ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-DA/38/2022/23
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 18:24
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
މި ކޮމިޝަނުގެ ނަންބަރު (IUL)38-DA/38/2022/21 އަދި (IUL)38-DA/38/2022/22 އިޢުލާނާ ޙަވާލާދީ

(IUL)38-DA/38/2022/23:ުނަންބަރ

އިޢުލާން

މި ކޮމިޝަނުގެ ނަންބަރު (IUL)38-DA/38/2022/21 އަދި  (IUL)38-DA/38/2022/22 އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުތަކުގެ ތެރެއިން މުއްދަތު ހަމަވާ ކާޑުތަކުގެ މުއްދަތު 31 ޖުލައި 2022 ގެ ނިޔަލަށް އިތުރު ކުރުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ނަންބަރު (IUL)133-AS/133/2022/9 އިޢުލާނުން އެކަން އާންމުކޮށް އިޢުލާންކޮށްފައިވާތީ، 2022 ފެބުރުވަރީ 05 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާއި ތ. ވިލުފުށި އަދި ގއ. ގެމަނަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުށަހަޅާއިރު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ އިޢުލާނާ އެއްގޮތަށް އެފަދަ  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުތައް ބަލައިގަތުމަށް މިކޮމިޝަނުން ނިންމާފައިވާކަމުގައި ދަންނަވަމެވެ.

މިހެންވެ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

 

23 ޖަނަވަރީ 2022