ކުއްޔަށް ހިފުން
ނަންބަރު: GS141/MIS/2022/02
ޕަބްލިޝްކުރި ތާރީޚް: 24 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 12:09
ސުންގަޑި: 31 ޖަނަވަރީ 2022 13:00
ހިންމަފުށީ ސްކޫލް
ދިވެހިރާއްޖެ
2022 ވަނަ އަހަރު މި ސްކޫލްގެ އިސްވެރިޔާ ހުންނަވާނޭ ގެއެއް ކުއްޔަށް ހިފުމަށް

2022 ވަނަ އަހަރު މި ސްކޫލްގެ އިސްވެރިޔާ ހުންނަވާނޭ ގެއެއް ކުއްޔަށް ހިފުމަށް ބޭނުން ވެއްޖެއެވެ. މި ގެއަކީ އެކަށީގެންވާ ފެންވަރެއްގައި ޢިމާރާތް ކުރެވި ފަރުނީޗަރާއެކު މަދުވެގެން 2 ކޮޓަރި، ސިޓިންގ ރޫމް އަދި ކައްކާ ކެވޭގޮތަށް ތަކެއްޗާއެކު ބަދިގެބަޔަކާއި ކާބައެއް ހިމެނޭ ގެއަކަށް ނުވަތަ އެޕާރޓް މަންޓަކަށްވާން ވާނެއެވެ.

 

  • ވީމާ، ގެއެއް ނުވަތަ އެޕާރޓްމަންޓެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިލައްވާ ފަރާތްތަކުން، 25 ޖަނަވަރީ 2022 އިން 31 ޖަނަވަރީ 2022 އަށް ބަންދުނޫން ކޮންމެދުވަހަކު 09:00 އިން 14:00 އަށް މި ސްކޫލް އަށް ވަޑާއިގެން ނަންނޯޓު ކުރެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރިވުމުގެ ފުރުސަތެއް ނޯއްނާނެއެވެ.

 

  • މި ބީލަމާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް  31 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ ފޯނު ނަންބަރަށް ގުޅުއްވުން ނުވަތަ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  • މި ބީލަމާ ބެހޭގޮތުން ޕްރީބިޑް މީޓިންއެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.

 

  •  ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ  01 ފެބްރުއަރީ 2022 ވާ އަންގާރަ ދުވަހުގެ 11:00 ގައި  މި ސްކޫލްގައެވެ.އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި، އެސްޓިމޭޓް ހުށަހެޅުމަށް ވަޑައިގަންނަވަން ދަތިފުޅުވާ ފަރާތްތަކުން ބަދަލުގައި އެހެން ބޭފުޅަކުވެސް ފޮނުއްވެވިދާނެއެވެ.

 

 

  • މި ބީލަމާއިގުޅޭ މައުލޫމާތު ޝީޓް އަދި ބީލަން ހުށަހަޅާ ފޯމް އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  • އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހިންމަފުށީ ސްކޫލް

ކ.ހިންމަފުށީ، ދިވެހިރާއްޖެ

ފޯން: 6640585

އީ-މެއިލް: [email protected]  

24 ޖަނަވަރީ 2022