްވާލް 1435
11 އޮގަސްޓް 2014