ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)170-HR/170/2022/21
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 09:47
ސުންގަޑި: 01 ފެބުރުވަރީ 2022 23:59
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ / (ފައިނޭންސް)

ވަޒީފާގެ ފުރުޞަތު

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ / (ފައިނޭންސް)

ބޭނުންވާ ޢަދަދު: 1

އޮފީސް

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަސައްކަތްކުރަން ޖެހޭ ތަން:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (މެއިން ކެމްޕަސް)

ނޯޓު:

މި މަޤާމަށް ކުރިމަތިލުމަށް ހުށަހަޅާ ތަޢުލީމީ ލިޔެކިޔުންތަކަށް މާރކްސް ދެވޭނީ އިޢުލާނުގެ އެންމެދަށް ސްޕައިން (ADG/24) ގައިވާ ޝަރުތު ފުރިހަމަވުމުނެވެ.

މަޤާމުގެ ގްރޭޑު/ ސްޕައިން ޕޮއިންޓު، މަޤާމުގެ ޝަރްޠުތައް، އަސާސީ މުސާރަ، އަދި ސަރވިސް އެލަވަންސް

މަޤާމު

ގްރޭޑް /

ސްޕައިން ޕޮއިންޓު

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ  

 

ADG5/24

 

1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން

7151.26 ރުފިޔާ

3064.83 ރުފިޔާ

ADG5/25

 

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 24 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

ނުވަތަ

2. އޭޑީޖީ ކްލެސިފިކޭޝަން 5 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.

7372.44 ރުފިޔާ

3159.62 ރުފިޔާ

ADG5/26

 

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 25 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

ނުވަތަ

2. އޭޑީޖީ ކްލެސިފިކޭޝަން 5 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.

7600.45 ރުފިޔާ

3257.34 ރުފިޔާ

ADG5/27

 

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 26 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

ނުވަތަ

2. އޭޑީޖީ ކްލެސިފިކޭޝަން 5 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.

7835.52 ރުފިޔާ

3358.08 ރުފިޔާ

ADG5/28

 

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 27 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

ނުވަތަ

2. އޭޑީޖީ ކްލެސިފިކޭޝަން 5 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.

8077.85 ރުފިޔާ

3461.94 ރުފިޔާ

ADG5/29

 

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 28 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

ނުވަތަ

2. އޭޑީޖީ ކްލެސިފިކޭޝަން 5 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

8327.68 ރުފިޔާ

3569.01 ރުފިޔާ

ADG53/30

 

 1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 29 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

ނުވަތަ

2. އޭޑީޖީ ކްލެސިފިކޭޝަން 5 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 12 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.

8585.24 ރުފިޔާ

3679.39 ރުފިޔާ

ADG53/31

 

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 30 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

ނުވަތަ

2. އޭޑީޖީ ކްލެސިފިކޭޝަން 5 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 14 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.

 

 

 

8850.77 ރުފިޔާ

3793.19 ރުފިޔާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • ކުރިޔަށް އޮންނަ އަހަރަށް ލަފާކުރާ އަހަރީ ބަޖެޓް ތައްޔާރުކޮށް ފޮނުވުމުގެ ކަންކަން ހިންގައި ބެލެހެއްޓުން
  • މާލީ ބަޔާން ޤަވާއިދުން ތައްޔާރުކޮށް ކަމާ ބެހޭ ފަރާތްތަކަށް ފޮނުވުން
  • ކޮންމެ މަހެއްގެ ޚަރަދު އަދި އާމްދަނީ ރިޕޯޓްތައް ތައްޔާރުކޮށް، ރިކޮންސައިލްކޮށް، ކަމާ ބެހޭ ފަރާތްކަށް ފޮނުވުން
  • ޔުނިވަރސިޓީ އަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ބަލައިގަތުމާއި ލިބޭފައިސާގެ ދުވަހު ރިޕޯޓްތައްޔާރުކުރުން
  • ބަޖެޓާއި ބެހޭ މަސައްކަތްތައް ދުވަހުން ދުވަހަށް ޤަވާއިދާއި އެއްގޮތައް ކޮށް ނިންމުން
  • .ޕޭމަންޓް ވައުޗަރތަކުގެ ރެޖިސްޓްރީ ދުވަހުންދުވަހަށް އަޕެޑޭޓްކޮށް ބެލެހެއްޓުން
  • ބަޖެޓުން ފައިސާ ދައްކަންޖެހޭ ބިލްތަކާއި ލިޔުންތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ދެއްކުމުގެ ކަންތައްތައް ބެލެހެއްޓުން
  • ޕެޓީކޭޝް ގެ އެންމެހައި މަސައްކަތްތައް ކުރުން
  • ޓްރަސްޓް ފަންޑު އަދި ފައިނޭންސް ކޮމިޓީގެ އެންމެހައި މަސައްކަތެއް ކުރުމާއި، ކޮމިޓީން ނިންމަވާ ކަންކަން ގަވާއިދުން ތަންފީޒުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ކޮމިޓީގެ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް ތައްޔާރުކޮށް ބެލެހެއްޓުން.
  • ފައިސާއާއި ބެހޭ ލިޔެކިއުންތައް ބެލެހެއްޓުން
  • އޮޑިޓް އޮފީހުން ކުރަމުންގެންދާ އޮޑިޓްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން
  • ޔުނިވަރިސިޓީގެ މަސައްކަތުގެ ތެރެއިން ހާއްސަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން
  • ހަވާލުކުރެވޭ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސަޢޫލިއްޔަތު އަދާކުރުން

އުޖޫރައާއި ޢިނާޔަތްތައް:

  އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް)

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމް ތިރީގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެވޭނެއެވެ.

https://www.ium.edu.mv/gazette/job-application-form

https://www.ium.edu.mv/gazette/job-application-form-dhivehi

  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ) 
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:

  • ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.

ium.to/post

  • އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:

  • 01 ފެބްރުއަރީ 2022 ވަނަ ދުވަހުގެ 23:59 އަށް

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  •  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00 އިން މެންދުރު 14:00 އަށެވެ.
  • މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 02 ފެބްރުއަރީ 2022 އިން 28 ފެބްރުއަރީ 2022 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ،  3022160 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
23 ޖަނަވަރީ 2022