ކުއްޔަށް ދިނުން
ނަންބަރު: (IUL) 307/INDIV/2022/01
ޕަބްލިޝްކުރި ތާރީޚް: 20 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:23
ސުންގަޑި: 30 ޖަނަވަރީ 2022 14:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޑިދޯނިފަހަރު ބަނުމާއި ސްލިޕްވޭ ހަދާ ހިންގުމަށް ރ.ވަންދޫ އިން ބިން ކުއްޔަށް ދޫކުރުން

އިޢުލާން

 

އޮޑިދޯނިފަހަރު ބަނުމާއި ސްލިޕްވޭ ހަދާ ހިންގުމަށް ރ.ވަންދޫ އިން ބިން ކުއްޔަށް ދޫކުރުން

މާޅޮސްމަޑުލު އުތުރުބުރީ (ރ) އިންނަމާދޫގައި ސިނާޢީ މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ހަރުގެތަކާއި، ވަޑާމުގެ މަސައްކަތް ކުރާ ތަންތަން، ރަށުގެ މީހުން ދިރިއުޅޭ ގެތަކާ ކައިރިވުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ގިނަ ދަތިތަކެއް ތަހައްމަލްކުރަންޖެހިފައިވާތީ، މިތަންތަން ރ.ވަންދޫއަށް ބަދަލުކޮށްދެއްވުމަށް އިންނަމާދޫ ކައުންސިލްގެ އިދާރާއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެދިވަޑައިގެންފައިވާތީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ކަނޑައަޅާ އުޞޫލެއްގެ މަތީން އެކަން ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިނިސްޓްރީއަށްވަނީ އަންގަވާފައެވެ. އެހެންކަމުން އެމިނިސްޓްރީން ވަނީ ރ.އިންނަމާދޫގައި އޮޑި ދޯނި ބަނުމަށާއި ވަޑާމުގެ މަސައްކަތަށް ޚާއްޞަކޮށްގެން އެމިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ރ. އަތޮޅު ވަންދޫ އިން އެމަސައްކަތަށް ބިން ކުއްޔަށް ދޫކުރުމަށް ނިންމާފައެވެ. އެގޮތުން ވަންދޫއިން މިވަގުތަށް ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ބިންތަކާއި ބެހޭ މަޢުލޫމާތާއި އަދި އެބިންތައް ކުއްޔަށްދޫކުރުމަށް ކަނޑައަޅާފައިވާ އުޞޫލު އިންނަމާދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ އިންނަމާދޫގައި ހަރުގެ ހަދައިގެން ބޯޓު ބަނުމާއި ވަޑާމުގެ މަސައްކަތްކުރާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކަމަށް ޕްރޮޕޯސަލް ތައްޔާރުކޮށް ހުށަހަޅަންޖެހޭ ތާރީޚާއި ގަޑި އަދި ތަނުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) ޕްރޮޕޯސަލް އެވެ. އަދި ޕްރޮޕޯސަލްގައި އެއް ބިމަށްވުރެ ގިނަ ބިމަށް އެދި ހުށަހަޅާފައިވާނަމަ އެ ޕްރޮޕޯސަލެއް ބާޠިލްކުރެވޭނެއެވެ.

ތަން:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ،

ގްރީން ބިލްޑިންގ، މާފަންނު

ހަނދުވަރީ ހިނގުން،

މާލެ، ދިވެހިރާއްޖެ

ތާރީޚް:

10 ފެބްރުއަރީ 2022 (ބުރާސްފަތި)

ގަޑި:

14:00 މެންދުރުފަހު

 

 

