ނީލަން
ނަންބަރު: GC/IUL/2021/06
ޕަބްލިޝްކުރި ތާރީޚް: 24 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 29 ޖަނަވަރީ 2022 14:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލ.ގަން ކެމްޕަހުގައި ބޭނުންކޮށްފައިހުރި ބައެއްތަކެތި ނީލަން ކިޔުމައި ބެހޭ

ޢިއުލާން

 

މި ކެމްޕަހުގައި ބޭނުންކޮށްފައިހުރި ބައެއްތަކެތި ނީލަން ކިޔުމައި ބެހޭ      

 

               މި ކެމްޕަހުގައި ބޭނުންކޮށް ބައުވެފައިހުރި ތަކެތި ނީލަންކިޔުން 29 ޖަނަވަރީ 2022 ވާ އަންގާރަ ދުވަހު މެންދުރު 14:00 ގައި މި ކެމްޕަހުގައި (މަތިމަރަދޫ ޕްރީސްކޫލް) އޮންނާނެއެވެ.

 

               މި ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ބޭފުޅުން 29 ޖަނަވަރީ 2022 ވާ އަންގާރަ ދުވަހު 14:00 އަށް ކެމްޕަހަށް ވަޑައިގެންނެވުން އެދެމެވެ. ނީލަމުގައި ބައިވެރިވެ ތަކެތި ނަންގަވާ ފަރާތްތަކުން ފައިސާ ދެއްކެވުމަށްފަހު 31 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ކެމްޕަހުން ތަކެތި ނެރެ ގެންދަންވާނެއެވެ.

 

              ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ. އަދި ނީލަމުގައި ބައިވެރިވަޑައިގަންނަވާ ހުރިހާ ފަރާތްތަކުންވެސް އެޗް. ޕީ. އޭގެ ގައިޑްލައިނާ އެއްގޮތަށް މާސްކް އަޅުއްވައިގެން ވަޑައިގެންނެވުމަށް އިލްތިމާސް ކުރަމެވެ.

 

              އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3345234އަށް ގުޅުއްވުމުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިލައްވާނެއެވެ. ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. އަދި ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް އެޓޭޗް ކުރެވިފައި އެވަނީއެވެ.

24 ޖަނަވަރީ 2022