ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:21
ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލް އިދާރާގެ ސާރވިސް ޗާޓަރު

އޮފީސް: ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ

ތާރީޚް: 29 ނޮވެމްބަރު 2021

 


 

 

 

ފިހުރިސްތު

 

ފިހުރިސްތު. 1

ތަޢާރަފް؛. 3

ވިޝަން؛. 3

މިޝަން؛. 3

ޚިދުމަތް ދިނުމުގައި ހިފަހައްޓާނެ މައިގަނޑު އަސާސްތައް. 3

ނައިވާދޫ ކައުންސިލުގެ އިދާރާއިން ދޭ ޚިދުމަތްތަކުގެ ޗާޓަރ.. 4

އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން.. 4

އެންޓްރީ ކުރުމާއި، ޢާންމުފަރާތްތަކުން ހުށަހަޅާ ސިޓީތަކަށް ޖަވާބުދާރީވުން. 4

އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުން.. 4

އައި.ޑީ.ކާޑު ހެދުން.. 5

65 އަހަރު ފުރުމުން ޕެންޝަނަށް ފޯމު ފޮނުވުން.. 5

އެކަނިވެރިމައިންގެ ފޯމު ފޮނުވުން.. 5

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފޯމުލުން.. 6

ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން.. 6

މަރުވާ މީހުން  ރަށްވެހިންގެ ރަޖިސްޓްރީ އިން އުނިކުރުން.. 6

އުފަންދުވަހުގެ ރަޖިސްޓްރީ ހެދުން އަދި އުފަންދުވަހުގެ ސެޓްފިކެޓް ހެދުން ( އަލަށް އުފަންވާ ކުދިންގެ ). 7

ރަށްވެހިންގެ ރަޖިސްޓްރީގައި މީހުން ރަޖިސްޓްރީކުރުން.. 7

ރަށްވެހިކަން ބަދަލު ކުރުން.. 7

ރައްވެހިކަން ބަދަލުވާން ބޭނުންވާ މީހުން ރަޖިސްޓްރީން އުނިކުރުން.. 8

ނަން ބަދަލުކުރުން ( 10 އަހަރުން މަތި ). 8

ނަން ބަދަލުކުރުން ( 10 އަހަރުން ދަށް ). 8

ހުކުރު،އީދު އަދި ކޭތަ ނަމާދު ކުރުމަށް އިމާމުން ހަމަޖެއްސުން.. 8

ވަޒީފާއަށް އެދި ހުށަހެޅުން.. 8

އެސްޓިމޭޓާއި،ބީލަން ހުށަހެޅުން. 9

ފައިސާ ބަލައިގަތުން.. 10

ފަރުދުންގެ ވިޔަފާރި ފިހާރަ ހިންގާ ފަރާތްތައް "ރަށުގެ ވިޔަފާރި ހިންގާ ފަރާތްތަކުގެ ދަފްތަރު" ގައި ރަޖިސްޓްރީ ކުރުން.. 11

ކުނި ކޮށްޓަށް ކުނި އުކާލުމުގެ ޚިދުމަތް. 11

ގަރާޖް ހުއްދަ ދޫކުރުން.. 11

ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ހެއްދުން.. 11

މާވަޑިޔާގެ ސެޓްފިކެޓް ޗެކްކޮށް ތައްގަނޑު ޖަހައިދިނުން.. 12

ކަނޑު އުޅަނދު ރަޖިސްޓްރީކުރުމަށް ސާރވޭ ކުރުން.. 12

ގޯތީގެ އިންފާރު ޗެކްކުރުމާއި ކަންމުޑި އެޅުމާއި ކަންވަށްކުރުން.. 12

ގޯތީގެ އިންވަކިކުރުން.. 12

ގޯތި އަދި އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން.. 13

ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން ނޫން ގޮތަކަށް ހައްދާނަމަ). 14

އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން އަލުން ހެއްދުމަށް ހުށަހެޅުން). 15

މަގު ކޮނުމުގެ ހުއްދަ ދޫކުރުން.. 17

އިމާރާތްކުރުމުގެ ހުއްދަ ދޫކުރުން.. 17

ދަނޑުވެރިކަމަށް ބިންދޫކުރުން.. 17

ވެލި އަކިރި ގާނެގުމުގެ ހުއްދަ ދޫކުރުން.. 18

އިމާރާތް ކުއްޔަށް ދޫކުރުން.. 18

އަޑުގަދަ ކުރާއިން ގޮވައިދިނުމުގެ ޚިދުމަތް. 18

މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން މަޢުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފޯމުތަކަށް ޢަމަލްކުރުން.. 18

ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، ފާޑުކިޔުން ހުށަހެޅުން.. 19

ގުޅުއްވުމަށް: 19

 

 

 

 

 

 

 

 

 

 

c

 

 

ތިލަދުންމަތީ ދެކުނުބުރީ ނައިވާދު ކައުންސިލް އިދާރާގެ ސަރވިސް ޗާޓަރ

ހދ.ނައިވާދޫ، ދިވެހިރާއްޖެ

 

 

ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލް އިދާރާގެ ސަރވިސް ޗާޓަރ

ތަޢާރަފް؛

މިއީ، ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލް އިދާރާއިން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރާނޭ ގޮތްތަކާއި، ޚިދުމަތުގެ ފެންވަރާއި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރުމަށްޓަކައި އެކުލަވާލާފައިވާ ސަރވިސް ޗާޓަރެވެ.

ވިޝަން؛

ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާއަކީ، މުޅިރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި ކަންކަން އެކަށަހަޅައި، ރަށުގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި، ސަރުކާރާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކުގެ ސިޔާސަތުތަކަށް ފެތޭގޮތަށް، ހުނަރުވެރިކަމާއެކު، އެންމެންގުޅިގެން މަސައްކަތްކުރާ، އިޚްލާޞްތެރިކަމާއެކު ޚިދުމަތްދޭ، ޤާބިލު ޒިންމާދާރު މުވައްޒަފުން ތިބި، ނަތީޖާ ޙާޞިލުކުރާ، ނަމޫނާ ދައްކައިދޭ ރަށުކައުންސިލްގެ އިދާރާއަކަށްވުން.

މިޝަން؛

ލާމަރުކަޒުކޮށް ރަށް ހިންގުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މައްޗަށް ބިނާކޮށް، ރަށުގެ ރައްޔިތުންގެ ކަންކަން ތަރުތީބުކޮށް ސަރުކާރާއި ދަޢުލަތުގެ މުއައްސަސާތަކުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަނޑައަޅައި ޚިދުމަތްތައް ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ އެންމެ އިސްފަރާތަކީ، ރަށުކައުންސިލްކަމަށްވުމާއެކު، ކައުންސިލްގެ މަސްޢޫލިއްޔަތުތަކާއި، ނިންމުންތައް ތަންފީޒުކުރުމަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން ދިނުމާއި، ކައުންސިލްގެ ސިޔާސަތުތައް އެކަށައެޅުމަށް ބޭނުންވާ ތަފާސްހިސާބުތަކާއި މަޢުލޫމާތު އެއްކޮށް، ކައުންސިލަށް ފޯރުކޮށްދީ، ވިލަރެސްކޮށް ބެލެހެއްޓުމާއި ވަޒަންކުރުމުގައި ކައުންސިލަށް އެއްބާރުލުންދީ އެހީތެރިކަން ދިނުން.

ޚިދުމަތް ދިނުމުގައި ހިފަހައްޓާނެ މައިގަނޑު އަސާސްތައް

  • ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ހިނިތުންވުމާއެކު މަރުޙަބާކިޔައި، އިޙްތިރާމާއެކު މުޢާމަލާތްކުރުން.
  • ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުގެ ބޭނުންތައް އަޑުއަހައި، ފެންވަރު ރަނގަޅު އަވަސް ޚިދުމަތެއް ފޯރުކޮށްދިނުން.
  • ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މުވައްޒަފުންގުޅިގެން މަސައްކަތްކުރުން
  • ނަޒާޙަތްތެރިކަމާއެކު ހަމަހަމަކަމާއެކު ހާމަކަން ބޮޑުގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުން.
  • ޚިދުމަތް ހޯދުމަށް އައި ތަރުތީބަށް އިސްކަންދީގެން ޚިދުމަތް ދިނުން.
  • ޚިދުމަތް ހޯދުމަށް އަންނަ އިސްރައްވެހިންނާއި، ދަޢުލަތާއި ރަށަށް ގިނަދުވަހު ޚިދުމަތްކުރައްވާފައިވާ ފަރާތްތަކާއި ޚާއްޞަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޙާއްޞަ ސަމާލުކަމެއްދީ އިޙްތިރާމް އަދާކުރުން.
  • ފޯނުންކުރާ މުޢާމަލާތްތަކުގައި އުފާވެރި އަޑަކުން މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު ރިވެތިބަހުން ވާހަކަ ދެއްކުން.

