ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)133-AS/133/2022/8
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 22:24
ސުންގަޑި: 31 ޖުލައި 2022 00:00
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
މުއްދަތު ހަމަވެފައިވާ ކާޑަށް ޚިދުމަތް ދިނުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ

މި އިޢުލާންވަނީ 23 ޖަނަވަރީ 2022 08:36 ގައި ބާތިލް ކުރެވިފައެވެ.


ކޮވިޑް-19 ގެ ބަލި ފެތުރުން އިތުރުވަމުންދާތީ ގިނަ ބަޔަކު ވަދެ ނިކުމެ އުޅޭ ތަންތަނަކީ ބައްޔަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑުވެދާނެ ތަންތަންކަމަށް އެޗް.ޕީ.އޭ އިން  ފާހަގަކޮށްފައިވުމާއެކު، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންއަކީ ދިވެހި އެއްމެހައި ރައްޔިތުންގެ އައި.ޑީ ކާޑު ހަދައި ދިނުމުގެ ޚިދުމަތް ފޯރުކޮށްދޭ އޮފީސްކަމަށްވުމުން، މިދަނޑިވަޅުގައި ރައްކާތެރިކަމަށް އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި މިޑިޕާޓްމަންޓުން ދެކެނީ މިހާތަނަށް ހަދައިދީފައިވާ އައި.ޑީ ކާޑުތަކުގެ ތެރެއިން މުއްދަތު ހަމަވާ ކާޑުތަކުގެ މުއްދަތު 31 ޖުލައި 2022ގެ ނިޔަލަށް އިތުރު ކުރުމަށެވެ. ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރަމެވެ.

އަދި ޢާއްމު ރައްޔިތުންނަށް އައި.ޑީ ކާޑު މެދުވެރިކޮށް ޚިދުމަތް ދެއްވާ އެއްމެހައި މުވައްސަސާތަކުން ޚިދުމަތް ފޯރުކޮށްދެއްވުމުގައި މި އިޢުލާނަށް ރިޢާޔަތް ކުރައްވާ ޚިދުމަތްތައް ފޯރުކޮއްދެއްވުމަށް ދެންނެވީމެވެ. މިގޮތަށް މުއްދަތު އިތުރުކޮށް އިޢުލާނުކުރި ކަމުގައި ވިޔަސް މިހާރެކޭ އެއްފަދައިން އޮންލައިންކޮށް (ވެބް ޕޯޓަލް މެދުވެރިކޮށް) ކާޑު ހެދުމަށް ހުށަހެޅުއްވޭނެ ވާހަކަވެސް ދެންނެވީމެވެ.

22 ޖަނަވަރީ 2022