ނޫސްބަޔާން
ނަންބަރު: (PR)239-PPRM/239/2022/2
ޕަބްލިޝްކުރި ތާރީޚް: 24 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 12:22
ސުންގަޑި: 24 ފެބުރުވަރީ 2022 14:00
ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަޖެޓް ފާސްކޮށް ހުށަހަޅުއްވާފައިވާ ކައުންސިލްތައް

ޤާނޫނު ނަމްބަރ: 2010/7 ( ދިވެހިރާއްޖޭގެ އިދާރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު )ގެ 93 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކައުންސިލަށްލިބޭ އާމްދަނީއާއި އެކި ގޮތްގޮތުންލިބޭ އެހީއާއި ނަގާލޯނަށް ބަލައިގެން، ހިނގާ އަހަރުގެ ކައުންސިލްގެ ބަޖެޓް އެއަހަރުގެ ޖެނުއަރީމަހުގެ 15 ވަނަ ދުވަހުގެކުރިން ފާސްކުރަންޖެހެއެވެ.

ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީއުސޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް 2021 ވަނަ އަހަރުގެ ބަޖެޓް ޖަނަވަރީ 15 ގެ ކުރިން ފާސްކޮށް، މިކައުންސިލަށް އެ މަޢުލޫމާތު ހިއްސާކޮށްފައިވާ މިއިދާރާގެ ކައުންސިލްތަކުގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.

1-   ބުރުނީ ކައުންސިލްގެ އިދާރާ

2-   ވިލުފުށީ ކައުންސިލްގެ އިދާރާ

3-   މަޑިފުށީ ކައުންސިލްގެ އިދާރާ

4-   ދިޔަމިގިލީ ކައުންސިލްގެ އިދާރާ

5-   ގުރައިދޫ ކައުންސިލްގެ އިދާރާ  

6-   ކަނޑޫދޫ ކައުންސިލްގެ އިދާރާ

7-   ވަންދޫ ކައުންސިލްގެ އިދާރާ

8-   ހިރިލަންދޫ ކައުންސިލްގެ އިދާރާ

9-   ތިމަރަފުށީ ކައުންސިލްގެ އިދާރާ

10-  ވޭމަންޑޫ ކައުންސިލްގެ އިދާރާ

11-  ކިނބިދޫ ކައުންސިލްގެ އިދާރާ  

12-  އޮމަދޫ ކައުންސިލްގެ އިދާރާ

 

ދެންނެވުނު ކައުންސިލްތަކުން އެ ކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ، ކައުންސިލްތަކުގެ މަސައްކަތް ފާހަގަކޮށް، އަތޮޅުކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.

24 ޖަނަވަރީ 2022