ނައިވާދޫ ކައުންސިލުގެ އިދާރާއިން ދޭ ޚިދުމަތްތަކުގެ ޗާޓަރ

#

ޚިދުމަތްތައް

ޚިދުމަތުގެ ފެންވަރާއި މުއްދަތު

އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން

1

އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން

  • ރަސްމީ ދުވަސްދުވަހު ހެނދުނު 8:00 ން 14:00 އަށް  ޚިދުމަތް ހޯދަން ކައުންސިލަށްގުޅުއްވާ ފަރާތްތަކަށް ޚިދުމަތް ލިބިވަޑައިގަންނަވާނެ.
  • ކައުންސިލްގެ ރަސްމީފޯނަށް އަންނަ ފޯނުކޯލުތަކަށް ލަސްވެގެން 3 ރިންގުން ޖަވާބު ދެވޭނެ.
  • ޚިދުމަތް ހޯދަން ގުޅިފަރާތުން  ބޭނުންވާ ޚިދުމަތެއް އޮޅުން ފިލުވައި، ބޭނުންވާ ޚިދުމަތާ ބެހޭ މުވައްޒަފަށް ކޯލް ޕާސްކުރުން، ނުވަތަ އެކަމަކާ ގުޅިގެން ދޭންޖެހޭ ޖަވާބެއް ދެވޭނެ.

އެންޓްރީކުރުމާއި، ޢާންމުފަރާތްތަކުން ހުށަހަޅާ ސިޓީތަކަށް ޖަވާބުދާރީވުން.

2

އެންޓްރީ ކުރުމާއި، ޢާންމުފަރާތްތަކުން ހުށަހަޅާ ސިޓީތަކަށް ޖަވާބުދާރީވުން.

  • އޮފީހަށް ލިބޭ ލިޔެކިޔުންތައް ރަސްމީ 2 ދުވަހުގެ ތެރޭގައި އެންޓްރީކޮށް ކަމާގުޅޭ ސެކްޝަނަށް ފޯރުކޮށްދެވޭނެ.
  • އުސޫލީ މައްސަލަތަކާއި، ދައުލަތުގެ މުއައްސަސާއަކުން މަޢުލޫމާތު ހޯދަން ނުޖެހޭ މައްސަލަތަކަށް، ގިނަވެގެން ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެ.
  • ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ޖަވާބު ނުދެވޭނަމަ، ޖަވާބުދިނުން ލަސްވާ ސަބަބު އޮޅުންފިލުވައިދެވޭނެ، ނުވަތަ ވަގުތީ ޖަވާބެއް ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެ.
  • ދައުލަތުގެ އެހެން މުއައްސަސާއަކުން މަޢުލޫމާތު ހޯދައިގެން ޖަވާބު ދެވޭނެ މައްސަލަތަކަށް، ރަސްމީ މަސައްކަތު 3 ދުވަހާއި، 15 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ޖަވާބު ދެވޭނެ.

 

އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުން

3

އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުން

  • އޮފީހުގެ ވެރިއަކާ ބައްދަލުކުރުމަށް އެދި މީހަކު އައިސްފިނަމަ އެއީ ކޮންބޭނުމަކުތޯ ބަލާ، ބައްދަލު ކުރައްވާ ވެރިޔަކު ނިންމަވާ ގޮތެއްގެ މަތިން އަނގަބަހުން ވަގުތުން ޖަވާބު ދެވޭނެ.

އައި.ޑީ.ކާޑު ހެދުން

4

އައި.ޑީ.ކާޑު ހެދުން

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމަށް އެދޭފޯމު ރަސްމީ ގަޑީގައި ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ. އަދި ޑީ.އެން.އާރުގެ ވެބްސައިޓުން (www.dnr.gov.mv) ފޯމު ލިބެން ހުންނާނެ.  
  • އައިޑީ ކާޑު ހެއްދުމުގެ ޙިދުމަތް ދޭނީ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ހެނދުނު 10:00 ން 13:00ށް އާދެމެދު.
  • ފޯމު ފުރިހަމަކޮށް ކާޑުހެދުމަށް ބޭނުންވާ ލިޔެކިއުމާ އެކު އިދާރާގެ ކައުންޓަރަށް ހުށަހެޅުމުން މަޢުލޫމާތު ޗެކްކޮށް އިދާރާއިން ތައްގަނޑު ޖަހައިދެވޭނެ.
  • ފުރިހަމަކޮށް މަޢުލޫމާތު ޗެކުކުރެވިފައިވާ ފޯމު ކަލެކްޓިންގ ޕޮއިންޓަށް ހުށަހެޅުމުން ހަމަ އެދުވަހު އައި.ޑީ.ކާޑު ހެދުމަށްޓަކައި ޑީ.އެން.އާރަށް ފޮނުވޭނެ.
  • އަތޮޅުކައުންސިލުން، ނިމިފައިހުރި އައި.ޑީ ކާޑުތަކުގެ މަޢުލޫމާތު އަންގާ ދުވަހުން ފެށިގެން ރަސްމީ 4 ދުވަސްތެރޭގައި ކާޑުގެނެސް، ގިނަވެގެން 2 ދުވަހުގެ ތެރޭގައި ވެރިފަރާތާ ޙަވާލުކުރެވޭނެއެވެ.

65 އަހަރު ފުރުމުން ޕެންޝަނަށް ފޯމު ފޮނުވުން

5

65 އަހަރު ފުރުމުން ޕެންޝަނަށް ފޯމު ފޮނުވުން

 

  • ޕެންޝަނަށް އެދޭ ފޯމް، ކޮންމެ ރަސްމީ ދުވަހެއްގެ 8:00 ން 14:00 ށް ކައުންސިލް އިދާރާއިން ބަލައިގަނެވޭނެއެވެ. އީމެއިލްގެ ޒަރީއާއިންވެސް ފޯމު ހުށަހެޅިދާނެއެވެ.([email protected])

 

  • ކައުންސިލް އިދާރާއަށް ފޯމު ލިބޭ ދުވަހު ބޭނުންވާ ލިޔެކިއުންތައް ހަމަކުރުމަށްފަހު ޕެންޝަން އޮފީހަށް ފޮނުވޭނެއެވެ.

 

  • ޕެންޝަން އޮފީހަށް ކައުންސިލް އިދާރާއިން ފޮނުވާ ފޯމުތަކަށް ލިބޭ ޖަވާބުތަކާއި މަޢުލޫމާތު، ރަސްމީ 3 ދުވަހުގެތެރޭގައި އެފަރާތްތަކާ ޙިއްޞާކުރެވޭނެއެވެ.

 

  • މިކަމަށް އެދޭ ފޯމު ކައުންސިލް އިދާރާގެ ކައުންޓަރުންނާއި ، ޕެންސަން އޮފީހުގެ ވެބްސައިޓުން https://www.pension.gov.mv/dv/files/member-forms  ލިބެން ހުންނާނެ.

އެކަނިވެރިމައިންގެ ފޯމު ފޮނުވުން

6

އެކަނިވެރިމައިންގެ ފޯމު ފޮނުވުން

  • ފަޤީރު ޙާލަތުގައި ދިރިއުޅޭ، އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީއަށް އެދި ހުށަހަޅާ ފޯމު، ކޮންމެ ރަސްމީ ދުވަހެއްގެ 8:00 ން 14:00 ށް ކައުންސިލް އިދާރާގެ ކައުންޓަރުންނާއި [email protected]) ) އީމެއިލްގެ ޒަރީޢާއިން ބަލައިގަނެވޭނެއެވެ.

 

  • އެކަނިވެރިމައިން/ބަފައިންގެ ފޯމު ކައުންސިލް އިދާރާއަށް ލިބޭތާ ރަސްމީ 3 ދުވަހުގެތެރޭގައި، ބޭނުންވާ ލިޔެކިއުމާއި މަޢުލޫމާތު ހޯދުމަށްފަހު، ދަފުތަރު ކުރުމާއި އެހީ ހަމަޖައްސައިދިނުމަށް އެންސްޕާ އަށް ފޮނުވޭނެއެވެ.
  • އެންސްޕާއަށް ކައުންސިލް އިދާރާއިން ފޮނުވާ ފޯމުތަކާގުޅިގެން ލިބޭ ޖަވާބުތަކާއި މަޢުލޫމާތު ރަސްމީ 3 ދުވަހުގެ ތެރޭގައި އެފަރާތްތަކާ ޙިއްޞާކުރެވޭނެއެވެ.
  • މިކަމަށް އެދޭ ފޯމު ކައުންސިލް އިދާރާގެ ކައުންޓަރުންނާއި https://www.nspa.gov.mv/v2/index.php/application-forms-2 އިން ފޯމުލިބެން ހުންނާނެ.

 

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފޯމުލުން

7

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފޯމުލުން

  • ނުކުޅެދުންތެރިކަން ހުންނަ މީހުން ދަފުތަރުގައި ހިމެނުމާއި މާލީ އެހީތެރިކަމަށް އެދޭފޯމް، ކޮންމެ ރަސްމީދުވަހެއްގެ 8:00 ން 14:00 ށް ކައުންސިލް އިދާރާގެ ކައުންޓަރުން ނުވަތަ ކައުންސިލުގެ [email protected])) ޢީމެއިލްގެ ޒަރީޢާއިން ބަލައިގަނެވޭނެއެވެ.

