ދިވެހިރާއްޖެ
އިޢުލާން
"ޓެކާރަސް މައިލޯ ޗެމްޕިއަންޝިޕް" ގެ މެޗުތައް ކުރިއަށްދާ ވަގުތުތަކުގައި ގާޑިޔާ ބެހެއްޓުމާއި ބެހޭ:
2022 ޖެނުއަރީ 31 ން ފެބްރުއަރީ 5 އަށް މާފަރު ފުޓްސަލް ދަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޓެކާރސް މައިލޯ ޗެމްޕިއަންޝިޕްގެ މެޗުތައް ކުރިއަށްދާ ވަގުތުތަކުގައި، ދަނޑު ސަރަހައްދުގައި ގާޑިޔަލުގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު، މިއަދުން ފެށިގެން، 30 ޖެނުއަރީގެ 10:00 އާއި ހަމައަށް ހުޅުވާލަމެވެ. އެ ސަރަހައްދުގައި ގާޑިޔާ ބެހެއްޓުމުގެ ހުއްދަ ދޫކުރުމަށް ހަމަޖެހިފައިވަނީ 3 ފަރާތަކަށް ކަމަށްވާތީ، ހުއްދަ ދޭނެ ފަރާތްތައް ކަނޑައަޅާނީ، ޚިދުމަތް ދޭ ކޮންމެ ދުވަހަކަށް ކުލީގެ ގޮތުގައި ދެއްކުމަށް ހުށަހަޅާ އަގު ތަކުގެ ތެރެއިން އެންމެ މަތީ އަގުތައް ހުށަހަޅާ ފަރާތްތަކަށެވެ.
ނަންނޯޓު ކުރެއްވުމާއި، އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ތިރީގައިވާ ނަމްބަރުތަކަށް ގުޅުއްވުން އެދެމެވެ.
އަޠޫފް ޢަބްދުﷲ ( މާފަރު ކައުންސިލް މެމްބަރ) – 9738060
ޒަހީން ޢަބްދުﷲ ( ކައުންސިލްގެ ލީގަލް އޮފިސަރ ) – 7999681
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރަމެވެ.
24 ޖެނުއަރީ 2022