ކުއްޔަށް ހިފުން
ނަންބަރު: (IUL) H-12SM/2022/01
ޕަބްލިޝްކުރި ތާރީޚް: 24 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 10:44
ސުންގަޑި: 08 ފެބުރުވަރީ 2022 11:00
މާފުށީ ހޮސްޕިޓަލް
ދިވެހިރާއްޖެ
02 ކޮޓަރީގެ އެޕާރޓްމެންޓެއް ކުއްޔަށްހިފުން

އިޢުލާން

02 ކޮޓަރީގެ އެޕާރޓްމެންޓެއް ކުއްޔަށް ހިފުމާބެހޭ

 

މާފުށީ ޞިއްޙިމަރުކަޒުގައި މަސައްކަތް ކުރައްވާ ބިދޭސީ މުވައްޒަފުން ބޭތިއްބުމަށްޓަކާ 02 ކޮޓަރީގެ އެޕާރޓްމެންޓެއް 02 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްހިފަން ބޭނުންވެއެވެ.

ވީމާ، މިފަދަ ތަނެއް ކުއްޔަށް ދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް 2022 ފެބްރުވަރީ 02 ވާ ބުދަ ދުވަހުގެ 11:00އަށް މާފުށި ޞިއްޙީމަރުކަޒަށް ވަޑައިގެންދެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2022 ފެބްރުވަރީ 08 ވާ އަންގާރަ ދުވަހު 11:00ގައި  މާފުށި ޞިއްޙީމަރުކަޒުގައެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށަހަޅަންވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

               

                                 21 ޖުމާދަލްއާޚިރާ 1443 ހ

                                  24 ޖަނަވަރީ 2022 މ   

                                 

24 ޖަނަވަރީ 2022