ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)336/336/2022/05
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 12:17
ސުންގަޑި: 27 ޖަނަވަރީ 2022 11:00
މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސާވަރ އާއި ސޮފްޓްވެއަރ ސަޕްލައި ކޮށް، އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢްލާން

 

ސާވަރ އާއި ސޮފްޓްވެއަރ ސަޕްލައި ކޮށް، އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް

 

މިއިދާރާއަށް ބޭނުންވާ ސާވަރ އާއި ޖެނުއިން ސޮފްޓްވެއަރ ސަޕްލައި ކޮށް، އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 19 ޖަނަވަރީ 2022 ން 25 ޖަނަވަރީ 2022 ގެ ނިޔަލަށް އެޓޭޗް ކުރެވިފައިވާ ގޫގުލް ފޯމް ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

 

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  26 ޖަނަވަރީ 2022 ވަނަ ދުވަހުގެ 12:30ގެ ކުރިން މި އިޢުލާންގައިވާ މެއިލް އެޑްރެހަށް މެއިލް ނުވަތަ ވައިބަރ މެދުވެރިކޮށް ފޮނުއްވުންއެދެމެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ  27 ޖަނަވަރީ 2022 ވަނަ ދުވަހުގެ  11:00 ގައި  މާލެ އަތޮޅު ގުޅީ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ރެޖިސްޓްރޭޝަން ފޯމް ލިންކް: https://forms.gle/ucgvyPHJUj4QebGH6

 

 

 

 

16 ޖުމާދަލްއާޚިރާ 1443

19 ޖަނަވަރީ 2022

19 ޖަނަވަރީ 2022