ބީލަން
ނަންބަރު: (IUL)333/333/2022/6
ޕަބްލިޝްކުރި ތާރީޚް: 24 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 22:24
ސުންގަޑި: 03 ފެބުރުވަރީ 2022 10:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުލުސްދޫ މަގުތަކާއި އިޖުތިމާއީ ސަރަހައްދުތަކުގެ ބައްތިތައް ދިއްލާ މަރާމާތުކޮށް ބަލަހައްޓާދޭނެ ފަރާތެއްހޯދުން

އިޢުލާން

 ތުލުސްދޫ މަގުތަކާއި އިޖުތިމާއީ ސަރަހައްދުތަކުގެ ބައްތިތައް ދިއްލާ މަރާމާތުކޮށް ބަލަހައްޓާދޭނެ ފަރާތެއްހޯދުން

ރަށުގެ މަގުތަކާއި ބަނދަރު އަދި އިޖްތިމާޢީ ސަރަޙައްދުތައް އަލިކުރުމަށް ޖަހާފައިހުރި ބައްތިތައް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތައް   ކޮންޓްރެކްޓް އުޞޫލުން މަރާމާތުކޮށް ދިއްލާ ބަލަހައްޓާދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2022 ޖަނަވަރީ 30 ވަނަ ދުވަހު 14:00 ގެ ކުރިން މިއިދާރާގެ ފޯނު ނަންބަރު 6640183 އަށް ގުޅުއްވައިގެން ނުވަތަ މިއިދާރާ އީމެއިލް ([email protected])   އަށް އީމެއިލް ކުރައްވާ ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި އެއްވެސް މައުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 2022 ޖަނަވަރީ 30 ވަނަ ދުވަހު 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2022 ފެބުރުވަރީ 3 ވަނަ ދުވަހުގެ 10:00 އަށް އަގުހުށައެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ. ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ބިޑް ހުށައެޅޭނެއެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

21 ޖުމާދަލްއާޚިރާ 1443

24 ޖަނަވަރީ 2022