ދިވެހިރާއްޖެ
މި ސްކޫލްގައި ބާވެ ބޭނުންނުކޮށްހުރި ތަކެތީގެ ނީލަން ކިޔުން 2022 ފެބުރުވަރީ 12 ވާ ހޮނިހިރުދުވަހު ހަވީރު 4:00 ގައި މި ސްކޫލްގައި އޮންނާނެއެވެ .
މިނީލަމުގައި ބައިވެރިވެ ވަޑައިގަތުމަށް ބޭނުންވާ ބޭފުޅުން 2022 ފެބުރުވަރީ 12 ވާ ހޮނިހިރުދުވަހު ހަވީރު 4:00 އަށް މި ސްކޫލަށް ވަޑައިގެންނެވުން އެދެމެވެ. މި ނީލަމުގައި ބައިވެރިވެ، ތަކެތި ނަންގަވާ ފަރާތްތަކުން ފައިސާ ދެއްކެވުމަށްފަހު ނީލަން ނިމޭތާ ގިނަވެގެން 2 ގަޑިއިރުތެރޭ ތަކެތި ގެންގޮސް، ބިން ސާފުކުރައްވަންވާނެއެވެ.
ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ވާނެއެވެ. އަދި ނީލަމުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކުންވެސް އެޗް.ޕީ.އޭ ގެ ގައިޑްލައިނާއި އެއްގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފުވައްމުލަކު ސްކޫލް/ ފުވައްމުލައް
ފޯން: 6860002
އީ-މެއިލް: [email protected]
ވީމާ، މި ނީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް އާންމުކޮށް ފުރުސަތު ހުޅުވައި އިޢުލާން ކުރަމެވެ.
17 ޖުމާދިލަ އާޚިރް 1443
20 ޖަނަވަރީ 2022