މަސައްކަތް
ނަންބަރު: (IUL)421/421/2022/03
ޕަބްލިޝްކުރި ތާރީޚް: 20 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:23
ސުންގަޑި: 06 ފެބުރުވަރީ 2022 13:00
ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ވާދޫ ކައުންސިލްގެ ލޯގޯ އާއި ދިދަ ފަރުމާކުރުން

އިޢުލާން

ނަންބަރ:

 (IUL)421/421/2022/3

ތާރީޚް

‏ 16 ޖުމާދިލްއާޚިރާ 1443

 20 ޖަނަވަރީ 2022

 

ގދ.ވާދޫ ކައުންސިލްގެ އިދާރާގެ ލޯގޯ އާއި ދިދަ ފަރުމާކުރުން

 

ގދ.ވާދޫ ކައުންސިލް އިދާރާގެ ލޯގޯ އާއި ދިދަ ފަރުމާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ.

އެގޮތުން ހުށަހެޅޭ ލޯގޯ ތަކާއި ދިދަ ތަކުގެ ތެރެއިން މިކައުންސިލުން އެންމެރަގަޅުކަމަށް ކަނޑައަޅާ ލޯގޯއަކާއި ދިދައެއް ހުށަހެޅި ފަރާތަކަށް -/7000 ( ހަތްހާސް ރުފިޔާ ) ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވައެވެ.

 ލޯގޯ އާއި ދިދަ ފަރުމާކުރުމާގުޅޭ މަޢުލޫމާތު ކަރުދާސް މިއިއުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެވެ.

ވީމާ،މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 ފެބުރުއަރީ 06 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ލޯގޯ އާއި ދިދައިގެ ޑިޒައިން މިކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ. އީމެއިލް އިންނަމަ [email protected] އަށް މެއިލް ކޮށްދިނުމަށް ދަންނަވަމެވެ.

 

 

         އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

 

 

 

 

 

 

                                                          ޙަސަން ޢަބްދުﷲ

                                                         ކައުންސިލްގެ ރައީސް

20 ޖަނަވަރީ 2022