ޕްރޮޕޯޒަލްގައި ކޮންމެހެން ހިމަނަންޖެހޭ ބައިތައް؛

  1. ކުންފުނި/ވިޔަފާރީގެ ވަނަވަރު
  2. ބިޒްނަސް ޕްލޭން، މި ޕްލޭންގައި އޮޑި ދޯނި ބަނދެ މަރާމާތު ކުރާ ތަން ހަދާ ހިންގާނެގޮތުގެ ޕްލޭންވެސް ހިމަނަންވާނެއެވެ.
  3. އިންވެސްޓްމަންޓް ޕްލޭން (ސްލިޕްވޭ ހަދާ ހިންގަން ބިން ކުއްޔަށް ހިފުމަށް ހުށަހަޅާފަރާތްތަކުގެ އިންވެސްޓަމަންޓް 30 މިލިއަން ރުފިޔާއަށްވުރެ ދަށްވެގެން ނުވާނެއެވެ.)  މި ޕްލޭންގައި ކުއްޔަށް ހިފަންބޭނުންވާ ބިމުގެ ބޮޑުމިން ހިމަނާފައި އޮންނަންވާނެއެވެ. ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ ސައިޒުތައް، ރ. ވަންދޫ އިން، ބޯޓް ބަންނަ ފަރާތްތަކަށް ބިން ދޫކުރުމުގެ އުޞޫލުގެ ޖަދުވަލު 4.1 ގައި ހިމަނާފައިވާނެއެވެ.  
  4. ތަޖްރިބާ (މަސައްކަތްކޮށްފައިވާ ގޮތާއިމެދު އެކި ފަރާތްތަކުން ދީފައިވާ ލިއުންތައް ހިމަނަންވާނެއެވެ.)
  5. ކުންފުނި/ވިޔަފާރީގެ މާލީ ޙާލަތު (އަހަރީ އޮޑިޓް ރިޕޯޓްތައް ހުށަހަޅަންވާނެއެވެ.)
  6. ކުންފުނި/ވިޔަފާރީގެ އިންސާނީ ވަޞީލަތް ހަމަޖެހިފައިވާގޮތުގެ ޕްލޭން
  7. ކުންފުނި/ވިޔަފާރީގެ ސީ.އެސް.އާރ ޕްރޮގްރާމް

ޕްރޮޕޯޒަލް ހުށަހަޅާނީ A4 ސައިޒްގެ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގެ ބޭރުގައި ތިރީގައިވާ ދެ ކަމުންކުރެ އެފަރާތަކުން ހުށަޅާކަމެއް ލިޔެފައި އޮންނަންވާނެއެވެ.

ހ. އޮޑި ދޯނި ފަހަރު ބަނުމާއި އެހެލާ މަރާމާތުކުރުމަށް ބިން ކުއްޔަށް ހިފުމަށް،

ށ. ސްލިޕްވޭ ހަދާ ހިންގުމަށް ބިން ކުއްޔަށް ހިފުމަށް،

މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މިބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 30 ޖަނަވަރީ 2022 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން މި ކައުންސިލް އިދާރާގައި  އެކަމަށް އެދި ނަން ނޯޓްކުރެއްވުން އެދެމެވެ. ބައްދަލުވުން ބާއްވާނެ ތާރީޚާއި، ތަނާއި އަދި ގަޑި، ނަންނޯޓް ކުރައްވާފަރާތްތަކަށް ފަހުން އެންގޭނެއެވެ. ރ.ވަންދޫ އިން މިކަމަށް ބިން ކުއްޔަށްދޫކުރުމުގައި ކުރަންޖެހޭ އެއްމެހާ މަސައްކަތެއް ކުރާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިންނެވެ.

 

ޕްރޮޕޯޒަލް އިވެލުއޭޓްކުރުމުގައި ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ އުޞޫލު

 

ސ.ނ

ޕޮއިނޓްދޭ ބައިތައް

ޕޮއިންޓް ދިނުމުގައި ބަލާނެ މިންގަނޑު

ޕޮއިންޓް

1

ތަޖްރިބާ

ނިންމާފައިވާ މަސައްކަތްތަކަށް ލިބިފައިވާ ލިއުންތައް ހުށަހަޅަންވާނެއެވެ. މިބަޔަށް ޕޮއިންޓް ދިނުމުގައި ބަލާނީ 45 ފޫޓް ނުވަތަ އެއަށްވުރެ ދިގު އުޅަނދުތަކަށެވެ.

