ވަޒީފާގެ ފުރުޞަތު
ނަންބަރު: N13C-A/2022/01
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 03 ފެބުރުވަރީ 2022 13:00
ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ތ.އޮމަދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އޮފިސަރ ގެ މަޤާމަށް މީހަކު ހޯދުން

ކޮޅުމަޑުލު އޮމަދޫ މެޖިސްޓްރޭޓް ކޯޓް                             

    ތ.އޮމަދޫ، ދިވެހިރާއްޖެ

                                               

އިޢުލާން

      މިކޯޓްގެ ނަންބަރު: N13C-A/2021/06 (05 ޑިސެމްބަރ 2021) އިޢުލާނުން ކޯޓް އޮފިސަރ މަޤާމަށް މީހަކު ހޯދުމަށް ފުރުޞަތު ހުޅުވާލުމުން އެ މަޤާމަށް އެކަށީގެންވާ މިންވަރަށް ޤާބިލު ފަރާތްތަކުގެ އެޕްލިކޭޝަން ލިބިފައިނުވާތީ، އެ މަޤާމަށް ޝައުޤުވެރިކަން ހުރި ފަރާތްތައް  ހޯދުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

 

ވަޒީފާގެ ފުރުޞަތު

ނަންބަރ:

N13C-A/2022/01

ތާރީޚް:

23 ޖަނަވަރީ 2022

ރޭންކް:

ޖީ.އެސް 3

މަޤާމް:

ކޯޓް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ޢަދަދު:

01 ( އެކެއް )

މަސައްކަތްކުރަންޖެހޭ ތަން:

ކޮޅުމަޑުލު އޮމަދު މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ:

4465/- ރުފިޔާ (ހަތަރުހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

އިތުރުގަޑިއާއި އެހެނިހެން އެލަވަންސް:

  • ސާރވިސް އެލަވަންސް: 1500.00 ރުފިޔާ (ފަނަރަ ސަތޭކަ ރުފިޔާ )
  • ލިވިންގ އެލަވަންސް 2550.00 ( ދެހާސްފައްސަތޭކަ ފަންސާސް ރުފިޔާ)
  • ޖުޑީޝަލް އެލަވަންސް ގެ ގޮތުގައި މުސާރައިގެ %20 
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު:

  1. ސާނަވީ ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން  ' ސެކަންޑަރީ ސްކޫލް ' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.  ނުވަތަ،
  2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 އެހެނިހެން ޝަރުތު

  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި ވަޒީފާއިން މުސްކުޅިކުރުމުގެ އިޙްތިޔާރު ލިބޭ އުމުރުކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހެއްކަމުގައިނުވުން.

 

  • ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވައިދު 2011ގެ 70 ވަނަ މާއްދާގެ (ހ) ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އާއިލީ ގާތްކަމެއް ވަޒީފާ ހަމަޖެހޭ ތ.އޮމަދޫ މެޖިސްޓްރޭޓްކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޝަރީޢަތާއި ގުޅޭ ކަންކަމުގައި ހާޟިރުކުރެވޭ ފަރާތްތަކާއި ޝަރީޢަތާއި ގުޅުންހުރި މުއާމަލާތްތައް ހިންގުން.
  2. ޝަރީޢަތުގެ މަޖިލިސް ތައްޔާރުކޮށް ބެލެހެއްޓުން
  3. ކޭސް މެނޭޖްމަންޓް ބޭނުންކޮށްގެން މައްސަލަތަކުގެ ތާވަލު ތައްޔާރު ކުރުން
  4. ރެކޯޑިން ބަޔާން ލިޔުން
  5. ޝަރީއަތާއި ގުޅޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން
  6. މައްސަލަތަކާއި ގުޅޭ އިދާރީ ލިޔުންތައް ސްކޭންކޮށް ފައިލްކުރުން
  7. އެޑްމިނިސްޓްރޭޓިވް އޮފިސަރ ނެތިއްޖެ ހާލަތެއްގައި ފައިސާއާއި ބެހޭ އަދި އިދާރީ ކަންކަމާބެހޭ އެންމެހާ މަސައްކަތް ކުރުން.
  8. އަދި މީގެ އިތުރުންވެސް ޤާނޫނާއި ޤަވާއިދުގެ ތެރެއިން އެވަގުތަކު ދާއިރާ ހިންގަވަން ހުންނެވި ވެރިއަކު އަންގަވާ ކޮންމެ ރަސްމީ މަސައްކަތެއް ޤަވަޢިދުން ކުރުން.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

