ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/1/2022/18
ޕަބްލިޝްކުރި ތާރީޚް: 20 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 17:00
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އިޢުލާން

ގްރޭޓަރ މާލެ ޞަރަޙައްދުން ޓެކްސީގެ ޚިދުމަތަށް އެދޭ ފަރާތްތަކުން ޓެކްސީ ހޯދުމަށް ސެންޓަރުތަކުގައި އެދުމުން އެފަރާތްތަކަށް ޚިދުމަތް ނުލިބޭކަމަށާއި އަދި މާލެ ތެރޭގައި ދަތުރުތައް ނުނަގާ ހުޅުލެއާއި ހުޅުމާލޭގެ ދަތުރުތައް ނަގަމުންދާ ކަމުގެ ޝަކުވާ ޢާއްމު ރައްޔިތުންގެ ފަރާތުން މި މިނިސްޓްރީއަށް ދަނީ ލިބެމުންނެވެ. ވީމާ، ޢާއްމުރައްޔިތުން ޓެކްސީގެ ޚިދުމަތަށް އެދުމުން ބޭނުންވާ ޚިދުމަތް ފޯރުކޮށް ނުދޭ ފަރާތްތަކުގެ މަޢުލޫމާތު މި މިނިސްޓްރީގެ ފޯނު ނަންބަރު 7943434 މެދުވެރިކޮށް ވައިބަރ މެސެޖްއިން މި މިނިސްޓްރީއާ ޙިއްސާކޮށްދެއްވުމަށް ދަންނަވަމެވެ.

އަދި ޢާއްމު ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ޓެކްސީ ސެންޓަރުތަކުގެ މައްޗަށް ޤާނޫނު ނަންބަރު 5/2009 އިން އަދި ގަވާޢިދު ނަންބަރު 2013/R-1475  އިން ލާޒިމުކުރާ ކަންކަން ފުރިހަމަ ނުކުރާ ފަރާތްތަކާމެދު ކުރިއަށް އޮތްތަނުގައި މި މިނިސްޓްރީގެ ފަރާތުން ޤާނޫނާއި ޤަވާއިދުގެތެރެއިން ފިޔަވަޅު އެޅޭނެ ވާހަކަ ޢާއްމުކޮށް އަންގާ އިޢުލާންކުރަމެވެ.

 

 17 ޖުމާދަލްއާޙިރާ 1443

20 ޖަނަވަރީ 2022