ވަޒީފާގެ ފުރުޞަތު
ނަންބަރު: IUMH-AD/I/2022/13
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 15:53
ސުންގަޑި: 30 ޖަނަވަރީ 2022 23:59
އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ - އައިޔޫއެމް އައްޑޫ ސިޓީ ލަރނިންގް ސެންޓަރ

ވަޒީފާގެ ފުރުސަތު

ނަންބަރު:IUMH-AD/I/2022/13

އައިޔޫއެމް ހޯލްޑިންގސްއިން ކޮށްފައިވާ އިޢުލާން ނަންބަރު IUMH-AD/I/2022/05 އަށް އެޕްލިކޭޝަންސް ލިބިފައިނުވާތީ އެ އިޢުލާނާއި ހަވާލާދީ އެ މަޤާމަށް މީހުން ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

މަޤާމު:

ސެކިއުރިޓީ އޮފިސަރ

 ބޭނުންވާ ޢަދަދު : 2

މުސާރަޔާއި އިނާޔަތްތައް:

  • އަސާސީ މުސާރަ : 4000.00
  • ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް: ދުވާލަކަށް 50.00 ރުފިޔާ
  • ސަރވިސް އެލަވަންސް: މަހަކަށް 1200.00 ރުފިޔާ
  • ފޯނު އެލަވަންސް: މަހަކަށް 100.00 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

އައި.ޔޫ.އެމް އައްޑޫ ސިޓީ ލަރނިންގ ސެންޓަރ  - ސ. މީދޫ

މަޤާމުގެ ޝަރްޠުތައް:

  1. ލިޔަންކިޔަން އެގުން. (އިންޓަރވިއު ކުރާއިރު މިބައި ޓެސްޓު ކުރެވޭނެއެވެ.)
  2. އުމުރުން  18 އަހަރާއި 50 އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުން.
  3. ސިއްހީގޮތުންނާއި ނަފްސާނީގޮތުން ޝިފްޓް ޑިއުޓީގައި ސެކިއުރިޓީގެ މަސައްކަތްކުރެވޭ މީހަކު ކަމުގައިވުން.
  4. ހީވާގި މުރާލިކަމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން.
  5. ނަޒާހަތްތެރި ރަގަޅު އަޚްލާގެއްގެވެރި މީހަކަށްވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. ކެމްޕަހުގެ ސެކިއުރިޓީ ކުންފުނިން ހަމަޖައްސަވާ ގޮތަށް ޝިފްޓް އުސޫލުން ބެލެހެއްޓުން.

2. ޑިއުޓީކުރަންޖެހޭ އިމާރާތާއި، ގޯތިތެރެއާއި، އެ ސަރަހައްދުގައިވާ ތަކެތި ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

މިމަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

  • ހާސިލްކޮށްފައިވާ ތަޢުލީމާއި އަދާކޮށްފައިވާ ވަޒީފާގެ ތަފްސީލުތަށް ހިމެނޭގޮތަށް ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ސެކިއުރިޓީއެއްގެ ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެޓެސްޓްކޮށްފައި)

ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް

  • ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މިވާ ލިންކް ބޭނުންކޮށްގެންނެވެ.
  • https://forms.gle/nWxkq2B6b5LGG4Mh8  
  • ހާޑް ކޮޕީ ހުށަހަޅާ ފަރާތްތަކުން އައްޑޫ ސިޓީ ލަރނިންގ ސެންޓަރަށް (ޝަމްސުއްދީން ސްކޫލް) އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އެޕްލިކޭޝަން ފޯމު މި އިޢުލާނާއި އެއްހީރާސް ކުރެވިފައިވާނެއެވެ. އަދި އައްޑޫ ސިޓީ ލަރނިންގ ސެންޓަރުން ލިބެން ހުންނާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.

އިއުލާނުގެ މުއްދަތު ހަމަވާ ތާރީޚް:

  • 30 ޖެނުއަރީ 2022 ވަނަ ދުވަހުގެ 23:59 އަށް

އިތުރު މައުލޫމާތު:

  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން ހެނދުނު 09:00 އާއި މެންދުރު 14:00 އާއި ދެމެދު 3001885 އަށް ގުޅުއްވުން އެދެމެވެ.

 

23 ޖަނަވަރީ 2022