 

  • ކައުންސިލް އިދާރާއަށް ފޯމު ލިބޭތާ ރަސްމީ 3 ދުވަހުގެ ތެރޭގައި، ބޭނުންވާ ލިޔެކިއުމާއި މަޢުލޫމާތު ހޯދައި، ދަފްތަރުކުރުމާއި، މާލީ އެހީ ހަމަޖެއްސުމަށް އެންސްޕާ އަށް ފޮނުވޭނެއެވެ.

 

  • އެންސްޕާއަށް ކައުންސިލް އިދާރާއިން ފޮނުވާ ފޯމުތަކާގުޅިގެން ލިބޭ ޖަވާބުތަކާއި މަޢުލޫމާތު ރަސްމީ 1 ދުވަހުގެ ތެރޭގައި އެފަރާތްތަކާ ޙިއްޞާކުރެވޭނެއެވެ.
  • މިކަމަށް އެދޭ ފޯމު ކައުންސިލް އިދާރާގެ ކައުންޓަރުންނާއި https://www.nspa.gov.mv/v2/index.php/application-forms-2 އިން ފޯމުލިބެން ހުންނާނެ.

 

ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން

8

ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން

  • މަރުފޯމު ކައުންސިލް އިދާރާއަށް ހުށަހެޅުމުން، ކަށުކަމާކެމީގެ ކަންކަމަށް  އިންތިޒާމް ކުރުމަށް ކަނޑައަޅާފައިވާ ފޯކަލްޕޮއިންޓަށް މަރުފޯމު ލިބުމުން 1 ގަޑި އިރުތެރޭގައި ޖަނާޒާގެ ކަންކަން އެއާއިލާއަކުން ބޭނުންވާގޮތަކަށް ހަމަޖައްސައިދިނުމަށް މަގުފަހިކޮށްދެވޭނެ އެވެ.

 

މަރުވާ މީހުން  ރަށްވެހިންގެ ރަޖިސްޓްރީ އިން އުނިކުރުން

9

މަރުވާ މީހުން  ރަށްވެހިންގެ ރަޖިސްޓްރީ އިން އުނިކުރުން

  • މަރުފޯމުގެ ކޮޕީއެއް އިދާރާއަށް ހުށަހެޅުމުން ނުވަތަ އީމެއިލް [email protected]  އަށް މެއިލްކުރުމުން ރަސްމީ ބަންދުނޫން 3 ދުވަސް ތެރޭގައި ކައުންސިލްގެ ރަޖިސްޓްރީން އުނިކުރުމަށް ފަހު، ނިޔާވެފައިވާކަމުގެ ލިޔުން (މަރުފޯމް) ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އަށް ފޮނުވުން.
  • މަރުވިމީހާ ރަށްވެހިވެފައިވާ "ރަށްވެހީންގެ ރަޖިސްޓްރީ" ގެ އަސްލު 3 ދުވަސްތެރޭގައި ކައުންސިލާ ހަވާލުކުރުން. މަރުވިމީހާގެ ނަން ރަޖިސްޓްރީ އިން އުނިކުރުމަށް ފަހު ހަމަ އެދުވަހު އަނބުރާ ގޭގެ ވެރިފަރާތާ ރަޖިސްޓްރީ ހަވާލުކުރެވޭނެއެވެ.

 

އުފަންދުވަހުގެ ރަޖިސްޓްރީ ހެދުން އަދި އުފަންދުވަހުގެ ސެޓްފިކެޓް ހެދުން

10

އުފަންދުވަހުގެ ރަޖިސްޓްރީ ހެދުން އަދި އުފަންދުވަހުގެ ސެޓްފިކެޓް ހެދުން ( އަލަށް އުފަންވާ ކުދިންގެ )

  • އުފަންދުވަހުގެ ރަޖިސްޓަރީ / އުފަންދުވަހުގެ ސެޓްފިކެޓް އަދި ރަށްވެއްސަކަށް އެދޭ ފޯމު ފުރިހަމަކޮށް ބޭނުންވާ ލިޔުންތަކާއެކު ހުށަހެޅުން.
  • ހޮސްޕިޓަލް ނުވަތަ ސިއްޙީމަރުކަޒުން ފޫޅުމާފޯމު އެންޓަރ ކޮށްފައިވާނަމަ، ރަސްމީ ބަންދުނޫން 3 ދުވަސް ތެރޭ ސެޓްފިކެޓް ހައްދައިދެވޭނެ.  

ރަށްވެހިންގެ ރަޖިސްޓްރީގައި މީހުން ރަޖިސްޓްރީކުރުން

11

ރަށްވެހިންގެ ރަޖިސްޓްރީގައި މީހުން ރަޖިސްޓްރީކުރުން

  • ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީ ކުރަން އެދޭ ފޯމާއި  އައިޑީކާޑު ކޮޕީއާއި އެކު ޢާއިލާގެ އިސްމީހެއްގެ ސިޓީއަކުން ހުށަހެޅުމުން ރަސްމީ 7 ދުވަހުގެ ތެރޭގައި ރަޖިސްޓަރީ ކޮށްދެވޭނެ.
  •  ކުރިން ރަށްވެހިންގެ ރަޖިސްޓަރީ ހަދާފައިވާ ގެޔެއްގައި ރަޖިސްޓަރީ ކުރަން އެދޭނަމަ ރަޖިސްޓަރީ ކުރަން އެދޭ ގޭގެ ރަށްވެހިންގެ ރަޖިސްޓަރީ ހުށަހަޅަންވާނެ.
  •  އެއްގެއިން އަނެއްގެއަށް ރަޖިސްޓަރީ ބަދަލުވާން އެދޭ ފަރާތްތަކުން އެކަމަށް އެދި އުނިކުރާގޭގެ ރަށްވެހިންގެ ރަޖިސްޓަރީއާއި ރަޖިސްޓަރީވާން އެދޭ ގޭގެ ރަށްވެހިންގެ ރަޖިސްޓަރީއާއެކު ހުށަހެޅުމުން ރަސްމީ 7 ދުވަހުގެ ތެރޭގައި ރަޖިސްޓަރީ ކޮށްދެވޭނެ.

 

ރަށްވެހިކަން ބަދަލު ކުރުން

12

ރަށްވެހިކަން ބަދަލު ކުރުން

  • ރައްވެހިކަން ބަދަލުވުމަށް އެދޭ ފޯމް ހުށަހެޅުން.
  • ރަށްވެހިކަން ބަދަލުވުމަށް އެދޭ ފޯމުގައިވާ މަޢުލޫމާތު ފުރިހަމަކޮށް ފޯމާއެކު ހުށަހަޅަން ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު ހުށަހެޅުމުން އެމީހެއްގެ ރަޖިސްޓަރީ އޮތް ރަށެއްގެ ކައުންސިލަށް ލިޔެ އެކައުންސިލަކުން ޖަވާބު ލިބޭ ތާރީޚުން ފެށިގެން ބަންދުނޫން 7  ދުވަސް ތެރޭ ރަށްވެހިކަން ބަދަލުކޮށްދެވޭނެ.

 

ރައްވެހިކަން ބަދަލުވާން ބޭނުންވާ މީހުން ރަޖިސްޓްރީން އުނިކުރުން

13

ރައްވެހިކަން ބަދަލުވާން ބޭނުންވާ މީހުން ރަޖިސްޓްރީން އުނިކުރުން

  • އެމީހަކު ބަދަލުވާން އެދޭ ރަށެއްގެ ކައުންސިލުން މިކައުންސިލަށް މެސެޖަކުން ނުވަތަ ސިޓީއަކުން އެންގެވުމުން ބަންދުނޫން 3 ދުވަސްތެރޭގައި ރަޖިސްޓްރީން އުނިކޮށްދެވޭނެ.

ނަން ބަދަލުކުރުން ( 10 އަހަރުން މަތި )

14

ނަން ބަދަލުކުރުން ( 10 އަހަރުން މަތި )

  • ނަން ބަދަލުކުރުމަށް އެދޭ ފޯމާއި ފޯމުގައިވާ ލިޔެކިއުންތަކާއި، ޤާނޫނީ ފޯމު ފުރައިގެން ފޯމާއެކު ހުށަހަޅަން ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު ހުށަހެޅުމުން DNR އަށް ފޮނުވުމަށްފަހު ޖަވާބު ލިބޭ ތާރީޚުން ފެށިގެން ބަންދުނޫން 3 ދުވަސް ތެރޭ ނަންބަދަލުކުރުމުގެ ކަންކަން ހަމަޖައްސައިދެވޭނެ.

