ބީލަން
ނަންބަރު: AGRO/PRO/TD/2022/01
ޕަބްލިޝްކުރި ތާރީޚް: 24 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 15:26
ސުންގަޑި: 06 ފެބުރުވަރީ 2022 00:00
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެގްރޯނޭޝަނަލް ކޯޕަރޭޝަން ގުދަން (ގ.ދުންފިނިގެ) ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

މިކުންފުނިން ދޭ މަޢުލޫމާތާއި އެއްގޮތަށް އެގްރޯނޭޝަނަލް ގުދަނުގައި ނުނިމިހުރި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވޭނީ ކަނޑައެޅިފައިވާ ގަޑިއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ކުންފުނި، ޕާޓްނަރޝިޕް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅުއްވަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 30 ޖަނަވަރީ 2022 ވާ އާދީއްތަ ދުވަހުގެ 11:00 ގައި

ތަން: އެގްރޯނޭޝަނަލް ހެޑް އޮފީސް (ހ. އޯކިޑް، 8 ވަނަ ފަންގިފިލާ)

އަންދާސީ ހިސާބު ބަލައިގަތުން:

ތާރީޚު: 06 ފެބުރުވަރީ 2022 ވާ އާދީއްތަ ދުވަހުގެ 11:00 ގައި

ތަން: އެގްރޯނޭޝަނަލް ހެޑް އޮފީސް (ހ. އޯކިޑް، 8 ވަނަ ފަންގިފިލާ)

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

24 ޖަނަވަރީ 2022