ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)170-HR/170/2022/19
ޕަބްލިޝްކުރި ތާރީޚް: 20 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 17:12
ސުންގަޑި: 30 ޖަނަވަރީ 2022 23:59
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެސޯސިއޭޓް ލެކްޗަރަރ (ވަގުތީ) - ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯ

މަޤާމު:

އެސޯސިއޭޓް ލެކްޗަރަރ (ވަގުތީ) - ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯ

ބޭނުންވާ ޢަދަދު: 1

މުއްދަތު: 1 އަހަރު ދުވަހަށް

އޮފީސް:

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަސައްކަތްކުރަން ޖެހޭ ތަން:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (މެއިން ކެމްޕަސް)

 

ނޯޓު:

 މި މަޤާމަށް ކުރިމަތިލުމަށް ހުށަހަޅާ މަތީ ތަޢުލީމީ ލިޔެކިއުންތަކަށް މާކްސް ދެވޭނީ އިޢުލާނުގައިވާ އެންމެ ދަށް ސަނަދު ނުވަތަ ސެޓްފިކެޓު ހުށަހަޅާފައި ވާނަމައެވެ.

މަޤާމުގެ ސްޕައިން ޕޮއިންޓާއި، މަގާމުގެ ޝަރުތު އަދި އަސާސީ މުސާރައާއި ސަރވިސް އެލަވަންސް

 

މަޤާމު

ގްރޭޑް /

ސްޕައިން ޕޮއިންޓު

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

އެސޯސިއޭޓް ލެކްޗަރަރ (ވަގުތީ)

ADG6/37

މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ގެ ސަނަދެއް  ހާސިލްކޮށްފައިވުން

 

11,374.40

 

4,874.74

ADG6/38

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 37 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

ނުވަތަ

2. މި އޮނިގަނޑުގެ އޭޑީޖީ ކްލެސިފިކޭޝަން 6 ގެ ސްޕައިން ޕޮއިންޓް 37 ގެ ރޭންކް އާ އެއްފެންވަރެއްގެ މަޤާމެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.

 

 

 

11,770.43

 

 

 

5,044.47

ADG6/39

. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 38 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

ނުވަތަ

2. މި އޮނިގަނޑުގެ އޭޑީޖީ ކްލެސިފިކޭޝަން 6 ގެ ސްޕައިން ޕޮއިންޓް 37 ގެ ރޭންކް އާ އެއްފެންވަރެއްގެ މަޤާމެއްގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.

 

 

12,166.00

 

 

5214.00

 

މަޤާމުގެ މަސްއޫލިއްޔަތު:

  • ޔުނިވަރސިޓީން އޮފަރކުރާ ތަފާތު މޯޑުތަކުގައި ކިޔަވައި ދިނުމާއި ޓޭބަލް ކުރެވޭ ޕީރިއަޑްތަކާއި، ބަދަލުގައި ނަގަންޖެހޭ ޕީރިއަޑްތައް، ވޯކްލޯޑް ޕޮލިސީއާއި އެއްގޮތަށް ނެގުމާއި ކިޔަވަދޭ ފިލާވަޅުތައް ކުއްލިއްޔާއިން ހަމަޖައްސާ ފޯމެޓަށް(ވީޑިއޯ،ޕަވަރޕޮއިންޓް ޕްރެސެންޓޭޝަން،ޕީޑީއެފް އަދި ވޯޑް ފޯމެޓް ފަދަ ފޯމެޓްތަކަށް) ތައްޔާރުކުރުމާއި ކިޔަވައިދޭ މާއްދާތަކުގެ މެޓީރިއަލްތައް ކޮންމެ ސެމިސްޓަރއަކު އެއްފަހަރު އަޕްޑޭޓްކުރުން.
  • ޓިއުޓޯރިއަލް ޕީރިއަޑްތަކާއި، ޢަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވޯކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތަކުގައި ހަރަކާތްތެރިވުމާއި ކިޔަވައިދޭ މާއްދާއާ ގުޅޭ ގޮތުން ދަރިވަރުން ހުށަހަޅާ ކަންތައްތަކަށް ޖަވާބު ދާރީވުން.
  • ޢިލްމީ ދިރާސާތައް ކުރުމާއި، ދިރާސާތައް ޝާއިޢު ކުރުމުގައި ފަރުދީ ގޮތުންނާއި ކުއްލިއްޔާތަކުގެ މުވައްޒަފުންނާ އެކު މަސައްކަތް ކުރުން.
  • މާއްދާތަކުގެ އިމްތިހާން ކަރުދާސްތައް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް އިމްތިހާނު ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި ޕޭޕަރުތަށް މާކުކޮށް ނިންމުން.
  • ސެމިސްޓަރ ފެށުމުގެ ކުރިން ކިޔަވައިދޭ މާއްދާތަކުގެ އެސައިންމެންޓްތަކާއި ރުބްރިކްތައްތައްޔާރުކޮށް ލިޔުމުން ކުއްލިއްޔާ/ ސެންޓަރ އަށް ހުށަހެޅުމާއި އަދި އެ ތަކެތި ފުރަތަމަ ހަފްތާގައި ދަރިވަރުންނާ ހިއްސާކުރުމާއި އަދި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މުޤައްރަރުތަކާ އެއްގޮތަށް، ތަފާތު ފެންވަރުގެ ކޯސްތަކަށް ކިޔަވައިދީ އަދި  ކޮންމެ މާއްދާއެއް ކިޔަވައިދީ ނިމުމުން (އެ މާއްދާއެއްގެ އިމްތިޙާން ފެށުމުގެ ކުރިން) މާއްދާ ފުރިހަމަ ކުރިގޮތުގެ ފޯމު ފުރިހަމަކޮށް ކުއްލިއްޔާ ސެންޓަރ އަށްހުށަހެޅުމާއި އެސައިންމެންޓާއި އިމްތިޙާން ކަރުދާސްތައް ހަދައި މާކުކޮށް، މާކްސްތައް ތައްޔާރުކުރުން.
  • ކޮންމެ ދަރިވަރެއް ކުރިއަރާމިންވަރާއި، ހޯދާ ނަތީޖާ މޮނިޓަރކޮށް، ކުއްލިއްޔާ/ސެންޓަރ ގެ ރިވިއު ކޮމިޓީއަށް ހުށަހެޅުމާއި އިމްތިޙާންތައް ފެށުމުގެ ކުރިން އެސައިންމެންޓްތަކުގެ ފީޑްބެކް ދަރިވަރުންނަށް ދީ ރެކޯޑްތައް ބެލެހެއްޓުން.
  • އައު މުޤައްރަރުތައް ފަރުމާކުރުމާއި، މިހާރު ބޭނުންކުރަމުންދާ މުޤައްރަރުތައް އިޞްލާޙުކުރުން.
  • ކިޔަވައިދޭ މާއްދާތަކުގެ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައި، އެކަމަށް މަސައްކަތް ކުރުމާއި ކޯސްތައް އިސްތިހާރުކުރުމާއި، މަޢުލޫމާތު ފޯރުކޮށްދިނުމާއި، ފެއަރތަކުގައި ބައިވެރިވުން.
  • ފަންނީ މުވައްޒަފުންގެ ބައްދަލުވުން ތަކުގައްޔާއި، މާއްދާތަކުގެ ޕެނަލްތަކުގައި ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، އަލަށް ބައިވެރިވާ މުވައްޒަފުންގެ ޢިލްމާއި ހުނަރު ތަރައްޤީ ކުރުމަށް ޔުނިވަރސިޓީއަށް އެހީތެރިވެދިނުން.
  • އަންޑަރ ގްރެޖުއޭޓް ދަރިވަރުންގެ ރިސާރޗް ސުޕަރވައިޒް ކުރުން.
  • މާއްދާ ކޯޑިނޭޓް ކުރުމާއި ކޯސް ކޯޑިނޭޓް ކުރުން.
  • ޔުނިވަރސިޓީގެ މުވައްޒަފުންނާ ގުޅިގެން އެކުވެރި ކަމާއި އަދި "ކޯޑް އޮފް ކޮންޑަކްޓް" އާއި އެއްގޮތަށް ޕްރޮފެޝަނަލް ކޮށް މަސައްކަތްކުރުން.
  • ޔުނިވަރސިޓީގެ ޖަލްސާތަކާއި ކޮންފަރެންސްތަކާއި ވޯކްޝޮޕްތަކާއި ފެއަރތަކާއި ޔުނިވަރސިޓީގެ ބޯޑުތަކާއި ކޮމިޓީތަކުގެމީޓިންގތަކަށް ހާޒިރުވުން.
  • މަތީގައިވާ ކަންތައްތަކުގެ އިތުރުން، ޔުނިވާސިޓީން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި (އެގްޒަމިނޭޝަންގެ އިދާރީމަސައްކަތާއި ކޮންފަރެންސް،ފެއަރ،ވޯކްޝޮޕްތައް ފަދަ ކަންކަން) ބައިވެރިވުމާއި ޔުނިވާސިޓީގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ސްޕަވައިޒަރު ނުވަތަ ސީނިއަރމެނޭޖްމެންޓުން ހަވާލުކުރާ އެންމެހައި  މަސައްކަތްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ ހުނަރު (އިންޓަރވިއު އަދި ޕްރެކްޓިކަލްސް)

ވަޒީފާއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމް ތިރީގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެވޭނެއެެވެ.
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ) 
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ވަޒީފާޔަށް އެދި ހުށަހަޅާނެ ގޮތް

  • ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.
  • ium.to/post
  • އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް

  • 30 ޖަނަވަރީ 2022 ވަނަ ދުވަހުގެ 23:59 އަށް

ނޯޓު

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މި މަޤާމަށް މުވައްޒަފަކު އައްޔަން ކުރުމުގައި ޝަރުޢީ ދާއިރާގެ ތަޖުރިބާގެ އިތުރުން ޤާނޫނީ އަދި ޝަރުޢީ މާއްދާތައް މަތީތަޢުލީމުގެ މަރުހަލާގައި އުނގަންނައިދެއްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ 16:00އިން މެންދުރު 22:00 އަށެވެ.
  • މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 01 ފެބްރުއަރީ 2022 އިން 28 ފެބްރުވަރީ 2022 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ،  3022160 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
20 ޖަނަވަރީ 2022