ދިވެހިރާއްޖެ
ދިޔަމިގިލީ ސްކޫލް
ތ. ދިޔަމިގިލި ، ދިވެހިރާއްޖެ
ނަންބަރު: DM / 04 / 2022 /I-02
އިޢުލާނު
2022 ވަނަ އަހަރު ދިޔަމިގިލީ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެގެން ކޮށްފައިވާ އިއުލާން ނަންބަރ: DM / 04 / 2022 /I-01 އާއި ގުޅިގެން އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ ކުރިން ދެންނެވުނު އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
01 ފެބުރުއަރީ 2022 އިން ފެށިގެން 31 ޑިސެމްބަރ 2022 ގެ ނިޔަލަށް މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައި ދިނުމުގެ މަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މި މަސައްކަތަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ. 01 ފެބުރުއަރީ 2022 އިން 31 ޑިސެމްބަރ 2022 ގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތިން ނަން ނޯޓްކުރެއްވުން އެދެމެވެ. ސްކޫލް އޮފީހަށް ދުރުވެގެން، އީމެއިލް (([email protected] ގެ ޒަރިއްޔާއިން ނުވަތަ ފޯނު( 7869965/7755913 ) އަށް ގުޅައިގެންވެސް ނަން ނޯޓް ކުރެވޭނެއެވެ.
ނަން ނޯޓް ކުރުން އޮންނާނީ 19 ޖަނަވަރީ 2022 ވާ ބުދަ ދުވަހުން ފެށިގެން 23 ޖަނަވަރީ 2022 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އާއި ދެމެދު ގައެވެ.
ވީމާ، ސެކިއިރިޓީ ބެލެހެއްޓުމަށް ނަން ނޯޓް ކުރައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް
24 ޖެނުއަރީ 2022 ހޯމަ، މެންދުރު 12.00
އަންދާސީ ހިސާބު ހުށަހެޅުމަށް
27 ޖެނުއަރީ 2022 ބުރާސްފަތި، މެންދުރު 12.00
މައުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ.މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގަޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ވިޔަފާރީ ރަޖިސްޓްރީގެ ކޮޕީ ގެންނަވަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ،ވެރިފަރާތުގެ ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ( 7869965/7755913 ) އަށް ގުޅުއްވުން އެދެމެވެ.
16 ޖުމާދަލްއާޚިރާ 1443
19 ޖެނުއަރީ 2022