ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)32-A/1/2014/54
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 13:12
އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) ގެ ދަށުން އެކުލަވާލާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު އިންތިޚާބުކުރަން ބާއްވާ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) އާއި ޤާނޫނު ނަންބަރު 2008 /10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 10 ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން، އެބައިމީހުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ޤާނޫނީ ވަކީލަކު އިންތިޚާބުކުރުމަށް 2014 އޮގަސްޓު 21 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބާ ގުޅޭ ގޮތުން މިއޮފީހުގެ ނަންބަރު (IUL)32-A/1/2014/50 (03 އޮގަސްޓު 2014) ގެ އިޢުލާނާއި ނަންބަރު (IUL)32-A/1/2014/51 (03 އޮގަސްޓު 2014) ގެ އިޢުލާނުން ހުޅުވާލި ފުރުޞަތުގެ ތެރޭގައި ލިބިފައިވާ ހުށަހެޅުންތަކާ ގުޅިގެން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ޤާނޫނީ ވަކީލަކު އިންތިޚާބުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން، އިންތިޚާބުގެ ވޯޓުނެގުން ބޭއްވުމަށް ހަމަޖެހިފައިވާ އަތޮޅުތަކާއި ރަށްތަކާއި އެ ތަންތަނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޢާންމު ކުރީމެވެ.

       ވީމާ މިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

17 ޝައްވާލް 1435

13 އޮގަސްޓް 2014