މަސައްކަތް
ނަންބަރު: FSM-ADV/2022/004
ޕަބްލިޝްކުރި ތާރީޚް: 20 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 15:12
ސުންގަޑި: 26 ޖަނަވަރީ 2022 12:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ގދ. ތިނަދޫގައި ޤާއިމު ކޮށްފައިވާ ފިއުލް ޝެޑްގެ ސެކިއުރިޓީ ބަލަހައްޓައިދީ އަދި އެ ޝެޑު ގޯތިތެރެ އާއި ފާހަނާ ހިމެނޭ ގޮތުން 2 އަހަރު ދުވަހުގެ މުއްދަތަށް ކުނިކަހާ، ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.   

  • ރެޖިސްޓްރޭޝަން:  26 ޖަނަވަރީ 2022 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected]  އަށް މެއިލް ކުރައްވާ ރެޖިސްޓަރ ކުރެއްވުން އެދެމެވެ.

މެއިލްގައި ތިރީގައި މިދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

  • ބިޑަށް ކުރިމަތިލައްވާ ފަރާތުގެ ނަން
  • ގުޅޭނެ ނަންބަރު އަދި އީމެއިލް
  • ބީލަން ހުށަހަޅުއްވާނެ ފަރާތް ތަމްސީލު ކުރާނެ ފަރާތް އަދި މަޤާމް
  • ބީލަމުގެ އިޢުލާނު ނަންބަރ ނުވަތަ ބީލަމުގެ ނަން

ބިޑަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ ބީލަންތައް ބާޠިލު ކުރެވޭނެއެވެ.

  • ބީލަން ހުށަހެޅުން: ބީލަން ހުށަހަޅުއްވާނީ 7 ފެބުރުވަރީ 2022 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް މެއިލްގެ ޒަރީޢާއިންނެވެ.

މިބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު، މިއިޢުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ.  

20 ޖަނަވަރީ 2022