  1. ފުރިހަމަ ކޮށްފައިވާ، ޝަރުޢީދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު
  2. ވަޒީފާއަށް ކުރިމަތިލި ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާއި އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  5. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރެއްވިކަމުގެ ރަސްމީ ލިޔުމާއި އެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި އެކު، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން
  6. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރެއްވިކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަ ކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާއި ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންގޮސްފައިވާ ކޯހެއްނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން
  7. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ ( މަޤާމުގެ ނަން، ހޭދަވި މުއްދަތު، ރޭންކް އަދި އެޕްރައިޒަލް އަށް ލިބިފައިވާ މާރކްސްތަކާއި، އަދާކުރާ މަސްއޫލިއްޔަތު އެނގޭނެ ފަދަ ލިޔުމެއް)
  8. ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ.

ތަޢުލީމީ ރޮނގު:

  • އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ އެކައުންޓިންގް އެންޑް ފައިނޭންސް/ ޝަރީއްޔަތާއި ޤާނޫނުގެ / އައި.ޓީ

ގުޅޭ ވަޒީފާގެ ދާއިރާތައް:

  • ބިޒްނަސް އެޑްމިނިސްޓެރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓް / ބިޒްނަސް މެނޭޖްމަންޓް/ އެކައުންޓިންގް އެންޑް ފައިނޭންސް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ޝަރިއްޔާތާއި ޤާނޫނު / ޤާނޫނު
 

 

  • އިތުރު މައުލޫމާތު:
  • މިމަޤާމުގެ އިންޓަވިއުއަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • ޝޯޓްލިސްޓް ކުރެވޭނީ ތައުލީމީ ސެޓްފިކެޓްތަކަށާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާރކްސް ލިބޭ 07 ފަރާތެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6780735 / 6780736
  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު ތ.އޮމަދޫ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުންނާއި، ޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mvއިން ލިބެން ހުންނާނެއެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
  •   ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް
  • ކޯޓް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:
  • ލިބިފައިވާ ތަޢުލީމް: 30 ޕަސެންޓް
  • މަސައްކަތުގެ ތަޖުރިބާ:10 ޕަސެންޓް
  • އިންޓަރވިއު: 50 ޕަސެންޓް
  • މަސައްކަތަށް ބޭނުންވާ ހުނަރަށް: 10 ޕަސެންޓް
   

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:

  • ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކޮށް ވާހަކަދައްކަން އެނގުން.
  • ޤާނޫނުތަކާއި، ޤަވާޢިދުތަކަށް އަހުލުވެރި ފަރާތަކަށްވުން.
  • ސޮފްޓްވެއަރތައް ބޭނުންކޮށްގެން މަސައްކަތް ކުރަން އެނގޭނެ ފަރާތަކަށްވުން.
  • ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.
  • މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ފަރިތަކަމާއިއެކު ބޭނުންކުރަން އެނގުން. 
  • ސުންގަޑި:
  • 03 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00  ގެ ކުރިން ތ.އޮމަދޫ މެޖިސްޓްރޭޓްކޯޓަށް ހުށަހަޅަންވާނެއެވެ. ނުވަތަ [email protected]   އަށް އީމެއިލް ކުރަންވާނެއެވެ.
23 ޖަނަވަރީ 2022