ކުއްޔަށް ދިނުން
ނަންބަރު: (IUL)312-F N/312/2022/3
ޕަބްލިޝްކުރި ތާރީޚް: 20 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 26 ޖަނަވަރީ 2022 11:00
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައިޑްރޯޕޯނިކްސް ދަނޑުވެރިކަން ކުރަން ބޭނުންވާފަރާތްތަކަށް މިރަށުން ބިންދޫކުރުން

ހައިޑްރޯޕޯނިކްސް ދަނޑުވެރިކަން ކުރަން ބޭނުންވާފަރާތްތަކަށް މިރަށުން ބިންދޫކުރުން 

                      

 މިކައުންސިލުގެ ނަމްބަރ (IUL)312-MS/312/2021/65 (28 ޑިސެމްބަރ 2021) އިއުލާން ބާތިލުކޮށް އަލުން އިއުލާން ކުރަމެވެ.

 މިރަށުން ހައިޑްރޯޕޯނިކްސް  ދަނޑުވެރިކަން ކުރުމަށް ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ. މިބުރުގައި ދަނޑުވެރިކަން ކުރުމަށް 5000 އަކަފޫޓްގެ 6 ބިން ދޫކުރުމަށް ވަނީ ނިންމަވާފައެވެ. މިއީ މިކަމަށް އެދި އިއުލާނު ކުރެވުނު ދެވަނަ ފަހަރެވެ.

 ވީމާ، ހައިޑްރޯޕޯނިކްސް ދަނޑުވެރިކަން ކުރުމަށް ކުލީބިން ބޭނުންވާ ފަރާތްތަކުން 2022 ޖެނުއަރީ 20 އިން 25  ޖެނުއަރީ 2022 ގެ ނިޔަލަށް ކޮންމެ ރަސްމީ ދުވަހަކު ހެނދުނު 09:00 ން މެންދުރުފަހު 13:00 އަށް މިއިދާރާއަށް ދުރުވެ، މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި މިކަމާގުޅިގެން ސާފުކުރަންޖެހޭ މަޢުލޫމާތެއް ވާނަމަ އެ ސުވާލެއް ފޮނުވަންވާނީ، މަޢުލޫމާތު ސާފުކުރުމަށް ދެވިފައިވާ  މުއްދަތުގެ ތެރޭގައި ތިރީގައި އެވާ އީމެއިލް އެޑްރެހަށެވެ.

[email protected]

މިކަމަށް އެދި މައުލޫމާތު ސާފުކޮށް  ޕްރޮޕޯސަލް ފޯމު ހުށަހެޅުމަށް ކުންފުނި، ޕާޓްނަރޝިޕް، ފަރުދީވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. ޕްރޮޕޯސަލް ފޯމު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަށް ވާނެއެވެ.

 

ވީމާ، މި ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ޕްރޮޕޯސަލް ހުށަހެޅުމާއި ޕްރޮޕޯސަލް އިވެލުއޭޓް ކުރުމާބެހޭ މަޢުލޫމާތު ކަރުދާސް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ. މި ކަމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްގައި ތިރީގައި އެވާ ކަންކަން ފުރިހަމަކުރެވިފައި ހުންނަން ވާނެއެވެ.

 

  1. ބިން ކުއްޔަށް ހިފަން ބެނުންވާ އަގު
  1. ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ މަޢުލޫމާތު.
  2. ބިން ތަރައްޤީ ކުރާނެ ގޮތުގެ ޕްލޭން.
  3. ދާއިރާއާއި ގުޅުންހުރި މަސައްކަތުގެ ތަޖުރިބާ.
  4. ބިން ޙަވާލުކުރާތާ 15 އަހަރު ދުވަހުގެ ތެރޭގައި އިޖުތިމާޢީ ގޮތުން ރަށަށް ކޮށްދިނުމަށް ހުށަހަޅާ ކަންތައްތަކުގެ ޕްލޭން.

 

ބިމުގެކުއްޔާ އަދި ދޫކުރާ މުއްދަތު

1  ބިން ދޫކުރެވޭނީ 20 އަހަރުގެ މުއްދަތަށްށެވެ.

2  އެންމެ ކުޑައަގަކަށް ހުށަހެޅޭނީ އަކަފޫޓަކަށް 80.ލ (އަށްޑިހަ ލާރި) ގެ މަގުންނެވެ. އަދި ކޮންމެ ފަސް އަހަރަކުން ކުލިދެއްކުމަށް ހުށައަޅާ ރޭޓަށް 10% އިތުރުކުރެވޭނެއެވެ.

3  ގުރޭސް ޕީރިއަޑްގެ  ގޮތުގައި 5 (ފަހެއް) މަސް

 

މި ކަމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިގަތުން އޮންނާނީ 26 ޖެނުއަރީ 2022 ވާ ބުދަ ދުވަހުގެ މެންދުރު ކުރި 11:00ގައި ޕްރޮޕޯސަލްތައް ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ޕްރޮޕޯސަލް ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ.އަދި ސިޓީ އުރާގެ ބޭރުގައި ހުށައަޅާ ފަރާތުގެ މައުލޫމާތު އަދި އިއުލާން ނަމްބަރ ލިޔެފައި އޮންނަންވާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

20 ޖަނަވަރީ 2022