ނަން ބަދަލުކުރުން ( 10 އަހަރުން ދަށް )

15

ނަން ބަދަލުކުރުން ( 10 އަހަރުން ދަށް )

  • ނަން ބަދަލުކުރުމަށް އެދޭ ފޯމާއި ފޯމުގައިވާ ލިޔެކިއުންތަކާއެކު ހުށަހެޅުމުން DNR އަށް ފޮނުވުމަށްފަހު ޖަވާބު ލިބޭ ތާރީޚުން ފެށިގެން ރަސްމީ 3 ދުވަސް ތެރޭ ޚިދުމަތް ފޯރުކޮށްދެވޭނެ.

ހުކުރު،އީދު އަދި ކޭތަ ނަމާދު ކުރުމަށް އިމާމުން ހަމަޖެއްސުން

16

ހުކުރު،އީދު އަދި ކޭތަ ނަމާދު ކުރުމަށް އިމާމުން ހަމަޖެއްސުން

  • ހުކުރު، އީދު އަދި ކޭތަ ނަމާދަށް އިމާމުން ހަމަޖެއްސުމަށް އެކަމުގެ ހުއްދަ ލިބިފައިވާ ފަރާތަކަށް، ރަސްމީ އެއްދުވަސް ކުރިން އިމާމުން، މުދިމުން އަދި ބަދަލުގައި ކުރާނެ ފަރާތެއް ހަމަޖައްސާ އެކަން އަންގާ ސޮއިކޮށް ޚުޠުބާ ހަވާލުކުރެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހެޅުން

17

ވަޒީފާއަށް އެދި ހުށަހެޅުން

  • ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުމަށް އިޢުލާނުގައި ދީފައިވާ މުއްދަތުގެ ތެރޭގައި، ވަޒީފާއަށް އެދޭ ފަރާތްތަކުން ހުށަހަޅާ ފޯމާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ބަލައިގަތުމުގެ އިންތިޒާމު މި އިދާރާގައި ހަމަޖެހިފައިވާނެއެވެ.
  • ވަޒީފާއަށް އެދޭ ފަރާތުން ހުށަހަޅަނީ ރަނގަޅު ފޯމު ކަން މި އިދާރާއިން ކަށަވަރުކުރެވޭނެއެވެ.
  • ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތައް ބަލައިގަތް ތާރީޚާއި ގަޑި އަދި ބަލައިގަތް މުވައްޒަފުގެ މަޢުލޫމާތު ފުރިހަމަކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާނަމަ،  ސްކްރީނިންގ މަރުޙަލާގައި އެ ކަން ފާހަގަކޮށް ވަޒީފާއަށް އެދިފައިވާ ފަރާތަށް ލިޔުމުން އެކަން އަންގައި،  ރަނގަޅު ފޯމް ހުށަހެޅުމަށް 48 ގަޑިއިރު ދެވޭނެއެވެ. މި މުއްދަތުގައި ރަގަޅު ފޯމު ހުށަހަޅާފައިނުވާނަމަ އެ ހުށަހެޅުމެއް ބަލާނީ ޝަރުޠު ފުރިހަމަނުވާ ހުށަހެޅުމެއްގެ ގޮތުގައެވެ. އަދި މީގެ އިތުރުން  ވަޒީފާއަށް އެދޭ ފޯމާއެކު އެއްކަރުދާސްކުރުމަށް ހުށަހެޅޭ ލިޔުންތަކުގެ ތެރެއިން ތަޢުލީމާއި ތަޖުރިބާގެ އެއްވެސް ލިޔުމެއް ސުންގަޑި ހަމަވުމުގެ ފަހުން ބަލައި ނުގަނެވޭނެއެވެ.
  • ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014  ގެ  78 ވަނަ މާއްދާގެ (ހ) ގެ    1،2،3،6،9 އަދި 11 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ  ވަޒީފާއަށް އައްޔަންކުރުމުގެ ޝަރުޠުތަކާއި، ވަޒީފާއަށް އެދި ހުށަހެޅުމަށް އިޢުލާންކޮށްފައިވާ މަޤާމުގެ އަސާސީ ޝަރުޠުތައް ފުރިހަމަ ވޭތޯ ބަލައި ޝަރުޠުތަކަށް ނުފެތޭ ހުށަހެޅުންތައް ސްކްރީންކޮށް ވަކިކުރެވޭނެއެވެ.  އަދި މި ގޮތަށް ވަކިކުރެވޭ ހުށަހެޅުންތައް ބަލާނީ ޝަރުޠު ފުރިހަމަނުވާ ހުށަހެޅުންތަކެއް ކަމުގައެވެ. 
  • އިންޓަވިއު މަރުޙަލާ ފެށުމުގެ  ކުރިން ލިޔުމުން އެކަން،  ސްކްރީންކުރުމުގެ މަރުޙަލާގައި މަޤާމުގެ ޝަރުޠު ހަމަނުވާކަމަށް ކަނޑައަޅާ ފަރާތްތަކަށް  އެ ފަރާތުގެ ހުށަހެޅުން ހޮވިފައިނުވާ ސަބަބު އެންގޭނެއެވެ. މި ގޮތުން އެ ފަރާތްތަކަށް އެންގުމުގައި ސްކްރީންކުރުމުގެ ހަމަތަކަށް ރިޢާޔަތްކޮށް ތަފްޞީލުކޮށް ބަޔާން ކުރެވޭނެއެވެ.
  • ވަޒީފާއަށް އެދި 10 ފަރާތަށްވުރެ ގިނައިން ހުށަހަޅާފައިވާނަމަ، ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް އެކަން އެންގޭނެއެވެ.
  • ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އިންޓަރވިއު އަދި އެސެސްމެންޓާއި ޕްރެޒެންޓޭޝަން އޮންނާނެ މުއްދަތު އެންގޭނެއެވެ. އަދި އިންޓަރވިއުއަށްފަހު މާކްސް ލިބުނުގޮތުގެ ތަފްޞީލް ޢާއްމުކުރެވޭއެވެ.
  • މާކްޝީޓް ޢާއްމުކުރެވިފާ މުއްދަތުގައި އެއްވެސް ކެންޑިޑޭޓެއްގެ ފަރާތުން ޝަކުވާއެއް ލިބިފައިނުވާނަމަ، އެންމެ މަތިން މާކްސް ލިބުނު ފަރާތަށް ވަޒީފާ ހަމަޖެއްސުމަށްޓަކައި ސީ. އެސް ވިއުގަރ މެދުވެރިކޮށް ސިވިލް ސާރވިސް އަށް ފޮނުވޭނެއެވެ.
  •  

އެސްޓިމޭޓާއި،ބީލަން ހުށަހެޅުން.

18

އެސްޓިމޭޓާއި،ބީލަން ހުށަހެޅުން.

  •      އާންމުކޮށް ގެޒެޓުގައި އިޢުލާނުކުރާ ބީލަންތަކާއި ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތާ ގުޅިގެން ބީލަން ހުށަހެޅުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް މަދުވެގެން ރަސްމީ ބަންދު ނޫން 7 ދުވަސް ދެވޭނެ.
  • ބީލަމުގެ ލިޔުންތަކަށް އަގެއް ނަގާނަމަ އެކަން ބީލަމަށް ހުޅުވާލާ ކުރާ އިޢުލާނުގައި ބަޔާންކުރެވޭނެ
  • ބީލަންތަކާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6520039 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެ ނުވަތަ [email protected]  އަށް ލިޔުމުން ހުށަހަޅުއްވައިގެންވެސް މަޢުލޫމާތު ސާފުކުރެވޭނެ.
  •   ބީލަން ލިބޭތާ 5 ދުވަހުގެ ތެރޭގައި ބީލަންތަކުގެ ޝަރުޠު ހަމަވޭތޯ ބެލޭނެ.
  • ޝަރުޠު ހަމަވާ ބީލަންތަކުގެ އިވެލުއޭޝަން ރަސްމީ 10 ދުވަހުގެ ތެރޭގައި ހެދުން
  • ބީލަމަކާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންޖެހޭނަމަ، އެކަމަށް
    3 ނުވަތަ 5 ދުވަހުގެ މުއްދަތެއް ދެވޭނެ.
  •         ބީލަމުގެ އިވެލުއޭޝަން ނިމޭތާ 3 ދުވަހުގެ ތެރޭގައި ބީލަމާ މެދު ގޮތެއް ނިންމުމަށް ބިޑު ކޮމިޓީއަށް ހުށަހެޅޭނެ.
  • ބީލަމާ ގުޅޭ ގޮތުން ބިޑު ކޮމިޓީން ގޮތެއް ނިންމުމުން، އެ ނިންމި ގޮތް  ރަސްމީ 2  ދުވަހުގެ ތެރޭގައި ބީލަންވެރިންނަށް އެންގޭނެއެވެ. އަދި ޝަކުވާއެއް އޮތްނަމަ، އެކަމެއް ހުށަހަޅަން  ރަސްމީ 5 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
  •         ބީލަމަކާ ގުޅިގެން ޝަކުވާއެއް ހުށަހަޅައިފިނަމަ، ރަސްމީ 3 ދުވަހުގެ ތެރޭގައި އެޝަކުވާއަކަށް ޖަވާބުދެވޭނެއެވެ.
  • ބީލަމާ ގުޅިގެން ލިބޭ ޝަކުވާތަކަށް ޖަވާބުދިނުމަށްފަހު 5 ދުވަހުގެ ތެރޭގައި ބީލަން ކާމިޔާބު ކުރާ ފަރާތަށް ބީލަން ކާމިޔާބު ކުރިކަމުގެ ލިޔުން ފޮނުވައި އެއްބަސްވުން ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނެ.
  • ބީލަން ކާމިޔާބު ކުރިފަރާތާއި އެކު އެގްރިމެންޓް ހެދުން އަދި އެޕްރޫވް ކުރުން
  • ބީލަން ހަވާލުކުރުމަށްފަހު  މަސައްކަތް ފެށިގެންދާނެއެވެ.
  • އެއްބަސްވުމުގައި ސޮއިކޮށް މަސައްކަތް ހަވާލުކުރުމަށްފަހު މަސައްކަތް ފެށިގެންދާނެ.
  • ކައުންސިލުގެ އިދާރާ މެދުވެރިކޮށް އެހެން އިދާރާތަކުން ހިންގާ މަޝްރޫތަކާ ގުޅޭ މުޢާމަލާތްތަކުގައިވެސް އެއިދާރާ ޝާމިލުވާ ކަންކަމުގައި އިތުރު ލަސްވުމެއް ކުރިމަތި ނުވާނަމަ ކަނޑައެޅިފައިވާ މުއްދަތުގައި ކަންކަން ކުރިޔަށް ގެންދެވޭނެ.

