ދިވެހިރާއްޖެ
މި ޓްރައިބިއުނަލަށް އިންޓަރންގެ މަޤާމަށް މީހަކު ހޯދުމަށް ކުރި ނަންބަރު: 200VTR/IU/2022/01 (04 ޖަނަވަރީ 2022) އިޢުލާނާ ގުޅިގެން މި މަޤާމަށް ޝަރުތު ހަމަވާ ފަރާތްތަކުން އެކަށީގެންވާ އަދަދަކަށް ކުރިމަތިލައްވާފައިނުވާތީ އެމަޤާމަށް އަލުން ހުޅުވާލަމެވެ.
މަޤާމް: އިންޓަރން
މަސައްކަތްކުރަން ޖެހޭ ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް، މާލެ
ބޭނުންވާ ޢަދަދު: 02 (ދޭއް)
މުއްދަތު: 06 (ހައެއް) މަސްދުވަސް
މަސައްކަތް ކުރަންޖެހޭ ވަގުތު: ހެނދުނު 8:00 އިން މެންދުރުފަހު 14:00އަށް
އުޖޫރަ: މަސައްކަތްކުރާ ކޮންމެ ދުވަހަކަށް އެލަވަންސްގެ ގޮތުގައި ޖުމްލަ 150.00ރުފިޔާ
ޢާއްމުކޮށް ކުރަންޖެހޭ މަސައްކަތްތައް:
- ޓްރައިބިއުނަލުގެ އިދާރީ މަސައްކަތްތަކާ ގުޅޭގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- ޓްރައިބިއުނަލުގެ ލީގަލް ސެކްޝަންގެ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
- ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ އިދާރީ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
- ހަވާލުކުރެވޭ އެކިއެކި ލިޔުންތައް ތަރުޖަމާކުރުން.
- ޓްރައިބިއުނަލުގެ ކޭސް މެނޭޖްމަންޓް ސޮފްޓްވެއަރ އަށް ޑާޓާ އެންޓްރީކުރުމަށް އެހީތެރިވެދިނުން.
ފެންވަރު އަދި ޝަރުތު:
- ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، އެޗް.އެސް.ސީ އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސްލިބިފައިވުން، ނުވަތަ ޤާނޫނީ ދާއިރާއިން ޑިޕްލޮމާ ނުވަތަ ޑިގްރީ ޙާޞިލް ކޮށްފައިވުން.
- އެހެން ވަޒީފާއެއް އަދާކުރަމުންދާ ފަރާތަކަށް ނުވުން.
- އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
- ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން އެނގުން.
- މައިކްރޮސޮފްޓް އޮފީސް އެޕްލިކޭޝަންތަކަށް ފަރިތަވުން.
- ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހު ޖިނާޢީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން.
މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 02 ފެބުރުވަރީ 2022 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މި ޓްރައިބިއުނަލުގެ އިންޓަރންޝިޕަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ގ.ފަތުރުވެހި 03 ވަނަ ފަންގިފިލާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ ޓްރައިބިއުނަލުގެ އީމެއިލު ([email protected]) މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ. އީމެއިލު ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި އެޓޭޗްކުރެވިފައެވެ. އިންޓަރންޝިޕަށް އެދޭ ފޯމު މި ޓްރައިބިއުނަލުގެ ރަސްމީ ވެބްސައިޓް:www.employmenttribunal.gov.mv އިން ލިބެން ހުންނާނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކުރައްވާފައިވާ މި ޓްރައިބިއުނަލުގެ އިންޓަންޝިޕަށް އެދޭ ފޯމް،
- އިންޓަރންޝިޕަށް އެދޭ ފަރާތުގެ ވަނަވަރު،
- އައި.ޑީ ކާޑުގެ ކޮޕީ،
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
ނޯޓް: އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ. މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވާ ފަރާތްތަކުން މި ޓްރައިބިއުނަލުގެ ނަންބަރު 3307701 އަށް ގުޅުއްވުން އެދެމެވެ. އަދި އިޢުލާން ނަންބަރު 200VTR/IU/2022/01 (04 ޖަނަވަރީ 2022) އާ ގުޅިގެން އެޕްލިކޭޝަން ހުށަހަޅުއްވާފައި ފަރާތްތަކުން މި ވަޒީފާއަށް އެދި އަލުން ފޯމް ހުށައަޅަން ނުޖެހެނޭއެވެ.