ނީލަން
ނަންބަރު: (IUL) F12-HC /2022/012
ޕަބްލިޝްކުރި ތާރީޚް: 20 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 03 ފެބުރުވަރީ 2022 13:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
މިމަރުކަޒުގެ ބައެއް ތަކެތި ނީލަން ކިޔުން

ނީލަމާއިބެހޭ މައުލޫމާތު

     މިމަރުކަޒުގައި ހުރި ބައުވެ، ހަލާކުވެފައިވާ ތަކެތި ނީލަންކިޔަން ބޭނުންވެއެވެ. ނީލަންކިޔުން އޮންނާނީ 2022 ފެބްރުއަރީ 03 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި މިމަރުކަޒުގެ ގޯތިތެރޭގައެވެ. ވީމާ މިނީލަމުގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން 2022 ފެބްރުއަރީ 03 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިމަރުކަޒަށް ވަޑައިގެން ދެއްވުން އެދެމެވެ. އަދި ނީލަމުގައި ބައިވެރިވެ ވަޑައިގަންނަވާ ހުރިހާ ފަރާތްތަކުންވެސް އެޗް.ޕީ.އޭ ގެ ގައިޑްލައިންގައިވާ ގޮތަށް މާސްކު އަޅުއްވައިގެން ވަޑައިގެންނެވުމަށް އިލްތިމާސްކުރަމެވެ.

1 ތާމޯ ސްކޭން ( ހަލާކުވެފައި )

2 ފެންއިސްކުރު ( ހަލާކުވެފައި )

1 ކޮމްޕިއުޓަރ ޗެއަރ ( ހަލާކުވެފައި )

2 ޕްލާސްޓިކް ގޮނޑި ( ހަލާކުވެފައި )

1 ޓޭބަލް ރެކް ( ބައުވެ )

2 މާކަރީ ލައިޓް ( ހަލާކުވެފައި )

1 މަދަރ ބޯޑް ( ހަލާކުވެފައި )

4 ހޮޅި އެއަރކޯނުގެ

11 ބުރި ވަޔަރު ނަރު ( 2 ފޫޓުގެ ) 7029

1 ބުރި ވަޔަރު ނަރު ( 12 ފޫޓުގެ )

1 ފޫޓްގެ ވަޔަރު ނަރު ( 9 ފޫޓުގެ )  7029

1 ބުރި އޭ.ސީ ކޭބަލް ( 7 ފޫޓުގެ )

1 ހަން ( 200 ލީޓަރ )ގެ ( ބައުވެ )

1 އެމަޖެންސީ ލައިޓް ( ހަލާކުވެފައި )

2 ހަން ކަޅު ( 35 ލީޓަރ ) ގެ( ބައުވެ )

1 ދޮރުފަތް ( X26 ފޫޓްގެ )  ( ބައުވެ )

1 ބީ.ޕީ އެޕަރޭޓަރ  ( ހަލާކުވެފައި )

1 ހޭންޑް ލައިޓް ( ހަލާކުވެފައި )

1 ސްޓެޗަރ  ( ހަލާކުވެފައި )

4 ބުރި ހޮޅި ( ސްޓެޗަރގެ ) ( ބައުވެ )

6 ތަށި ( ޕްލާސްޓިކް ) (ބައުވެ )

28 އައިސް ޕެކް ( ބައުވެ )

1  ފިލްޓަރ ( ހަލާކުވެފައި )

1 ކްލިޕް ފައިލް ( A4 ސައިޒުގެ ) ( ހަލާކުވެފައި )

3 އިސްތިރި  ( ހަލާކުވެފައި )

3 ޖޯޑް ފެންފައިވާން  ( ބައުވެ )

3 ފެން ބެޓްރީ  ( ހަލާކުވެފައި )

10 ބިއްލޫރި ތަށި ( ބައުވެ )

1 ގަޑި ( ހަލާކުވެފައި )

 

 

ނީލަން ކިޔުމުގެ އުސޫލް

  • ނީލަން ކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ.
  • ނީލަމެއް ކުރިއަށް ގެންދާނީ މަދުވެގެން 03 ބައިވެރިންގެ ހާޒިރުގައެވެ. ނަމަވެސް ތިން ބައިވެރިން ހަމަ ނުވާނަމަ، ދެވަނަ ފަހަރަށް އިއުލާނުކޮށް، 2 ނުވަތަ 1 ބައިވެރިންގެ ހާޒިރުގައި، ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.
  • ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގެބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށައެޅުމުގެ ފުރުސަތު 03 ފަހަރު ދިނުމުންވެސް، އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށައެޅި ފަރާތުން އެ ނީލަން ކާމިޔާބުކުރީ ކަމުގައި ނިންމޭނެއެވެ.
  •     ނީލަން ކިޔަން ފެށޭނެ އެންމެ ދަށް އަގަކީ 10 (ދިހަ) ރުފިޔާއެވެ.  މި ނީލަމަށް ފަހަރަކު އެންމެ މަދުވެގެން އިތުރު ކުރެވޭނީ 5 (ފަސް ރުފިޔާ) އެވެ.
  • ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިއުލާންކޮށް، ނީލަން ކާމިޔާބު ކުރިފަރާތަށް " ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން" ހަވާލުކުރެވޭނެއެވެ.
  • ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގަށްވާ ފައިސާ، 2022 ފެބްރުއަރީ 08 ވާ އަންގާރަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން މިމަރުކަޒަށް ދައްކަންވާނެއެވެ. ނީލަން ކާމިޔާބު ކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށްފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެމުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ހަލާސްކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ހަލާސްނުކޮށްފިނަމަ އެ މުދަލެއް އަލުން ނީލަން ކިޔުމަށް އިއުލާން ކުރެވޭނެއެވެ.

                              ވީމާ، މިވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

20 ޖަނަވަރީ 2022