މަސައްކަތް
ނަންބަރު: (IUL)356/356/2022/01
ޕަބްލިޝްކުރި ތާރީޚް: 18 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 12:56
ސުންގަޑި: 30 ޖަނަވަރީ 2022 02:00
އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. މާމިގިލި ކައުންސިލްގެ އިދާރާ ތަމްސީލްކުރާނެ ޤާނޫނީ ވަކީލުން ބޭނުންވެއްޖެ

މިއިދާރާގެ ޤާނޫނީ ލިޔުންތައް ތައްޔާރުކޮށްދިނުމާއި، އެކިއެކި ފަރާތްތަކާއިއެކުވެވޭ އެއްބަސްވުންތަކާމެދު ޤާނޫނީގޮތުން ބޭނުންވާ ލަފާދިނުމާއި، ކައުންސިލަށް ކުރާ ދަޢުވާއާއި ލިބޭ ދަޢުވާތައް ދިރާސާކޮށް ކޯޓްތަކުގައާއި ޓްރައިބިއުނަލްތަކުގައި ކައުންސިލްގެ ފަރާތުން ވަކާލާތުކޮށްދިނުމަށް ލޯ ފާރމެއްގެ ޚިދުމަތް 2 އަހަރު ދުވަހުގެ މުއްދަތަށް ހޯދަން ބޭނުންވެއެވެ. 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 2022 ޖެނުއަރީ 26 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އދ. މާމިގިލީ ކައުންސިލްގައި ރަޖިސްޓްރީ ވެލެއްވުމަށް ދަންނަވަމެވެ. ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 2022 ޖެނުއަރީ 30 ވަނަ ދުވަހު 13:00 ގައި އދ. މާމިގިލީ ކައުންސިލް އިދާރާގެ ކޮމިޔުނިޓީ ރޫމްގައެވެ. ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުވާ ފަރާތަކާއި ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑައެޅިގައިވާ ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ވުމުން ކަމާގުޅޭ މަޢުލޫމާތު އެފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ. ބިޑް ހުށައެޅުމާއި ގޮތުން އެއްވެސް ސުވާލެއްވާނަމަ، [email protected] އަށް މެއިލް ކުރެވުން އެދެމެވެ. ނުވަތަ 7755574 ނަންބަރާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. 

15 ޖުމާދަލްއާޚިރާ 1443

18  ޖެނުއަރީ  2022

18 ޖަނަވަރީ 2022