ދިވެހިރާއްޖެ
މިރަށުގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާބިން( އައުޓްލައިން ޗާރޓްގައި ފާހަގަ ކުރެވިފައިވާ ) ތަރައްޤީކުރުމަށް ކުއްޔަށް ދިނުމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިބިން ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތްތަތަކުން ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް " ބިން ތަރައްޤީ ކުރުމަށް ކުއްޔަށްހިފުމަށް އެދޭފޯމް " މިއިދާރާއިން ބައްލަވައިގަތުމަށްފަހު، ހުށަހެޅުއްވުން އެދެމެވެ.
ތަފްޞީލް |
މުއްދަތު |
ގަޑި |
ތަން |
ބިންތަރައްޤީކުރުމަށް އެދޭ ފޯރމް ވިއްކުން ( ބިންތަރައްޤީކުރުމަށް އެދޭ ފޯރމް ވިއްކުމަށް ހަމަޖެހިފައިވަނީ 500.00 ރުފިޔާއަށް ) |
30 ޖަނަވަރީ 2022 އިން 9 ފެބްރުއަރީ 2022 އަށް |
ރަސްމީކޮންމެ ދުވަހެއްގެ 11:00ފެށިގެން 13:00 އަށް |
ހިންމަފުށީ ކައުންސިލްގެ އިދާރާ |
ޕްރީބިޑް މީޓިންގ |
13 ފެބްރުއަރީ 2022 އާދިއްތަ |
13:00 ގައި |
ހިންމަފުށީ ކައުންސިލްގެ އިދާރާ |
ބިޑްފޯމް ހުށަހެޅުން (ބިންތަރައްޤީކުރުމަށްއެދޭފޯރމް ހުށަހެޅުން) |
20 ފެބްރުއަރީ 2022 އާދިއްތަ |
13:00 އަށް |
ހިންމަފުށީ ކައުންސިލްގެ އިދާރާ |
" ކުލީބިމަށް އެދޭފޯމް " ވިއްކާ އަގަކީ -/500ރ ( ފަސްސަތޭކަ ރުފިޔާ ) އެވެ. ބިޑްގަންނަން ލިބޭނީ ކައުންސިލުން ދޫކުރާ ބިޑްފޯމް ގަތުމަށްއެދޭ ފޯމްފުރިހަމަކޮށް ހުށަހެޅުއްވުމުންނެވެ.
ފޯމް ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަފޯމްތަކާއި، ބިޑްފޯމް ގަންނަ ފަރާތް ނޫން އެހެން ފަރާތްތަކުން ހުށަހަޅާ ފޯމްތައް ބަލައި ގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. މިބިމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6642024 ނަންބަރު ފޯނާއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.