30

1.1

1 އުޅަނދާއި 5 އުޅަނދާއި ދެމެދު އޮޑި ދޯނި ބަނދެފައިވުން

15

1.2

5 އުޅަނދާއި 10 އުޅަނދާއި ދެމެދު އޮޑި ދޯނި ބަނދެފައިވުން

20

1.3

10 އުޅަނދަށްވުރެ ގިނަ

30

2

މާލީ ޤާބިލްކަން

ކުންފުނި/ވިޔަފާރީގެ އަހަރީ އޮޑިޓް ރިޕޯޓްތައް ހުށަހަޅަންވާނެއެވެ. (ކޯވިޑް-19 ގެ ސަބަބުން 2020 ވަނައަހަރުގެ ބޮޑުބައެއްގައި ލޮކްޑައުން ކޮށްފައިވާތީ 2020 ވަނަ އަހަރުގެ ކުންފުނީގެ އާމްދަނީ ހުށަހަޅާކަށް ނުޖެހޭނެއެވެ.)

40

2.1 އޮޑި ދޯނި ބަންނަން ބިން ކުއްޔަށް ހިފުމަށް ހުށަހަޅާ ފަރާތްތައް

ހ.

 

ވޭތުވެދިޔަ 3 (ތިނެއް) އަހަރު، އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 3 (ތިނެއް) މިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިފައިވުން 

20

ށ.

ވޭތުވެދިޔަ 3 (ތިނެއް) އަހަރު، އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 4 (ހަތަރެއް) މިލިއަނާއި 6 (ހަޔެއް) މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވުން  

30

ނ.

ވޭތުވެދިޔަ 3 (ތިނެއް) އަހަރު، އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 6 (ހަޔެއް) މިލިއަން ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވުން

40

 

2.2 ސްލިޕްވޭ ހަދާ ހިންގަން ބިން ކުއްޔަށް ހިފުމަށް ހުށަހަޅާފަރާތްތައް

ހ.

ވޭތުވެދިޔަ 3 (ތިނެއް) އަހަރު، އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 5 (ފަހެއް) މިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިފައިވުން 

20

ށ.

ވޭތުވެދިޔަ 3 (ތިނެއް) އަހަރު، އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 5 (ފަހެއް) މިލިއަނާއި 10 (ދިހައެއް) މިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިފައިވުން 

30

ނ.

ވޭތުވެދިޔަ 3 (ތިނެއް) އަހަރު، އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 10 (ދިހައެއް) މިލިއަން ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވުން  

40

3

އިންސާނީ ވަޞީލަތް

 

އޮޑި ދޯނި ފަހަރު ބަނުމާއި މަރާމާތު ކުރުމުގައި ގެންގުޅޭ މުވައްޒަފުން، ކާކުކަން އަންގައިދޭ ލިއުން ހުށަހަޅަންވާނެއެވެ. 

ހ. ދިވެހީން: ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑްގެ ފޮޓޯކޮޕީ، އަސްލާ އެއްގޮތްކަމަށް އަންގައިދޭ ތައްގަނޑު ޖަހާފަ

ށ. ބިދޭސީން: ވާރކް ޕާރމިޓްގެ ފޮޓޯކޮޕީ، އަސްލާ އެއްގޮތްކަމަށް އަންގައިދޭ ތައްގަނޑު ޖަހާފަ

20

3.1

ކުންފުނި/ވިޔަފާރީގައި މަސައްކަތްކުރަނީ މުޅިންވެސް ދިވެހީން ނަމަ،

20

3.2

ކުންފުނި/ވިޔަފާރީގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރޭގައި ދިވެހިން ހިމެނޭ އިންސައްތަ 60 ނުވަތަ އެއަށްވުރެ މަތި ނަމަ

15

3.3

ކުންފުނި/ވިޔަފާރީގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރޭގައި ދިވެހިން ހިމެނޭ އިންސައްތަ 60 އަށްވުރެ ދަށްނަމަ

10

4

ސީ.އެސް.އާރ

ކުންފުނި/ވިޔަފާރީގެ ސީ.އެސް.އާރ ޕްރޮގްރާމްގެ ދަށުން ރ. ވަންދޫއަށް ކޮށްދިނުމަށް ހުށަހަޅާ ކަންތައްތައް

10

4.1

ރ.ވަންދޫގެ ވެލާ އަރާސަރަހައްދު ޙިމާޔަތްކޮށް ބެލެހެއްޓުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން

10

4.2

އެހެނިހެން (ކޮންކަމެއްކަން ބަޔާންކުރަންވާނެ)

5

 

 

 

 

 

20 ޖަނަވަރީ 2022