ދިވެހިރާއްޖެ
(IUL)337-C-AB/337/2022/8 ނަމްބަރ
އިޢުލާން
މާލެއަތޮޅު މާފުށީ ކައުންސިލް އިދާރާގެ ލޯގޯ ފަރުމާކުރުމުގެ ފުރުސަތު ހުޅުވާލުން؛
ކ.މާފުށި ކައުންސިލް އިދާރާގެ ލޯގޯ ފަރުމާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. އެގޮތުން ހުށަހެޅޭ ލޯގޯ ތަކުގެ ތެރެއިން އެންމެރަގަޅުކަމަށް ކަނޑައަޅާ ލޯގޯ ހުށަހެޅި ފަރާތަކަށް -/15,000 ( ފަނަރަހާސް ރުފިޔާ ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީހަމަޖެހިފައެވެ.
ލޯގޯ ފަރުމާކުރުމާގުޅޭ މަޢުލޫމާތު ކަރުދާސް މިއިއުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެވެ.
ވީމާ،މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 ފެބުރުއަރީ 27 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ލޯގޯގެ ޑިޒައިން މިކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ. އީމެއިލް އިންނަމަ[email protected] އަށް މެއިލް ކޮށްދިނުމަށް ދަންނަވަމެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6640073 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
25 ޖަނަވަރީ 2022