ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)147-AIT/1/2022/01
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 27 ޖަނަވަރީ 2022 12:00
ޖުވެނައިލް ކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު

(IUL)147-AIT/1/2022/01 :ނަންބަރު

ތާރީޚް: 19 ޖަނަވަރީ 2022

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ ( ޖީ.އެސް 3 )

ބޭނުންވާ ޢަދަދު:

01

މުސާރަ:

  -/4465 ރ

ސާރވިސް އެލަވަންސް:

  މަހަކު -/1500 ރުފިޔާ

މަސައްކަތްކުރަންޖެހޭތަން:

   ޖުވެނައިލް ކޯޓު / މާލެ 

ސެކްޝަން:

ޝަރީޢަތްތަކާބެހޭ ސެކްޝަން (Jv-B2)

މަޤާމުގެ އަސާސީ ޝަރުތު:

މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއި އެކު؛

1.  ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް"  ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.        

 ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާޞިލު ކޮށްފައިވުން.

އެހެނިހެން ޝަރުތު:

  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011 ގެ 70 ވަނަ މާއްދާގެ (ހ) ގެ 6 އަދި 7 ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

މަޤާމުގެމައިގަނޑުމަސްއޫލިއްޔަތު:

ޝަރީޢަތުގެ މަޖިލީހުގައި ނެގޭ އެންމެހައި ބަޔާންތައް ލިއުމާއި، ޝަރީޢަތުގެ މަޖީލީސްތައް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ޝަރީޢަތްތައް ކުރިއަށްދާއިރު ޝަރީޢަތުގެ މަޖިލީހުގެ ކަންތައްތައް ބެލެހެއްޓުމާއި، ޝަރީޢަތްތަކާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމާގުޅޭ ތަޢުލީމީ ދާއިރާތައް

އެޗް.އާރު.އެމް/ޖެނެރަލް މެނޭޖްމަންޓް/ އިންފޮމޭޝަން ޓެކްނޮލޮޖީ/އެޑްމިނިސްޓްރޭޝަން/ޝަރީޢާ/ ލޯ/ ޝަރީޢާ އެންޑް ލޯ

ގުޅޭ ވަޒީފާގެ ދާއިރާތައް

އެޑްމިނިސްޓްރޭޝަން/ ޝަރީޢަތާއީ ޤާނޫނު / އިންފޮމޭޝަން ޓެކްނޮލޮޖީ/ މެނޭޖްމަންޓް

އުޖޫރައާއި ޢިނާޔަތްތައް:

މި މަޤާމަށް ހޮވޭފަރާތްތަކަށް:

  • ސާރވިސް އެލަވަންސް: -/1500  ރުފިޔާ.
  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ % 40
  • ލިވިންގ އެލަވަންސްގެ ގޮތުގައި -/2700 ރުފިޔާ.
  •  އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަންގެ ފައިސާ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ޝަރުޢީދާއިރާގެ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ސްލިޕް
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ޖީސީއީ އޯ ލެވެލް އަދި އޭލެވެލް ސެޓިފިކެޓްތަކުގެ ކޮޕީ.
  6. ލިބިފައިވާ މަތީ ތަޢުލީމުގެ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  7. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތައުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް.
  8. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުން.
  9.  މަޤާމަށް ކުރިމަތިލާ ފަރާތުން ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖޭން ބޭރުގެ ޔުނިވަރސިޓީއަކާގުޅިގެން ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއްނަމަ، އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓިފިކެޓް ހުށަހެޅުން.
  10. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން އެކްރެޑިޓް ކުރަންޖެހޭ ސެޓްފިކެޓެއް ހުށަހަޅާނަމަ، އެކްރެޑިޓްކުރި ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހެޅުން.
  11. ވަޒީފާއަށް ކުރިމަތިލާ ފަރާތުން އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން ހުށައަޅާއިރު، މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ކްލެސިފިކޭޝަން އަދި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮތުން.

އިތުރު މަޢުލޫމާތު:

-  މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭފޯމް ނަންގަވައި ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހެޅުއްވުމަށް އެފޯމުގައާއި މި އިޢުލާންގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު، ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން، މިކޯޓުގެ (މ. މާތިލައިގައި ހުންނަ) ކައުންޓަރަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ނުވަތަ، [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

-  އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ހުންނަންވާނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި (pdf) ފޯމެޓްގައެވެ.

-  މި ފޯމު ފުރިހަމަ ކުރަންވާނީ ދިވެހި ބަހުން، ނޫ/ކަޅު ކުލައިގެ ދެލިންނެވެ.

-  ވަޒީފާއަށް އެދޭ ފޯމު މިކޯޓުގެ ކައުންޓަރުންނާ އަދި ވެބްސައިޓުން www.juvenilecourt.gov.mv  އިން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު 3332645 އަދި 3340730 ން ލިބިލައްވާނެއެވެ.

ސުންގަޑި:

27 ޖަނަވަރީ  2022  ދުވަހުގެ 12:00

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމް

30%

މަސައްކަތުގެ  ތަޖުރިބާ

10%

މަސައްކަތައް ބޭނުންވާ ހުނަރު (ޕްރެކްޓިކަލް ޓެސްޓް)

10%

ލިބިފައިވާ ހުނަރާއި ސިފަތައް (އިންޓަރވިއު)

50%

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ، ގަވައިދުން ވަޒީފާއަށް ޙާޒިރުވެވޭފަދަ ޞިއްޙަތުރަނގަޅު ފަރާތަކަށްވުން.
  • އިނގިރޭސި ބަހާއި ދިވެހި ބަހަށް ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް، ކޮރަލްޑްރޯ އަދި ޕަވަރޕޮއިންޓް ފަދަ ޕްރޮގްރާމްތަކާއި، މަސައްކަތާ ގުޅުންހުރި ސޮފްޓްވެއަރތަކަށް އަހުލުވެރި ފަރާތެއް ކަމުގައިވުން.
19 ޖަނަވަރީ 2022