ކުއްޔަށް ހިފުން
ނަންބަރު: GS38/2022/01
ޕަބްލިޝްކުރި ތާރީޚް: 20 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:18
ސުންގަޑި: 30 ޖަނަވަރީ 2022 14:00
ވ. އަތޮޅު ތަޢުލީމީ މަރުކަޒު، ވ. ފެލިދޫ
ދިވެހިރާއްޖެ
އިސްވެރިޔާ ހުންނެވުމަށް އިމާރާތެއް ކުއްޔަށްހިފުން

       2022ވަނަ އަހަރު މިސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް އެޕާޓްމަންޓެއް ކުއްޔަށް ހިފުމާއިބެހޭ

 
   

 

 

 

އިޢުލާން

 

2022 ވަނަ އަހަރު މި ސްކޫލްގެ އިސްވެރިޔާ ހުންނެވުމަށްޓަކައި މަދުވެގެން 02 ކޮޓަރީގެ އެޕާޓްމަންޓެއް (އެޓޭޗް ފާޚާނާއާއެކު) ސިޓިންގރޫމަކާއި، ބަދިގެ އަދި ކާގެއާއިއެކު ( ކައްކައި ކެއުމަށް ބޭނުންކުރާ ސާމާނާއެކު ) ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2022 ޖެނުއަރީ 27 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30އަށް ސްކޫލަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2022 ޖަނަވަރީ 31ވާ ހޯމަ ދުވަހުގެ 13:00ށް ބިޑް ހުށަހެޅުއްވުން އެދެމެވެ.

  

  • ނަން ނޯޓް ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.
  • ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ.
  • މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގަޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ.
  • މަޢުލޫމާތު ސާފުކުރެއްވުމަށާއި ، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން އަންގަވަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.
  • މިކަމާއިގުޅޭ ބިޑްފޮތް މި ސްކޫލުން ލިބޭނޭ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.

 އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ގޭގެ ފްލޯ ޗާޓާއި، އިންވެންޓްރީ ހުށަހަޅަންވާނެއެވެ.

  އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ވ.އަތޮޅު ތަޢުލީމީ މަރުކަޒު

ވ. ފެލިދޫ / ދިވެހިރާއްޖެ

ފޯން: 6700026

އީ-މެއިލް އެޑްރެސް: [email protected]

20 ޖަނަވަރީ 2022