ދިވެހިރާއްޖެ
ނަންބަރު: (IUL)341-FCA/341/2022/3
އިޢުލާން
ރަމަޟާން މަހަށް މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމާއި މަސައްކަތް ހިލޭ ސާބަހަށް ކޮށްދެން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލުމާއި ބެހޭ:
1443 ވަނަ އަހަރުގެ ރަމަޟާން މަހަށް މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމާއި މަސައްކަތް ހިލޭ ސާބަހަށް ކޮށްދެން ބޭނުންވާ ފަރާތަތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
މަސްޖިދުލް ފުރްޤާންގައި ކުރަންހުރި މަރާމާތުތަކާއި ބޭނުންވާ ތަކެތި:
- ކަރަންޓު ތްރީފޭސްއަށް ބަދަލުކުރުން
- ވަޅު ފެނާއި ވޯޓަރ ސަޕްލައި ލައިން ވަކިކުރުން
- މިސްކިތާއި ފާޚާނައާއި ދެމެދުގައިވާ ހުސްޖާގައިގާ ތަޅުން އަޅާ ލެވެލްކުރުން
- އަންހެނުންގެ ބައިގެ ޕާޓިޝަންގެ ހަލާކުވެފައިވާ ބައި ހެދުން
- ފެރީ ޓަރމިނަލް ފަޅިއަށް ފެން އިސްކޫރެއް ލުން
- ފެން މޯޓަރ
- 24 ޑައުންލައިޓް
- ދިގު ހަރުގަނޑެއް (24 ފޫޓު)
- ޚަތިމްލާ ކަބަޑެއް (ފާރުގަ ހަރުކުރެވޭ ގޮތަށް)
- 8 ތަންޑު (8 އިންޗީގެ)
- އެމްޕްލިފަޔަރ ބައިންދާނެ ބޮޑު ކަބަޑެއް
- 2 އޮމާން ޓިނުގަނޑު
- 3 ޑޯ ކްލޯޒަރ
- ސައުންޑް ސިސްޓަމް
- ވަޔަރލެސް ޕިން މައިކް
- 4 އިލޮށފަތި
- 4 ދިގު މޮޕް
- މުސްލިމް ޝަވަރ
- ސްޓޭންޑް 2 ފަންކާ
- ފާރުގައި ހަރުކުރާ 2 ފަންކާ
- ޗާންދަލިޔާ
- ވަގުތުބަލާ ގަޑި
މަސްޖިދުލް ތަޤްވާގައި ކުރަންހުރި މަރާމާތުތަކާއި ބޭނުންވާ ތަކެތި:
- އަސްކޭނި ދަށުގެ ތޮއްފިލާ ބަދަލުކުރުން (200 ފޫޓު)
- ދިޔަދޮވި ބަދަލު ކުރުން (200 ފޫޓު)
- ސީލިންގް ލައިޓްތައް ބޮޑީ ގަނޑާއެކު ބަދަލުކުރުން (06 ލައިޓް)
- ފުރާޅުގައި ދަގަނޑު ދާ އެޅުން
- މިސްކިތު ގޯތިތެރޭ ބިންގަނޑު ލެވެލްކޮށް ގާ ޖެހުން
- 24W ގެ 50 ބޮކި
- 04 ގްލޯބް
- ELCB
- 4 ގާޑަން ލައިޓް
- 24000 BTU ގެ އޭ.ސީ
- ބޮޑު ކަބަޑެއް
- 4 ފޫޓުގެ 4 މޮޕު
- 2 ފޫޓުގެ 4 މޮޕު
- ޕިން މައިކްރޯފޯން (ވަޔަރލެސް)
މަސްޖިދުލް ޒަކަރިއްޔާ ހަމީދުގައި ކުރަންހުރި މަރާމާތުތަކާއި ބޭނުންވާ ތަކެތި:
- އިސްކުރު ބަރިޔާ ދިމައިން ސީލިންގްއިން ފެންނުފައިބާނެހެން މަރާތުކޮށް، ވެއްޓިފައިވާ ސީލިންގް ބަދަލުކުރުން
- އެމްޕްލިފަޔަރ ކަބަޑު
- ޕިން މައިކްރޯފޯން
- 2 ފެން އިސްކޫރު
- 5 ފިލަމެންޓް
- 2 ފައިފުހި (4 ފޫޓު)
ވީމާ، މަތީގައި ދެންނެވިފާ ވާ ތަކެތި ހިލޭ ސާބަހަށް ފޯރުކޮށްދިނުމަށް އަދި މަރާމާތު ހިލޭ ސާބަހަށް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށް ވަޑައިގެން، ނުވަތަ މި އިދާރާގެ ނަންބަރު 6660536 ފޯނަށް ނުވަތަ 7989552 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އަދި ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންވެލައްވާ ފަރާތްތަކުން މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ ނަންބަރު 7721700473001 (1385 Revenue 1) އެކައުންޓްއަށް ފައިސާ ޖަމާކޮށްދެއްވުމަށް ދަންނަވަމެވެ. ފައިސާ އެކައުންޓަށް ޖަމާކުރައްވާނަމަ ސްލިޕްކޮޅު މި އިދާރާގެ ނަންބަރު 7992396 އަށް ވައިބަރ ކުރެއްވުމަށް ދެންނެވީމެވެ. މި ފުރުސަތުގައި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ކައުންސިލްއަށް ދެއްވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރުދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
24 ޖެނުއަރީ 2022