 

ފައިސާ ބަލައިގަތުން

19

ފައިސާ ބަލައިގަތުން

  • ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން 13:30 އަށް ފައިސާ ބަލައިގަތުމުގެ އެންމެހާ ކަންކަން ކުރިޔަށް ދާނެ.
  • އޮންލައިންކޮށް ފައިސާ ޖަމާކުރާނެ އެކައުންޓްތަކުގެ ތަފްޞީލް

 7706700449001 ( 1298 ރެވެނިއު 1 )  މި އެކައުންޓަށް ޖަމާކުރާނީ ކައުންސިލަށް ދައްކަންޖެހޭ ފީތަކާއި ކުލިތަކާއި ނީލަން ފައިސާއާއި ހިލޭއެހީގެ ގޮތުގައި ލިބޭ ފައިސާއާއި އައިޑީކާޑް، ޓްރާންސްޕޯޓް ފީ، މުދަލު ޒަކާތް، ފިތުރު ޒަކާތް، ރުއްގަހުގެ ބަދަލު އަދި ކެޔޮ ވިއްކައިގެން ލިބޭ ފައިސާއެވެ.

  • އޮންލައިންކޮށް ފައިސާ ޖަމާކުރާ ފަރާތްތަކުން ފައިސާ ޖަމާކުރުމަށްފަހު 7912870 އަށް ސްލިޕްކޮޅު ވައިބަރ ކުރުން
  • އޮންލައިންކޮށް ފައިސާ ޖަމާކުރާ ފަރާތްތަކަށް ރަސްމީ 01 ދުވަސް ތެރޭގައި ފައިސާ ދެއްކިކަމުގެ ލިޔުން ރަސީދު ފޮނުވޭނެ.

 

ފަރުދުންގެ ވިޔަފާރި ފިހާރަ ހިންގާ ފަރާތްތައް "ރަށުގެ ވިޔަފާރި ހިންގާ ފަރާތްތަކުގެ ދަފްތަރު" ގައި ރަޖިސްޓްރީ ކުރުން

20

ފަރުދުންގެ ވިޔަފާރި ފިހާރަ ހިންގާ ފަރާތްތައް "ރަށުގެ ވިޔަފާރި ހިންގާ ފަރާތްތަކުގެ ދަފްތަރު" ގައި ރަޖިސްޓްރީ ކުރުން

  • ފަރުދުންގެ ވިޔަފާރި ފިހާރަ ހިންގުމަށް ބޭނުންވާ ފަރާތްތަކުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އެކަމަށް ކަނޑައަޅާފައިވާ ފޯމުތަކުން އެމިނިސްޓްރީ އަށް ހުށަހެޅުން
  • މި ކަމަށް ބޭނުންވާ ފަރާތަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދޫކުރާ ވިޔަފާރި ރަޖިސްޓްރީ ކައުންސިލް އިދާރާއަށް ހުށަހަޅާތާ ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ކައުންސިލްގައި އޮންނަ "ރަށުގެ ވިޔަފާރި ހިންގާ ފަރާތްތަކުގެ ދަފްތަރު" ގައި އެފަރާތް ހިމެނުމަށްފަހު ރަޖިސްޓްރީ ކުރެވިއްޖެކަން އަދި ކަމާއި ގުޅޭ ވިޔަފާރި ކުރުމުގެ ހުއްދަ ލިއުމުން ލިބިވަޑައިގަންނަވާނެއެވެ.

 

ކުނި އުކާލުމުގެ ޚިދުމަތް

21

ކުނި ކޮށްޓަށް ކުނި އުކާލުމުގެ ޚިދުމަތް

  • ކުނިކޮށްޓަށް ކުނި އުކާލުމުގެ ޚިދުމަތަށް ކުނިކޮށި ހުޅުވިފައި ހުންނާނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ، ހޯމަ، އަންގާރަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން 12:00 އަށާއި ކޮންމެ އަންގާރަ ދުވަހެއްގެ ހަވީރު 16:00 އިން 17:00 އަށް  

ގަރާޖް ހުއްދަ ދޫކުރުން

22

ގަރާޖް ހުއްދަ ދޫކުރުން

  • ޚިދްމަތަށް އެދެންވާނީ 4 ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކުރުމަށް ދޫކުރާ ލިއުމަށް އެދި ހުށަހަޅާ ފޯމުންނެވެ. މި ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  • ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިއެކިއުމެއް ހުށަހަޅާފައިވާކަން ކަށަވަރުކުރެވޭނެއެވެ.
  • ގަރާޖް ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ފޯމްތައް ޗެކްކުރުމަށްފަހު ޝަރުތު ހަމަވާނަމަ، ހުށަހަޅާ ތާރީޚުން ފެށިގެން ރަސްމީ 3 ދުވަސް ތެރޭގައި ހުއްދަ ދޫކުރެވޭނެއެވެ. އަދި ޝަރުތު ހަމަނުވާނަމަވެސް އެފަރާތަށް ރަސްމީ 3 ދުވަސް ތެރޭގައި އެކަން އެންގޭނެއެވެ.
  • ގަރާޖަށް ދޫކުރެވިފައިވާ ހުއްދައެއް ބާޠިލްކުރަން ބޭނުން ވެއްޖެނަމަ، ލިއުމުން ކައުންސިލަށް އެންގުމުން އެ ހުއްދައެއް ބާތިލްކޮށްދެވޭނެ.

ކަނޑުއުޅަނދުފަހަރުގެސަލާމަތީހެއްދުން

23

ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ހެއްދުން

  •  ކަނޑު އުޅަނދުގެ ސާރވޭއަށް އެދޭ ފޯމް (MS-1) ހުށަހެޅުން އަދި ފީ ދެއްކުން (ސެޓްފިކެޓަކަށް -/250ރ) މުއްދަތު ހަމަވެފައިވާނަމަ، ކޮންމެ ސެޓްފިކެޓަކަށް ޖުރުމައިނާގެ ގޮތުގައި -/1000ރ
  • ފޯމް ހުށަހެޅުމުން ހުށަހެޅި ފަރާތަށް ގުޅައިގެން އުޅަނދު ސާރވޭ ކުރަންދާނެ ދުވަހަކާއި ގަޑި ހަމަޖައްސާ ސާރވޭ ކުރިއަށް ގެންދެވޭނެ.
  • ފޯމު ޗެކްކުރުމާއި ބަލައިގަތުން އަދި އެންޓްރީކުރުން
  • ފޯމު އަދި ފޯމާ އެކުގައިވަ ލިޔުންތައް ޗެކްކުރުން
  • ސަރވޭކޮށް ނިމޭތާ ރަސްމީ 3 ދުވަސްތެރޭގައި ސަލާމަތީ ސެޓްފިކެޓް ހަވާލު ކުރެވޭނެ
  • ކަނޑުއުޅަނދު ފަހަރު ސާރވޭއަށް އެދޭ  ފޯމު  މިއިދާރާގެ ކައުންޓަރުންނާއި، އަދި   www.transport.gov.mv ޓްރާންސްޕޯޓް  މިނިސްޓްރީގެ   ވެބްސައިޓު  ލިބެންހުންނާނެ.

