ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)-BCC/HRD/2022/08
ޕަބްލިޝްކުރި ތާރީޚް: 24 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 17:05
ސުންގަޑި: 31 ޖަނަވަރީ 2022 15:00
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ޖޮބް ސެންޓަރ އޮފިސަރ، ހުޅުމާލެ

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އިން ތިރީގައި މި ދަންނަވާ މަޤާމަށް ޚިދުމަތްކުރުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ.

މަޤާމް:

ޖޮބް ސެންޓަރ އޮފިސަރ، ހުޅުމާލެ

ބޭނުންވާ ޢަދަދު:

03 (ތިނެއް)

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ވަޒީފާ ނިމޭ ތާރީޙް:

22 ޖެނުއަރީ 2023

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހުޅުމާލެ ޖޮބް ސެންޓަރ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ވަޒީފާ ދޭފަރާތްތަކާއި، ދިވެހިންކުރެ ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތައް ގުޅުވައިދޭނެ ގޮތްތަކާއި އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހި ކުރުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ހިންގުމުގައި އިސްނަގައިގެން މަސައްކަތްތައް ކުރުން.
  2. ޖޮބް ސެންޓަރ ގެ ވެބްސައިޓް ބެލެހެއްޓުން އަދި ލިބޭ އެޕްލިކޭޝަން ޑޭޓާބޭސް ބެލެހެއްޓުން އަދި އެޕްލިކޭޝަންއާ ގުޅިގެން ދިމާވާ އެކިއެކި މައްސަލަތައް ހައްލުކުރުން
  3. މަސައްކަތް ކުރާ އުމުރުފުރައިގެ ދިވެހިންގެ ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމުގެ ގޮތުން މަސައްކަތަށް އަޙުލުވެރިކުރުވުމަށްޓަކައި ޕްރޮގްރާމްތައް ރާވައި ހިންގުމުގެ މަސައްކަތްތައް ކުރުން.
  4. މަސައްކަތް ކުރާ އުމުރުފުރައިގެ ދިވެހިންނަށް މަސައްކަތުގައި ކުރިއަށް ދިއުމަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުން
  1. ހިދުމަތްތައް ހޯދަން އަންނަ ފަރާތްތަކަށް ދެވޭ ހިދުމަތަކީ އެފަރާތްތަކުން ބަލައިގަނެވޭފަދަ އަދި ހިތްހަމަޖެހޭގޮތަށް ފޯރުކޮށްދެވުނު ހިދްމަތަކަށް ހެދުމަށް މަސައްކަތްކުރުން.
  1. ވަޒިފާ ހޯދާ ފަރާތްކަށް ވަޒީފާއެއް ހޯދުމަތް ޖޮބް ސެންޓރގެ ވެބް ސައިޓް މެދުވެރިކޮށް އެހީތެރިވެދިނުން.
  2. ބިޒްނަސް ސެންޓަރ ކޯޕަރޭޝަންއިން ހަވާލު ކުރާ އެހެނިހެން މަސައްކަތް

 

މަޤާމުގެ ޝަރުތުތައް:

ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 4 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުން

 

މުސާރަ:

6،000.00 ރުފިޔާ

ސަރވިސް އެލަވަންސް:

4،000.00 ރުފިޔާ

 

 

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ޕޮލިސް ސެޓްފިކެޓް
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

 

 

ސުންގަޑި

31 ޖަނަވަރީ 2022 ވަނަ ދުވަހުގެ 15:00 އަށް

 

މިމަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 31 ޖަނަވަރީ 2022 ގެ 15:00 ގެ ކުރިން ވަޒީފާއަށް އެދޭ ލިޔެކިއުންތައް[email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. މި މަގާމްގެ މަސްއޫލިއްޔަތު އަދި ޝަރުތުތައް މި އިއުލާނާއި އެކު އެއްކަރުދާށް ކުރެވިފައިވާނެއެވެ.

ނޯޓް: އަދި މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 07 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

މި ވަޒީފާތަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހަށްވުރެ މަތީފާހެއް ހާޞިލްކޮށްފައިވާނަމަ އެ ފާސް ވާންވާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ދާއިރާގެ ސްޕެޝަލައިޒްޑް ފާހަކަށެވެ.

24 ޖަނަވަރީ 2022