ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2022/8
ޕަބްލިޝްކުރި ތާރީޚް: 24 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 15:01
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށި ސިޓީގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނަގާ މައްސަލަ

މިހާރަކަށް އައިސް ގިނަ ފަރާތްތަކުން ކުޅުދުއްފުށި ސިޓީގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނަގާކަން ވަނީ ފާހަގަ ކުރެވިފައެވެ. ހުއްދަނެތި ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގުމަކީ މި އިދާރާގެ ތިމާވެށި ހިމާޔަތް ކުރުމާބެހޭ ޤަވައިދު (ޤަވާއިދުގެ ނަންބަރު: (2014/R-175 09 މާއްދާގެ (ހ) ގެ ދަށުން މަނާ ކުރެވިފައިވާ ކަމެކެވެ.

ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގުމަކީ ރަށްގިރުމަށް މެދުވެރިވެ ރަށަށް މިކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމުން މިފަދަ ޢަމަލުތައް ހުއްޓާލުމަށް އެންމެހާ ރައްޔިތުންނަށް ނަސޭހަތްތެރިވަމެވެ.

ޤަވައިދާ ހިލާފަށް ގޮނޑުދޮށުން ވެއްޔާއި އަކިރި ނަގާ ފަރާތްތައް ތިމާވެށި ހިމާޔަތް ކުރުމާބެހޭ ގަވައިދު ގެ 15 މާއްދާގެ (ހ) އެއްގޮތަށް ފިޔަވަޅުއެޅޭނެ ކަމުގައި ހަނދުމަފުޅުކޮށް އަރުވަމެވެ. މިގޮތުން ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު ކުށް ތަކުރާރުކުރާ އަދަދަށް ބަލައި -/500 ރުފިޔާ އާއި -/5000 ރުފިޔާ ދެމެދު އަދަދަކުން ޖޫރުމަނާ ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

24 ޖަނަވަރީ 2022