މާވަޑިޔާގެ ސެޓްފިކެޓް ޗެކްކޮށް ތައްގަނޑު ޖަހައިދިނުން

24

މާވަޑިޔާގެ ސެޓްފިކެޓް ޗެކްކޮށް ތައްގަނޑު ޖަހައިދިނުން

  • މާވަޑިޔާގެ ސެޓްފިކެޓް ފުރިހަަމަކޮށް ހުށަހެޅުުމުން ހުށަހެޅި ފަރާތަށް ގުޅައިގެން އުޅަނދު މިނަން ދާނެ ދުވަހަކާއި ގަޑި ހަަމަޖައްސާ އެންގޭނެ.
  • ފޯމު ހުށަހަޅާތާ ރަސްމީ 5 ދުވަހުގެ ތެރޭގައި އުޅަނދު މިނައި ކައުންސިލްގެ ތައްގަނޑު ޖަހާ ވެރިފަރާތާ ސެޓްފިކެޓް ހަވާލުކުރެވޭނެ.

 

 

ކަނޑުއުޅަނދުރަޖިސްޓްރީކުރުމަށް ސާރވޭ ކުރުން

25

ކަނޑު އުޅަނދު ރަޖިސްޓްރީކުރުމަށް ސާރވޭ ކުރުން

  • ކަނޑުދަތުރު ފަތުރުކުރާ އުޅަނދުފަހަރުގެ ރަޖިސްޓަރީއާއިބެހޭ ކަންކަަމަށް އެދޭ  ފޯމު  (MR -1) ހުށަހެޅުުމުން ފޯމު ހުށަހެޅި ފަރާތަށް ގުޅައިގެން އުޅަނދު ސާރވޭ ކުރަންދާނެ ދުވަހަކާއި ގަޑި ހަަމަޖައްސާ ސާރވޭކުރުން.
  • އުޅަނދު ސާރވޭކޮށް ނިމޭތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ކަނޑު އުޅަނދު ރަޖިސްޓްރީ ކުރުމަށް ސާރވޭކޮށް ދޫކުރާ ލިޔުން (MR-2) ދޫކުރެވޭނެ.
  • ކަނޑުއުޅަނދު ފަހަރު ރަޖިސްޓްރީއަށް އެދޭ ފޯމު މިއިދާރާގެ ކައުންޓަރުންނާއި، އަދި  www.transport.gov.mv ޓްރާންސްޕޯޓް  މިނިސްޓްރީގެ   ވެބްސައިޓު  ލިބެންހުންނާނެ.

 

ގޯތީގެ އިންފާރު ޗެކްކުރުމާއި، ކަންމުޑި އެޅުމާއި ކަންވަށްކުރުން

26

ގޯތީގެ އިންފާރު ޗެކްކުރުމާއި ކަންމުޑި އެޅުމާއި ކަންވަށްކުރުން

  •  ކަންމުޑި އެޅުމަށް އެދިފައިވާ ގޯތި އޮތީ ރަނގަޅަށް ސާފުކޮށްފައިތޯ ކައުންސިލްގެ އިދާރާއިން ރަސްމީ 3 ދުވަހުގެ ތެރޭގައި ޗެކްކުރުން.
  • ގޯތި ރަނގަޅަށް ސާފުކޮށްފައިވާނަމަ، ގޯތި އޮތްތަނަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ގޯތީގެ ވެރިފަރާތަށް ރަސްމީ 3 ދުވަހުގެ ތެރޭގައި އެންގުން.
  • ގޯތީގެ ވެރިފަރާތަށް އަންގާފައިވާ ގަޑިޔަށް ކައުންސިލްގެ އިދާރާގެ ފަރާތުން ޙާޟިރުވެ ޚިދުމަތް ފޯރުކޮށްދިނުން.

ގޯތީގެ އިންވަކިކުރުން

27

ގޯތީގެ އިންވަކިކުރުން

  • ގޯތި އޮތް ތަނަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ގޯތީގެ ވެރި ފަރާތަށް ރަސްމީ 3 ދުވަހުގެ ތެރޭގައި އެންގުން.
  • ޝަރީޢަތުން ޙުކުމް ކުރައްވައިގެން ލިބިފައިވާ ގޯއްޗެއްނަމަ، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގެ ކޮޕީ ހުށަހެޅުން
  • ގޯތީގެ ވެރިފަރާތަށް އަންގާފައިވާ ގަޑިޔަށް ކައުންސިލްގެ އިދާރާގެ ފަރާތުން ޙާޟިރުވެ ޚިދުމަތް ފޯރުކޮށްދިނުން.

ގޯތީގެ ރަޖިސްޓަރީ ހެއްދުން

28

ގޯތި އަދި އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން

  • ގޯތީގެ ރަޖިސްޓަރީ ހެއްދުމަށް އެދޭ ފޯމާއި ފޯމާއެކު ހުށަހެޅުމަށް ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހެޅުމުން ތިރީގައިވާ ގޮތުގެ މަތީން ރަޖިސްޓަރީ ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނެ.
  • މިކަމަށް އެދޭ ފޯމު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެ.
  • ޚިދުމަތަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ރަޖިސްޓަރީ ހެއްދުމަށް ހުށަހަޅާފައިވާ ގޯއްޗަށް ކުރިން ރަޖިސްޓަރީ އެއް ހައްދާފައިވާނަމަ، ކުރީގެ ރަޖިސްޓަރީގެ އަޞްލު.
  • (ގޯތީގެ ރަޖިސްޓަރީ ގެއްލިގެން އަލުން ހެއްދުމަށް ހުށަހަޅާފައިވާނަމަ، ރަޖިސްޓަރީގެ އަޞްލު ހުށަހަޅާކަށް ނުޖެހޭނެއެވެ.)
  • ޚިދުމަތް ކުރިޔަށް ގެންދިޔުން (ޚިދުމަތުގެ މަރުޙަލާތައް)

-          ފޯމް ރަނގަޅަށް ފުރިހަމަކޮށްފައިވޭތޯ ޗެކްކުރުން

-          ފޯމް އެންޓްރީ ކުރުން

-          ރަޖިސްޓަރީ ހެއްދުމަށް އެދިފައިވާ ގޯތީ އޮތީ ރަނގަޅަށް ސާފުކޮށް ކަންމުޑި އަޅާފައިތޯ ކައުންސިލްގެ އިދާރާއިން ލަސްވެގެން ރަސްމީ 5 ދުވަހުގެ ތެރޭގައި ޗެކްކުރުން.

-          ގޯތި ރަނގަޅަށް ސާފުކޮށް ކަންމުޑި އަޅާފައިވާނަމަ، ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ގޯތީގެ ވެރި ފަރާތަށް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތަށް ފޯމް ހުށަހަޅާތާ ލަސްވެގެން ރަސްމީ 5 ދުވަހުގެ ތެރޭގައި އެންގުން.

-          ފޯމް ހުށަހަޅާތާ ލަސްވެގެން ރަސްމީ 5 ދުވަހުގެ ތެރޭގައި ގޯތި އޮތްތަނަށް ކައުންސިލްގެ އިދާރާގެ ފަރާތުން ޙާޟިރުވެ ގޯތީގެ މިންތައް (ގޯތީގެ ވެރިފަރާތް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ ޙާޟިރުގައި) ޗެކްކޮށް ނޯޓް ކުރުން.

  • ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމް ފުރިހަމަވެ، ގޯތި ސާފުކޮށް ކަންމުޑި އަޅާފައިވާނަމަ، ފޯމް ހުށަހަޅާތާ، ރަސްމީ 5 ދުވަހުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދޭން ވާނެއެވެ.
  • ގޯތި ޗެކްކުރާއިރު ގޯތި ސާފުކޮށްފައިނުވާނަމަ، ނުވަތަ ކަންމުޑި އަޅާފައި ނުވާނަމަ ގޯތި ސާފުކުރުމަށް ނުވަތަ ކަންމުޑި އެޅުމަށް 10 ދުވަހުގެ މުއްދަތެއް ދިނުން

-          ގޯތި ސާފުކުރުމަށް ނުވަތަ ކަންމުޑި އެޅުމަށް އެންގި ތާރީޚަށް އެކަންކޮށް ކައުންސިލްގެ އިދާރާއަށް އެންގުމުން ޚިދުމަތުގެ މަރުޙަލާތައް (މަތީގައިވާ ގޮތުގެމަތިން) ކުރިޔަށް ގެންދިޔުން. މިގޮތަށް ޚިދުމަތް ކުރިޔަށް ގެންދާނަމަ، ފޯމް ހުށަހެޅި ދުވަހުގެ ބަދަލުގައި ޚިދުމަތުގެ މުއްދަތު ގުނާނީ ގޯތި ސާފުކުރުމަށް ނުވަތަ ކަންމުޑި އެޅުމަށްފަހު ކައުންސިލްގެ އިދާރާއަށް އެންގި ތާރީޚުން ފެށިގެންނެވެ.

  • މުއްދަތުގައި ގޯތި ސާފުކޮށްފައިނުވާނަމަ، ނުވަތަ ކަންމުޑި އަޅާފައިނުވާނަމަ ގޯތި ސާފު ނުކުރުމުގެ ސަބަބުން ނުވަތަ ކަންމުޑި އަޅާފައި ނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށް ދެވެންނެތްކަމަށް ލިޔުމުން ޖަވާބު ދިނުން.

ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން ނޫން ގޮތަކަށް ހައްދާނަމަ)

29

ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން ނޫން ގޮތަކަށް ހައްދާނަމަ)

  • ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުމަށް އެދޭ ފޯމް ހުށަހެޅުން
  • މިކަމަށް އެދޭ ފޯމު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ.
  • ޚިދުމަތަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ޚިދުމަތަށް އެދޭ ފަރާތަށް ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުނުވެވޭނަމަ، ބަދަލުގައި ރަޖިސްޓަރީއާއި ޙަވާލުވުމަށް ފޯމްގައި ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ޝަރީޢަތުން ޙުކުމް ކުރައްވައިގެން ލިބިފައިވާ ގޯއްޗެއްނަމަ، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގެ ކޮޕީ ހުށަހެޅުން.
  • ރަޖިސްޓަރީ ހެއްދުމަށް އެދިފައިވާ ގޯއްޗަށް ކުރިން ގޯތީގެ ރަޖިސްޓަރީއެއް ނުވަތަ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީއެއް ހައްދާފައިވާނަމަ، އެ ރަޖިސްޓަރީއެއްގެ އަޞްލު ހުށަހެޅުން.
  • ޚިދުމަތް ކުރިޔަށް ގެންދިޔުން (ޚިދުމަތުގެ މަރުޙަލާތައް)

-          ފޯމު ފުރިހަމަކޮށް ހުށަހެޅުމުން ރަޖިސްޓަރީ ހެއްދުމަށް އެދިފައިވާ ގޯތީ އޮތީ އިންވަކިކޮށްފައިތޯ ކައުންސިލްގެ އިދާރާއިން ލަސްވެގެން ރަސްމީ 05 ދުވަހުގެ ތެރޭގައި ޗެކްކޮށް، އިންވަކިކޮށްފައިވާނަމަ، ގޯތީގެ ވެރިފަރާތް ނުވަރަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ ހާޟިރުގައި ގޯތީގެ މިންތައް ޗެކްކޮށް ނޯޓްކުރުން

-          ގޯތީގެ މިންތައް ނޯޓް ކުރުމަށްފަހު ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ   އިދާރާއަށް ޙާޟިރުވާން ޖެހޭ ތާރީޚާއި ގަޑި ގޯތީގެ ވެރި ފަރާތަށް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތަށް ފޯމު ހުށަހަޅާތާ ލަސްވެގެން ރަސްމީ 5 ދުވަހުގެ ތެރޭގައި އެންގޭނެ

-          ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމު ފުރިހަމަވެ، ގޯތީގެ އިންވަކިކޮށްފައިވާނަމަ، ފޯމު ހުށަހަޅާތާ، ރަސްމީ 05 ދުވަހުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދެވޭނެ.

  • ގޯތި ޗެކްކުރާއިރު ގޯތީގެ އިންވަކިކޮށްފައި ނުވާނަމަ ގޯތީގެ އިންވަކި ކުރުމަށް 10 ދުވަހުގެ މުއްދަތެއް ލިޔުމުން ދިނުން (ސްލިޕް ދޫކުރުން)

-          ގޯތީގެ އިންވަކި ކުރުމަށް ދީފައިވާ ސްލިޕްގައިވާ ތާރީޚަށް އެކަންކޮށް ކައުންސިލްގެ އިދާރާއަށް އެންގުމުން ޚިދުމަތުގެ މަރުޙަލާތައް (މަތީގައިވާ ގޮތުގެމަތިން) ކުރިޔަށް ގެންދިޔުން. މިގޮތަށް ޚިދުމަތް ކުރިޔަށް ގެންދާނަމަ، ފޯމް ހުށަހެޅި ދުވަހުގެ ބަދަލުގައި ޚިދުމަތުގެ މުއްދަތުގެ ގުނާނީ ގޯތީގެ އިންވަކި ކުރުމަށްފަހު ކައުންސިލްގެ އިދާރާއަށް އެންގި ތާރީޚުން ފެށިގެންނެވެ.

  • ސްލިޕްގެ މުއްދަތުގައި ގޯތީގެ އިންވަކިކޮށްފައި ނުވާނަމަ، އިންވަކިކޮށްފައި ނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށް ދެވެންނެތްކަމަށް ލިޔުމުން ޖަވާބު ދިނުން.

އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން އަލުން ހެއްދުމަށް ހުށަހެޅުން)

30

އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން އަލުން ހެއްދުމަށް ހުށަހެޅުން)

  • އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުމަށް އެދޭ ފޯމް ހުށަހެޅުން
  • ޚިދުމަތަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ޚިދުމަތަށް އެދޭ ފަރާތަށް ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުނުވެވޭނަމަ، ބަދަލުގައި ރަޖިސްޓަރީއާއި ޙަވާލުވުމަށް ފޯމްގައި ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ކްލެރިފިކޭޝަން ފޯމް ހުށަހެޅުން (ރަޖިސްޓަރީއާއިބެހޭ މަޢުލޫމާތު ސާފުކުރާ ފޯމް)
  • ޚިދުމަތް ކުރިޔަށް ގެންދިޔުން (ޚިދުމަތުގެ މަރުޙަލާތައް)

-          ކްލެރިފިކޭޝަން ފޯމް ފުރުމަށްޓަކައި ގޯތީގެ ވެރިފަރާތާއި ނުވަތަ އެޕްލިކޭޝަން ފޯމް ހުށަހެޅި ފަރާތާއި ވަގުތުން ޙަވާލުކުރުން.

-          ރަޖިސްޓަރީއާއިބެހޭ މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވޭތޯ ބެލުމަށް ރަސްމީ 05 ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ރަސްމީ 07 ދުވަހުގެ މުއްދަތަށް ޢާއްމު އިޢުލާނެއް ކުރުން.

-          ކްލެރިފިކޭޝަން ފޯމް ފުރިހަމަކޮށް ހުށަހެޅުމުން، ފޯމްގައި ރަޖިސްޓަރީ ރަޙުނުކޮށްފައިވާކަމަށް އެއްވެސް ފަރާތަކުން ބަޔާންކޮށްފައި ނުވާނަމަ، އަދި 07 ދުވަހުގެ މުއްދަތަށް ކޮށްފައިވާ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެ ރަޖިސްޓަރީއާއިބެހޭ މަޢުލޫމާތެއް ލިބިފައިވާކަމަށް އަންގާފައިނުވާނަމަ، ޚިދުމަތުގެ މަރުޙަލާތައް ކުރިޔަށް ގެންދިޔުން.

-          އިޢުލާނުގެ މުއްދަތު ހަމަވެ، އަދި ކުލެރިފިކޭޝަން ފޯމް ހުށަހަޅާތާ ރަސްމީ 5 ދުވަހުގެ ތެރޭގައި ރަޖިސްޓަރީ ހެއްދުމަށް އެދިފައިވާ ގޯތީ އޮތީ އިންވަކިކޮށްފައިތޯ ކައުންސިލްގެ އިދާރާއިން ޗެކްކޮށް، އިންވަކިކޮށްފައިވާނަމަ، ގޯތީގެ ވެރިފަރާތް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ ޙާޟިރުގައި ގޯތީގެ މިންތައް ޗެކްކޮށް ނޯޓް ކުރުން.

-          ގޯތީގެ މިންތައް ނޯޓް ކުރުމަށްފަހު ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ގޯތީގެ ވެރި ފަރާތަށް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތަށް ޢާއްމު އިޢުލާންގެ މުއްދަތު ހަމަވެފައިވާނަމަ، ކުލެރިފިކޭޝަން ފޯމް ހުށަހަޅާތާ، ލަސްވެގެން ރަސްމީ 5 ދުވަހުގެ ތެރޭގައި ސްލިޕަކުން އެންގުން. ޢާއްމު އިޢުލާންގެ މުއްދަތު ހަމަވުމުގެ ކުރިން ކުލެރިފިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހަޅައިފިނަމަ، ރަޖިސްޓަރީއާއި ޙަވާލުވުމަށްވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި އަންގާނީ ޢާއްމު އިޢުލާންގެ މުއްދަތު ހަމަވާތާ، ރަސްމީ 05 ދުވަހުގެ ތެރޭގައެވެ.

  • ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމް ފުރިހަމަވެ، އިޢުލާނުގެ މުއްދަތު ހަމަވެ، ކްލެރިފިކޭޝަން ފޯމް ހުށަހަޅާ އަދި ގޯތީގެ އިންވަކިކޮށްފައިވާނަމަ، ރަސްމީ 05 ދުވަހުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.
  • ގޯތި ޗެކްކުރާއިރު ގޯތީގެ އިންވަކިކޮށްފައި ނުވާނަމަ ގޯތީގެ އިންވަކި ކުރުމަށް 10 ދުވަހުގެ މުއްދަތެއް ލިޔުމުން ދިނުން (ސްލިޕް ދޫކުރުން)

-          ގޯތީގެ އިންވަކި ކުރުމަށް ދީފައިވާ ސްލިޕްގައިވާ ތާރީޚަށް އެކަންކޮށް ކައުންސިލްގެ އިދާރާއަށް އެންގުމުން ޚިދުމަތުގެ މަރުޙަލާތައް (މަތީގައިވާ ގޮތުގެމަތިން) ކުރިޔަށް ގެންދިޔުން. މިގޮތަށް ޚިދުމަތް ކުރިޔަށް ގެންދާނަމަ، އިޢުލާނުގެ މުއްދަތު ހަމަވެ، ކުލެރިފިކޭޝަން ފޯމް ހުށަހެޅި ތާރީޚުގެ ބަދަލުގައި ޚިދުމަތުގެ މުއްދަތުގެ ގުނާނީ ގޯތީގެ އިން ވަކިކުރުމަށްފަހު ކައުންސިލްގެ އިދާރާއަށް އެންގި ތާރީޚުން ފެށިގެންނެވެ.

  • ގޯތީގެ އިންވަކިކޮށްފައި ނުވާނަމަ، އިންވަކިކޮށްފައި ނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށް ދެވެންނެތްކަމަށް ލިޔުމުން ޖަވާބު ދިނުން.
  • ރަޖިސްޓަރީއާއި ބެހޭ މަޢުލޫމާތު ހޯދުމަށް ކުރި އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ރަޖިސްޓަރީގެ މަޢުލޫމާތު ލިބިފައިވާކަމަށް ހުށަހަޅާފިނަމަ، ނުވަތަ ކުލެރިފިކޭޝަން ފޯމުގައި ރަޖިސްޓަރީ ރަހުނުކޮށްފައިވާނަމަ، އެއްވެސް މާލީ އިދާރާއަކުން ބަޔާންކޮށްފައިވާނަމަ، އަލުން ރަޖިސްޓަރީ ހައްދައިދެވެން ނެތްކަމާއި، ރަޖިސްޓަރީއާއި ގުޅޭ ގޮތުން ހޯދާފައިވާ މަޢުލޫމާތު ގޯތީގެ ވެރިފަރާތަށް ލިޔުމުން ފޯރުކޮށް ދިނުން.

މަގު ކޮނުމުގެ ހުއްދަ ދޫކުރުން

31

މަގު ކޮނުމުގެ ހުއްދަ ދޫކުރުން

  • މަގު ކޮނުމުގެ ހުއްދައަށް އެދި މަގު ކޮނުމަށް ބޭނުންވާ ދުވަހުގެ ރަސްމީ 3 ދުވަހުގެ ކުރިން ޚިދުމަތަށް އެދި ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުން.
  • މަގު ކޮނުމުގެ ހުއްދަ އިންޖީނުގެ އިން ހޯދުން
  • މަގުކޮނުމުގެ ހުއްދަ ދޫކުރުމަށް ހުށަހަޅާފައިވާ ސަބަބު ދިރާސާކުރުމަށްފަހު ހުއްދަ ދޫކުރުން

އިމާރާތްކުރުމުގެ ހުއްދަ ދޫކުރުން

32

އިމާރާތްކުރުމުގެ ހުއްދަ ދޫކުރުން

  • އިމާރާތްކުރުމުގެ ހުއްދައަށް އެދި ޚިދުމަތަށް އެދޭ ފޯމް ކައުންސިލް އިދާރާއަށް ހުށަހެޅުން.
  • އިމާރާތްކުރުމުގެ ހުއްދަ ދޫކުރުމުގެ ކުރިން ބަލަންޖެހޭ އެންމެހާ ކަންކަން ބަލާ ހުއްދަ ދޫކުރުމަށް ކަނޑައެޅިފައިވާ ރޭޓުން ފީ ނެގުމަށްފަހު ހުއްދަ ދޫކުރުން

 

ދަނޑުވެރިކަމަށް ބިންދޫކުރުން

33

ދަނޑުވެރިކަމަށް ބިންދޫކުރުން

  • ދަނޑުވެރިކަމަށް ބިން ބޭނުންވެގެން ކައުންސިލަށް ސިޓީއަކުން ހުށަހެޅުން.
  • ބިން ހަމަޖެހޭނަމަ ކައުންސިލުން އެކަން އަންގާ ބިމުގެ ރަޖިސްޓްރީ ދޫކުރުން

ވެލި އަކިރި ގާނެގުމުގެ ހުއްދަ ދޫކުރުން

34

ވެލި އަކިރި ގާނެގުމުގެ ހުއްދަ ދޫކުރުން

  • ބަނދަރުގައިވާ ވެލިފުނި ހުސްކުރުމަށްޓަކައި ވެލި ބޭނުންވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ރޭޓުން ވެލި ދޫކުރުން
  • އަމިއްލަ ބޭނުމަށް، ވިޔަފާރި ބޭނުމަށް، ކުންފުނިތަކުގެ ބޭނުމަށް މި ތިން ކެޓަގަރީއަށް ވެލި ދޫކުރެވޭނެ
  • މިކަމަށް ބޭނުންވާ ފޯމް ފުރިހަމަ ކުރުމަށްފަހު ހުށައެޅުމުން ރަސްމީ 2 ދުވަހުގެ ތެރޭގައި ހުއްދަ ދެވޭނެއެވެ.

އިމާރާތް ކުއްޔަށް ދޫކުރުން

35

އިމާރާތް ކުއްޔަށް ދޫކުރުން

  • ކައުންސިލުން ކުއްޔަށް ދޫކުރާ ޢިމާރާތް ކުއްޔަށް ހިފުމަށް ހުށަހެޅުން
  • ޚިދުމަތަށް އެދި ހުށަހަޅާ ދުވަހަށް އިމާރާތް ކުއްޔަށް ދެވޭނެ އަދި އެކަން އެންގޭނެއެވެ.

އަޑުގަދަ ކުރާއިން ގޮވައިދިނުމުގެ ޚިދުމަތް

36

އަޑުގަދަ ކުރާއިން ގޮވައިދިނުމުގެ ޚިދުމަތް

  • އަޑުގަދަ ކުރާއިން ގޮވަން ބޭނުންވާ ޢިބާރާތް ލިޔެ އެދޭ ފަރާތުގެ ސޮއިކޮށް ކައުންސިލުގެ އިދާރާގެ ކައުންޓަރަށް ހުށަހަޅައި ހަމަޖެހިފައިވާ އުސޫލުން ދައްކަން ޖެހޭ ފައިސާ ދެއްކުމުން ގޮވައިދެވޭނެ

 

މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން މަޢުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފޯމުތަކަށް ޢަމަލުކުރުން

37

މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން މަޢުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފޯމުތަކަށް ޢަމަލްކުރުން

  • މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ޤަވާއިދުގައިވާ ގޮތުގެ މަތީން ފޯމު ހުށަހެޅުމުން ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި ޖަވާބުދާރީ ވެވޭނެ.
  • މިކަމަށް އެދޭ ފޯމު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެ.

 

 

 

 

 

 

 

 

ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، ފާޑުކިޔުން ހުށަހެޅުން

  • އޮފީހުން ދޭ ޚިދުމަތަކާ ގުޅޭގޮތުން، ނުވަތަ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ނުވަތަ ފާޑުކިޔުމުގެ ގޮތުން ހުށަހަޅާ ހުށަހެޅުންތަކަށް މަރުހަބާ ކިޔަމުއެވެ.
  • ހުށަހެޅުންތައް ފޮނުވާނީ، [email protected] މި އީމެއިލްގެ ޒަރީއާއިންނެވެ. ނުވަތަ ޝަކުވާ ފޯމް މެދުވެރިކޮށް އިދާރާއަށް ހުށަހަޅައި ގެންނެވެ. ހުށަހެޅުން ހުށަހަޅާ ފަރާތްތަކަށް އެ ހުށަހެޅުން ލިބުނުކަން ލަސްވެގެން ރަސްމީ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
  • މީގެއިތުރަށް، އޮފީހުގެ ކައުންޓަރ ނަންބަރު 6520039 އަށް ގުޅައިގެންވެސް ހުށަހެޅޭނެއެވެ.
  • މިފަދަ ހުށަހެޅުންތައް ބަލައިގަނެ، ވަގުތުން ރަނގަޅުކުރެވެން ހުރި ކަންކަން ރަނގަޅުކޮށް، ޚިދުމަތަށް ގެންނަންޖެހޭ ބަދަލުތައް ގެނެވޭނެއެވެ.

ގުޅުއްވުމަށް:     

އިދާރާ:

ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ

ބަހާރީމަގު، ހދ.ނައިވާދޫ ، ދިވެހިރާއްޖެ

ފޯނު ނަންބަރު:

6520039

ވައިބަރ ނަންބަރު:

7912870

އީމެއިލް:

[email protected]

ފޭސްބުކް:

 Secretariat of the Naivaadhoo Council, South Thiladhunmathi

 

ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ ހުޅުވިފައި ހުންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރުފަހު 14:00 އަށެވެ.

19 ޖެނުއަރީ 2022

19 ޖަނަވަރީ 2022